ރަޝިޔާ އާއި ޔޫކްރޭނުން ދެ ޤައުމުގެ ދެމެދުގައި ގިނަ އަދަދެއްގެ ކުށްވެރިން ބަދަލުކުރުމުން ޓްރަމްޕް އެކަމަށް މަރުޙަބާ ކިޔައިފިއެވެ.

ރަޝިޔާގައި ތިބި ޔޫކްރޭން ކުށްވެރިން އެނބުރި އެ ގައުމަށް ފޮނުވައި ޔޫކްރޭނުގައި ތިބި ރަޝިޔާ ކުށްވެރިން އެ ގައުމަށް ލިބޭ ގޮތަށް ދެ ގައުމުންވެސް އެއްބަސްވެގެން ބަދަލު ކޮށްފައި ވަނީ ޖުމްލަ 70 ކުށްވެރިންނެވެ. އެއީ ކޮންމެ ގައުމަކުން 35 ކުށްވެރިންނެވެ.

މި ދެ ގައުމުން މިކަން ކުރުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިކަމަށް މަރުހަބާ ކިޔާފައި ވާއިރު، އޭނާ ބުނެފައި ވަނީ މިއީ ދެ ގައުމުގެ މެދުގައި ސުލްހަ ގާއިމު ކުރުމަށް އެޅޭ މުހިއްމު ފުރަތަމަ ފިޔަވަޅެއް ކަމަށެވެ.

ރަޝިޔާ އާއި ޔޫކްރޭން އާއި ދެމެދު ޒަމާނުއްސުރެ އަންނަނީ ހަނގުރާމަކޮށް، ހަމަނުޖެހުން ހިންގަމުން

"ރަޝިޔާ އާއި ޔޫކްރޭނުން ގިނަ އަދަދެއްގެ ކުށްވެރިން ބަދަލު ކުރުމުން އެކަމަށް މަރުޙަބާ ކިޔަން. މިއީ ވަރަށް ރަނގަޅު ހަބަރެއް. މިކަމަކީ ދެ ގައުމުގެ މެދުގައި ސުލްހަ ގާއިމް ކުރުމަށް އެޅޭ މުހިއްމު ފުރަތަމަ ފިޔަވަޅެއް" ޑޮނަލްޑް ޓްރަމްޕް ކުރި ޓްވީޓެއްގައި ބުނެފައި ވެއެވެ.

ޔޫކްރޭން އާއި ރަޝިޔާ އާއި ދެމެދު ޒަމާނުއްސުރެން ހަމަނުޖެހުންތައް ހިނގަމުން އަންނައިރު، ދެ ގައުމުގެ ކުރިމަތިލުންތަކުގައި މިހައިތަނަށް އެތައް ބަޔަކު ވަނީ މަރުވެގެން ގޮސްފައެވެ. ރަޝިޔާގެ ބައެއްގެ ގޮތުގައި ޔޫކްރެއިން އޮތް ނަމަވެސް، 1991ވަނަ އެ ގައުމު ވަނީ މިނިވަން ވެފައެވެ.

ދެ ގައުމުގެ ދެމެދުގައި ބަދަލު ކުރި ކުށްވެރިން ތެރޭގައި ބައެއް މަޝްހޫރު މީހުންވެސް ހިމެނޭ އިރު، ކަނޑު ދަތުރު ކުރާ މީހުންވެސް ގިނަ އަދަދަކަށް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު