އޮސްޓްރޭލިއާގެ ފްރެސާ ކޯސްޓް ސަރަހައްދުގައި ދިރިއުޅެމުން އަންނަ މިހާރު އުމުރުން 28 އަހަރުގެ ޒުވާން އަންހެނަކު އޭނާގެ ބޭބެގެ ފަރާތުން ލިބުނު ޖިިންސީ ގޯނާއަށް އިންސާފު ހޯދަން ކުރަމުންދާ މަސައްކަތައް އެންމެ ފަހުން މީޑިއާގެ ސަމާލުކަން ލިބިއްޖެއެވެ.

ޖިންސީ ގޯނާގެ މައްސަލައަކަށް ވާތީ މިމައްސަލައިގައި ހިމެނޭ އެއްވެސް ފަރާތެއްގެ ނަމެއް މީޑިއާއަކުން ހާމަކޮށްފައެއް ނުވެއެވެ.

ޒުވާން އަންހެން މީހާ ކިޔައިދިން ގޮތުގައި އޭނާގެ ބޭބެގެ ފަރާތުން ޖިންސީ ގޯނާ އާއި ފުރަތަމަ ކުރިމަތިވީ އުމުރުން 14 އަހަރުގައެވެ. ބޭބެ ރަހުމަތްތެރިންތަކަކާއި އެކު ބޭއްވި ޕާޓީއެއްގައި އަންހެން ކުއްޖާ އަށް މަރުޖުއާނާ އާއި ބަނގުރާ ދިނެވެ. އެއެއްޗެހީގެ ސަބަބުން އޭނާ ހޭނެތުނެވެ. އަނެއް ދުވަހު ހެނދުނު ވާނުވާ އެނގޭ ވަރުވިއިރު އަންހެން ކުއްޖާ އޮތީ ބަރަހަނާ ކޮށެވެ.

އަންހެން ކުއްޖާ ހޭއެރުމާއި އެކު އަނެއްކާވެސް އޭނާގެ ބޭބެގެ ފަރާތުން ޖިންސީ ގޯނާ އާއި ކުރިމަތިވިއެވެ. ބޭބެ ވަނީ އެތައް ފަހަރަކު އޭނާ ރޭޕް ކޮށްފައެވެ. އަދި އެއްވެސް މީހަކު ކައިރީގައި އެވާހަކަ ބުނެގެން ނުވާނެ ކަމަށް ބުނެ ބިރު ދައްކާފައިވެއެވެ.

އަންހެން ކުއްޖާ، އޭނާގެ ބޭބެގެ އަނިޔާތަކަށް ކެތްކޮށްގެން ދެއަހަރު ދުވަހު ހުރުމަށް ފަހު އެވާހަކަ އޭނާގެ މަންމަ އާއި ބައްޕަ އަށް ކިޔައިދިނެވެ. ނަމަވެސް މައިންބަފައިން އެވާހަކަ ގަބޫލެއް ނުކުރިއެވެ. އަދި އެހެން އެއްވެސް މީހަކަށް އެވާހަކަ ކިޔައިދީގެން ވެސް ނުވާނެ ކަމަށް އެންގިއެވެ.

އަންހެން ކުއްޖާ އޭގެ އަހަރެއް ފަހުން ފުލުހުންނަށް އޭނާގެ ބޭބެގެ މައްސަލަ ހުށަހެޅިއެވެ. ނަމަވެސް ފުލުހުންގެ ސަމާލުކަމެއް ވެސް އެމައްސަލައަކަށް ނުލިބުނެވެ. އެއްވެސް ފަރާތަކުން ފާއިތުވި 14 އަހަރު ތެރޭގައި އެމައްސަލައަށް ސަމާލުކަން ދީފައި ނުވާތީ އަންހެން ކުއްޖާ މިހާރު ވަނީ މައްސަލަ އޭނާ ނިސްބަތްވާ ސަރަހައްދުގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.

ސުޕްރީމް ކޯޓުން މިހާރު ވަނީ މިމައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބެލުމަށް އަޑުއެހުންތަކެއް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ިބިރަކާނުލާ

    މިއީ އަންނި ބޭނުންވާ ސިސްޓަމަކީ. ރަލާއި ފަތަކީ މިހާރު ރާއްޖޭގައި ހަލުވިކަމާއެކު ފެތުރިގެންދާ ބަލިމަޑުކަމެއް. ދެން ސަރުކާރުން ބިލް ހުށަހަޅާނެ މިބޭނުން ކުރުން އާމުންނަށް ހުއްދަކުރުމަށް. މިހާރު ޑިމޮކްރަސީގެ ގައުމުތަކުންވެސް ފަތްބުއިން ހުއްދަ.

    13
    2