ކުޑަ ކުޑަ ޖަޒީރާ ޤައުމަކުން ދަނީ ބިޔަބޮޑު އިންޑިޔާގެ ޚާރިޖީ ސިޔާސަތު އިމްތިޙާނު ކުރަމުންކަމަށާއި، ރާއްޖޭގެ މަޝްރަހާ ބެހޭގޮތުން، އިންޑިޔާއިން ނިންމާ ނިންމުމެއްގެސަބަބުން އިންޑިޔާގެ ބުރުސޫރަވެސް ހުތުރުވެދާނެކަމަށް އެމެރިކާގެ މަޝްހޫރު މީޑިޔާ ނެޓްވަރކް، "ސީއެންބީސީ" އިން ބުނެފިއެވެ.

ސީއެންބީސީ ގެ އޮންލައިން ނޫހުގައި މިއަދު ޝާއިޢުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވާގޮތުން، ރާއްޖެއަށް އިންޑިޔާ ސިފައިން ފޮނުވުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގޮވާލި ގޮވާލުމަށް، ބޮޑުވަޒީރު ނަރެންދުރަ މޯދީ އިޖާބަދީ، ލަޝްކަރެއް ފޮނުވައިފިނަމަ، މި ސަރަޙައްދުގެ ކަންކަމުގައި އިންޑިޔާއިން ދެކޭ ގޮތާއި، ޗައިނާގެ ނުފޫޒާއި ހައްދުފަހަނައަޅައި ދިޔުމާމެދު ދެކޭ ގޮތް ވަރަށް ރަނގަޅަށް ސާފުވާނެކަމަށެވެ.

އިންޑިޔާގެ ދިފާޢީ ކަންތައްތަކާ ބެހޭ ތިންކް ޓޭންކެއްގައި މަސައްކަތް ކުރާ މީހަކާ ހަވާލާދީ ސީއެންބީސީގައި ބުނެފައިވަނީ އިންޑިޔާ ސަރަޙައްދުގައި އެޤައުމާ ކައިރީގައި ހުރި ކަންތައްތައް ހައްލުކުރުމުގެ ޤާބިލުކަން، އެޤައުމުގައި ނެތްކަމުގައިވާނަމަ، ބޮޑު ސަރަޙައްދަކަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އިންޑިޔާ ކުފޫ ހަމަނުވާނެ ކަމަށެވެ.

އެނޫހުގައި އިތުރަށް ބުނެފައިވަނީ ރާއްޖެއަކީ ޗައިނާގެ ކަނޑުގެ އަސްކަރިއްޔާގެ ބަނދަރަކާއި ވައިގެ އަސްކަރިއްޔާގެ އެއަރ ބޭސް އެއް ހެދުމަށް ވަރަށް އެކަށީގެންވާ ތަނެއްކަމަށްވާތީ، އެއީ އެއްގޮތަކަށް ވެސް މޯދީ ހިތްޕުޅާވާނޭ ކަންކަމެއް ނޫންކަމުގައެވެ. ހަމައެހެންމެ، މޯދީ ގެންގުޅުއްވާ "އެކްޓް އީސްޓް" ސިޔާސަތުގެ ދަށުން އޭޝިޔާގެ ޤައުމުތަކާއެކު އިންޑިޔާއިން އޮންނަ ގުޅުން ވަރުގަދަ ކުރައްވަމުން ގެންދަވާއިރު، ރާއްޖޭގައި ޗައިނާގެ އިންވެސްޓްމަންޓް މަޝްރޫޢުތައް ގިނަވުމަކީ އެއްގޮތަކަށްވެސް އިންޑިޔާއަށް ބަލައިގަނެވޭނެ ކަމެއް ނޫންކަމުގައެވެ.

ކަންތައްތައް މިހެން ހުރިކަމުގައި ވިޔަސް، ރާއްޖެއަށް ލަޝްކަރުތައް ފޮނުވުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމުގައިވެސް، ސީއެންބީސީގައި ބުނެފައިވެއެވެ. ތަޖުރިބާކާރެއްކަމަށްވާ ސްޓެޓްފޯ އާ ހަވާލާދީ މިހެން ބުނެފައިވާއިރު އެކަމުގެ ސަބަބުން ނިއު ދިއްލީ ފެންނާނީ ރުޅިގަދަ ބައެއްގެ ގޮތުގައިކަމަށާއި އެކަމުން އިންޑިޔާގެ ބުރުސޫރަވެސް ހުތުރުވާނެކަމަށް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އެދުރުބެ

    އިންޑިޔާ އަކީ އެއްބެސް އިރެއްގައި ބުރުސޫރަ ރީތި ބައެއް ނޫން. އެކަން އިންގޭ އިންޑިޔާގެ ނޫސްތަކުން ލިޔާ ލިޔުންތަކާއި އަދި ޓީވީ ޗެނަލްތަކުގައި އިސްމީހުން ދައްކާ ވާހަކަ ތަކުގައި.

  2. ކާލީމާ

    ޗައިނާ އިންވެސް ރާއްޖެއާ ހެދި.

  3. ާއަމާ

    ޙެއްހެއްހެއް ހޯ

  4. އަހަރެން

    ނޫނޭ ފޮނުވާ އަދިވެސް

  5. އާމިރު

    ގައުމު ކިތަންމެ ކުޑައަސް މީސްކޮޅު މަދަސް މިއީވެސް މިނިވަން މުސްތަގިއްލު ގައުމެއް ވީމާ މިގައުމާ ބެހި ދާހިލީ ކަންކަމުގެ ތެރެއަށް އަތްބާނާކަށް ޖާގައެއް ނުދެވޭނެ

  6. ތަކުރު

    ހާރީޖީ ސީޔާސަތު އެސެސް ކުރެވޭނީ ޒަމާންގަޑަކުން ކަމުގައީ ދެކެމެވެ. އެހެނީ ހާރީޖީ ސީޔާސަތުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް އީވޯލްވުވާން ވަގުތުނަގާތީއެވެ.

  7. ބުންވަރު

    އަހަރެމެން ގެ ދައުމު ކުޑަވެފަ މީހުން މަދަސް މިއީ މިނިވަން މުސްތަގިއްލު ގައުނެކޭ އަދި މިގައުމަކީ ބޭރު ދުނިޔޭގައިވެސް އިތުބާރު ލިބިފައި ވާ ގައުމެއްކަން މިދަނީ ސާބިތު ވަމުން

  8. ފާތުން

    މޯދީ އާއި ހިތާވެގެންއުޅެނީ އެމް.ޑީ.ޕީ އިން. ޢެހެންވީމަ އެމް.ޑީ.ޕަީ އިން އޭނަ ލާނެ ޖަންގިޔަލާ މުންޑާ ގަނެދޭނޭ.