ނިއުޒިލެންޑުގެ ކްރިސްޓްޗަރޗަށް ދިން ނިރުބަވެރި ހަމަލާއަށްފަހު ދުނިޔޭގެ ހުރިހާ މުސްލިމުން މަރާލާނެ ކަމަށް ބުނި، 50 އަހަރުގެ ވިންސެންޓް ފުލަރ 18 އަހަރަށް ޖަލަށް ލައިފިއެވެ.

އޭނާ ޖަލަށް ލާފައިވަނީ ލަންޑަނުގެ ސްޓެންވެލްގެ ޕާކިން ސްލޮޓެއްގެ ތެރޭގައި ޕާކްކޮށްފައި އޮތް ކާރެއްގެ ތެރޭގައި އިން ކުއްޖަކަށް ވަޅިން ހަމަލާދީ މަރަން އުޅުނު މައްސަލަ އޭނާގެ މައްޗަށް ސާބިތުވުމާ ގުޅިގެންނެވެ. ކާރު ތެރޭގައި އިން 19 އަހަރުގެ ފިރިހެން ކުއްޖާގެ ކަރަށް 12 އިންޗީގެ ވަޅިއެއް ހަރަން އުޅުމުން އެ ކުއްޖާ އަތް ނެގި ވަގުތު ވަޅި ހެރުނީ އޭނާގެ އަތަށެވެ. އެ ހަމަލާ އޭނާ ދީފައިވަނީ ކްރިސްޓްޗަރޗް އަށް ހަމަލާދިން ދުވަހަށް ފަހު ޖެހިގެން އައި ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.

ވަޅިން ހަމަލާ ދެމުން "ކަލޭ މަރުވާނީ ނުބައި މަރަކުން" ކަމަށް އެކުއްޖާއާ ދިމާލަށް ބުނި ކަމަށްވެއެވެ.

އޭނާގެ މައްސަލަ ބެލި ކޯޓުން ވަނީ އޭނާ އަކީ ޓެރަރިސްޓެއްކަމަށް ކަނޑައަޅާފައެވެ. އަދި އެ ހަމަލާ ދިނުމުގެ ކުރިން ހުރިހާ މުސްލިމުން މަރުވާން ޖެހޭ ކަމަށާއި ދޮން ނަސްލުގެ މީހުންނަކީ އެންމެ މަތީ މީހުން ކަމަށް ބުނެ ހުރިހާ މުސްލިމުން މަރާލާނެ ކަމަށް އޭނާ ބުނެފައިވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

މި މައްސަލާގައި އޭނާ ވަނީ ކޯޓުގައިވެސް އެކަންކަމަށް އެއްބަސްވެފައެވެ. އަދި ނިއުޒިލެންޑުގެ މިސްކިތަށް ހަމަލާދީ 51 މީހުން ޝަހީދުކޮށްލި މީހާ ކަމަށްވާ، ބްރެންޓޮން ޓަރަންޓުގެ އެ އަމަލަށް އޭނާ ވަނީ ސާބަސްވެސް ދީފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    ދެން ރައްޔިތުންގެ މަޖްލިސްގެ ރައީސްކަން ދީ އަވަހަށް

    15
    1
  2. ނުރަބޯ

    ސަޅި ހިޔާލެެއް ހަމަ ހުރިހާ މުސްލިމު ޓެރަރިސްޓުން މަރަންވީ ދެން ތިބި މީހުނަށަ އުޅެވޭނީ އޭރުން

    3
    3
  3. ކަޅުބޯ

    ނުރަބޯ ތިމާ މީހާ މުރުތައްދުވެ ދީނުން ބޭރު ވާއިރު އެކަން ތިމާޔަށް ނޭގުމީ އަހުރެމެން ހައިރާންވާން ޖެހޭކަމެށްނޫން،
    ތިޔައީ ލާމަސީލް މޮޑަރޭޓް މުސްލިމަކޯ.
    މުސްލިމަކު މަރަން ނުވަތަ މުސްލިމުންނަށް ދެރަވާން އެދުމީ ހިތައް އެރުމީވެސް މީހާ ދީނުން ބޭރުވާނެ ކަންކަން.

    7
    3