ސައުދީ އަރަބިއްޔާއަށް ޙައްޖާއި، ޢުމްރާ އަދާކުރުމަށް ދާ ފަރާތްތަކުގެ ވިސާ ފީއަށް ލުއެއް ލިބޭގޮތަށް އެޤައުމުގެ ރަސްގެފާނު، ސަލްމާން ބިން އަބްދުލް އަޒީޒް އަލް ސައުދް އާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާން އިސްލާހެއް ގެނެސްފިއެވެ.

މި އިސްލާހަށް ސައުދީގެ ޙައްޖާއި ޢުމްރާއާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ސޯލިހު ބިންތިން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޙައްޖާއި ޢުމްރާގެ ވިސާ ފީއަށް ޝާހީ އާއިލާއިން ގެނައި އިސްލާހީ ބަދަލުތަކުގެ ތެރޭގައި، އެއްފަހަރަށް ވުރެ ގިނަ ފަހަރު ޢުމްރާވުމަށް ސައުދީއަށް އެތެރެވާ ފަރާތްތަކުގެ އަތުން ނަގަމުން އަންނަ "ތަކުރާރު ފީ" އުނިކުރަން ވަނީ ނިންމާފައެވެ.

މިކަމާއި ގުޅިގެން އެޤައުމުގެ ހައްޖާއި އުމްރާ އާއި ބެހޭ ވަޒީރު ވިދާޅުވީ، މިނިންމެވުމަކީ ޙައްޖާއި ޢުމްރާގެ އަޅުކަން އެދިގެން ސައުދީއަށް ޒިޔާރަތް ކުރަމުން ދާ މުސްލިމުންގެ އަދަދު އިތުރުވަމުން ދާ ދިއުމަށް ސައުދީއިން މަރުހަބާ ކިޔާކަން ދައްކުވާދޭ ކަމެއް ކަމަށެވެ.

އަދި މި ފުރުސަތު ފަހިވެގެން ދަނީ މައްކާއާއި މަދީނާއާއި އެނޫންވެސް މުގައްދަސް ސަރަހައްދުތަކުގައި ކުރިއަށް ދާނީ އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތަކުގެ ސަބަބުން ކަމަށެވެ.

ސައުދީގެ ނުފޫޒުގަދަ ވަލީއަހުދުގެ 2030ގެ ތަސައްވުރު ގައި ހިމެނޭ މުހިންމު އަމާޒަކީ އެ އަހަރު އަންނައިރު ޢުމްރާގެ އަޅުކަން ފުރިހަމަ ކުރެވޭ މުސްލިމުންގެ އަދަދު 30 މިލިއަނަށް އިތުރު ކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. Anonymous

  ވަރަށް ބޮޑަށް ޝުކުރިއްޔާ ވަލީއަހުދަށް ދިގުޢުމުރުފުޅެއް ދެއްވާށިއެވެ.

 2. ވަރުނުލާ:

  ވަރަށްވެސް އުފާވެރި ޚަބަރެއް: ޝުކުރިއްޔާ.

  6
  1
 3. އަހުމަދު

  ހެޔޮދުއާ ސަލާމް ރަސްގެފާނަށް ހެޔޮ ރަހުމަތް ލައްވާށި އަދި ދިވެހިންނަށް ހައްޖު ކޯޓާ 2014 ގައި އިތުރު ކޮށްދެއްވީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ ... ރާއްޖެއިން ކުރި ބުރަމަސައްކަތަށް އޭރު ގެ ރައީސް ޔާމީނަށް ވެސް ޝުކުރިއްޔާ... 2015 ގައި ރަސްގެފާނުރާއްޖެއަށް ކުރަން އޮތް ދަތުުރުފުޅު ކުރެވުނު ނަމަ ކޯޓާ އިތުރު ކޮށްދޭ ގޮތަށް އޮތީ ނަމަވެސް ދިވެހިންގެ ބަޔަކު ފ އަތޮޅު ވިއްކާލަނިއްޔޭ ކިޔައިގެން އަޑު ފަތުރާ އަދި ރަސްގެފާނާ ދިމާ ކުރުމުގެ ހިތި ނަތީޖާ މިއަދު ފެނޭ އެހެން ނޫންނަމަ މިއަދު ވެރިކަމުގައި ތިބި މީހުންނަށް ދަތިކަމެއް ނެތި ސަރުކާރު ހިންގާނެ ފައިސާ ދައުލަތުގެ މާލިއްޔާގައި ހުރީސް

  3
  3
 4. އަހުމަދު

  ހެޔޮދުއާ ސަލާމް ރަސްގެފާނަށް ހެޔޮ ރަހުމަތް ލައްވާށި އަދި ދިވެހިންނަށް ހައްޖު ކޯޓާ 2014 ގައި އިތުރު ކޮށްދެއްވީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ ... ރާއްޖެއިން ކުރި ބުރަމަސައްކަތަށް އޭރު ގެ ރައީސް ޔާމީނަށް ވެސް ޝުކުރިއްޔާ... 2015 ގައި ރަސްގެފާނުރާއްޖެއަށް ކުރަން އޮތް ދަތުުރުފުޅު ކުރެވުނު ނަމަ ކޯޓާ އިތުރު ކޮށްދޭ ގޮތަށް އޮތީ ހަމަ ޖެހިފައި... ނަމަވެސް ދިވެހިންގެ ބަޔަކު ފ އަތޮޅު ވިއްކާލަނިއްޔޭ ކިޔައިގެން އަޑު ފަތުރާ އަދި ރަސްގެފާނާ ދިމާ ކުރުމުގެ ހިތި ނަތީޖާ މިއަދު ފެނޭ އެހެން ނޫންނަމަ މިއަދު ވެރިކަމުގައި ތިބި މީހުންނަށް ދަތިކަމެއް ނެތި ސަރުކާރު ހިންގާނެ ފައިސާ ދައުލަތުގެ މާލިއްޔާގައި ހުރީސް .... ގައުމަށް ގެއްލުން ދޭ ކަންކަން ކުރާމީހުން ގެ ކިބައިން މިގައުމު ސަލާމަތް ކުރައްވާ އެމީހުން މިބިންމަތީގައި ނިކަމެތި ކުރައްވާ ފާނދޭ.......އާމީން

  5
  3
 5. މުހައްމަދު

  ތަސްގެފާނުގެ ހެޔޮފުޅުކަމެން އަޅުގަނޑު ހައްޖައް ފޮނުވާދެއްވާ...

 6. ދޮޅުލައްކަ:

  ހެޔޮދުއާ ސަލާމް ރަސްގެފާނަށް ހެޔޮ ރަހުމަތް ލައްވާށި އަދި ދިވެހިންނަށް ހައްޖު ކޯޓާ 2014 ގައި އިތުރު ކޮށްދެއްވީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ ... ރާއްޖެއިން ކުރި ބުރަމަސައްކަތަށް އޭރު ގެ ރައީސް ޔާމީނަށް ވެސް ޝުކުރިއްޔާ... 2015 ގައި ރަސްގެފާނުރާއްޖެއަށް ކުރަން އޮތް ދަތުުރުފުޅު ކުރެވުނު ނަމަ ކޯޓާ އިތުރު ކޮށްދޭ ގޮތަށް އޮތީ ނަމަވެސް ދިވެހިންގެ ބަޔަކު ފ އަތޮޅު ވިއްކާލަނިއްޔޭ ކިޔައިގެން އަޑު ފަތުރާ އަދި ރަސްގެފާނާ ދިމާ ކުރުމުގެ ހިތި ނަތީޖާ މިއަދު ފެނޭ އެހެން ނޫންނަމަ މިއަދު ވެރިކަމުގައި ތިބި މީހުންނަށް ދަތިކަމެއް ނެތި ސަރުކާރު ހިންގާނެ ފައިސާ ދައުލަތުގެ މާލިއްޔާގައި ހުރީސް

  1
  1
 7. މުޞްޠޮ

  ހެވެއް ނޫން ކުރީކީ. މިހާރު އުމްރާއަށް ނޫނީ ޙައްޖަށްދާ ކޮންމެ މީހެއްގެ އަތުން 300 ރިޔާލް ނަގާގޮތަށް ހަމަޖެއްސީ. ކުރީގަ ވިއްޔާ ޖެހިޖެހިގެން 2 އަހަރު ދާމީހުން އަތުން އެކަނި ނަގަނީ.