މި ހަފްތާގެ އާދިއްތަ ދުވަހު އިނގިރޭސި ވިލާތުގައި ދެ ފްލައިޓެއް ޖެހި ބޮޑު އެކްސިޓެންޑެއް ހިނގި ކަމަށް ހީކޮށް ފުލުހުން ފްލައިޓު ހޯދުމުގެ މަސައްކަތް ކުރަނިކޮށް ވެއްޓުނީ ފްލައިޓެއް ނޫން ކަމާއި، އެއީ ގިނިހިލަ އެއްކަން ހާމަވެއްޖެއެވެ.

އެ ގައުމުގެ ހުޅަނގު ދެކުނު ފަރާތާއި ދިމާލުން ފަތިސް ގަޑީގައި ދެ އަލިގުޅަ ޖެހޭތަން އެތައް ބަޔަކަށް ފެނިގެން އެއީ ދެ ފްލައިޓް ޖެހޭތަން ކަމަށް ހީކޮށް ފުލުހުންނަށް ރިޕޯޓް ކޮށްފައި ވާއިރު، ހަގީގަތުގައި އެވަގުތު ފެނިފައި ވަނީ ގިނިހިލައެއް ދެފަޅިވާތަން ކަމަށް ފުލުހުން ވަނީ ފަހުން ހާމަކޮށްފައެވެ.

"އެކަކު ކުރި ރިޕޯޓެއްގައި ބުނެފައި ވަނީ އެއް ފްލައިޓުގައި ރޯވެ، އަނެއް ފްލައިޓުގައި ޖެހި ގޮވާ މަންޒަރު ފެނުނު ކަމަށް. މިއާއި އެކު އަހަރެމެން ވަނީ ކޯސްޓު ގާޑާއި ގުޅިގެން ހެލިކޮޕްޓަރު ތަކުގައި އެ ސަރަހައްދަށް ވަގުތުން ގޮސްފައި. އަދި ބެލި ބެލުމުން އެއީ ގިނިހިލަ އެއްކަން ވަނީ ހާމަވެފައި" ފުލުހުން ނެރުނު ސްޓޭޓްމެންޓެއްގައި ބުނެފައި ވެއެވެ.

ކައިރި އެއާޕޯޓުތަކުން އެފަދަ އެއްވެސް ހާދިޘާ އެއް ނުހިނގާ ކަމުގެ މައުލޫމާތު ފުލުހުންނަށް ދިން ނަމަވެސް، އެކަން ކަށަވަރު ކުރުމުގެ ގޮތުން ފުލުހުން ވަނީ ވަރަށް ރަނގަޅަށް އެ ސަރަހައްދު ބަލާފައިކަމަށް އެފަރާތުން މައުލޫމަތު ދީފައި ވެއެވެ.

މި ގިނިހިލަ ދެފަޅި ވުމުގެ ކުރިން ނަގާފައިވާ ވީޑިއޯ އެއް މީސް މީޑިއާގައި ދައުރުވަމުން އަންނައިރު، އެ ގިނިހިލަ ފެނިފައި ފްލައިޓެއްހެންވެސް ހީވެއެވެ. ނަމަވެސް، ހަގީގަތުގައި އެއީ ހަމަ ގިނިހިލަ އެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގިނިހިލަ

    ގިނިހިލަ ދަނީ ތިރިން މައްޗައްތަ ؟

    2
    7
    • ދޮންކަލޯ

      އެ އަންނަނީ ދުރުން ކައިރިޔަށް... އެހެންވެ ހީވާ ގޮތެއް އެއީ...