އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ބައިވެރިވަމުން ދިޔަ ކެމްޕެއިން ރެލީއަކަށް ހަމާސް އިން ހަމަލާ ދީފިއެވެ.

މި ހަމަލާގައި ނަތަންޔާހޫ އާއި ކެމްޕެއިން ރެލީގައި ތިބި މީހުން ވަނީ ސަލާމަތް ވެފަ އެވެ.

ޣައްޒާ ގައި ހުރި "ވަގުތު"ގެ ނޫސްވެރިޔާ ބުނީ ޣައްޒާ އިން އިސްރާއީލަށް ފަސް ރޮކެޓު ހަމަލާ ދިން ކަމަށެވެ.

އިސްރާއީލުގެ މީޑިއާތަކުން ބުނީ ނަތަންޔާހޫ ގެ ކެމްޕެއިން ރެލީ ރަނގަޅަށް ނުފެށެނީސް ހަމާސް އިން ރޮކެޓު ހަމަލާތައް ދޭން ފެށި ކަމަށެވެ.

ރޮކެޓް ހަމަލާތައް އަމާޒުވުމުގެ ކުރިން އިންޒާރުގެ ސައިރެން އަޅަން ފެށުމުން ނަތަންޔާހޫ އާއި އިސްރާއީލުގެ އިތުރު އޮފިޝަލުން ސަރަހަރައްދު ދޫކޮށް ބިރުން ފިލި ކަމަށް މީޑީއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.

އިސްރާއީލުގެ މީޑިއާތަކުން ބުނީ، ސައިރެން އަޅަން ފެށީ ނަތަންޔާހޫ ވާހަކަދައްކަން ފެށުމާއެކު ކަމަށެވެ.

"އިވެންޓް ދިޔައީ ލައިވް ކުރަމުން، ސައިރެން އަޅަން ފެށުމާއެކު ހަށިފާރަވެރިން ނަތަންޔަހޫއަށް ދާން އެންގި ތަން ފެނުނު. އެއާއެކު ލައިވް މެދު ކެނޑުނު".އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.

ނަތަންޔަހޫ ވަރަށް ކުރުކޮށް ވާހަކަދައްކަމުން ބުނީ، ހަމާސް އިން ލައިވް އިވެންޓެއްގައި ހަމަލާދޭނަމަ، އެތަނުގައި އެ މީހުން ތިބުމަށް ހަމާސް އިން ނޭދޭކަން ސާފްވާ ކަމަށެވެ.

"އެހެންވީމަ އިތުުރު ހަމަލާއަކަށް ތައްޔާރުވޭ... އަހަރެމެން އެއިރުން އަނެއްކާވެސް ދާނީ.. ދިއުމަށްފަހު އެނބުރި އަންނާނީ". ނަތަންޔާހޫ ބުންޏެވެ.

ރޮކެޓް ހަމަލާތަކަށް ބިރުން ނަތަންޔާހޫ ފިލިއިރު، އެގައުމުގެ އިދިކޮޅު ލީޑަރު ކެމްޕެއިން ވެސް ދުރު ނޫން ހިސާބެއްގައި ކުރިއަށްގެންދިޔައެބެ.

ނަތަންޔާހޫ ފިލަން ވަނީ ރޮކެޓް ހަމަލާތަކުން ސަލާމަތްވާން ބިންގަރާހަކަށެވެ.

ނަމަވެސް އިދިކޮޅު ލީޑަރު ރައްކާތެރި ތަނަކަށް ބަދަލު ވިޔަސް ބިންގަރާހަަށް ވަދެފައެއް ނުވެއެވެ.

ނަތަންޔާހޫއަށް ޖޯކް ޖަހަމުން އިދިކޮޅު ލީޑަރު ބުނީ، އެ ފެނުނީ ނަތަންޔާހޫގެ ފެންވަރު ކަމަށާއި، އޭނާ ހަމާސް ދެކެ ބިރު ގަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލާދީނީނެތުނުޔާހޫ

    މިފަހަރު ނަތަން ޔާހޫ ނެތުނު ޔާހޫ އަކައް ބަދަލުވިނަމަ ކިހާރަނގަޅު

    24
  2. ސައްދާމް

    މާތްﷲ މިނުބައި ނުލަފާ ޖަނަވާރު ނެތިކުރައްވަވާށިއެވެ.

    22
    1
  3. ދޮން ބަބުރު ސޮރު

    ތީ ހަމަ ތެދެއްތަ؟ ނަތަންޔާހޫ ހަމާސް ދެކެ ބިރުން ފިއްލެވީތޯ؟ ތިހެން ވިއްޔާ އީރާނުން ނިއުކުލިއަރ ބޮމެއް ހެދިކަން ޔަގީން ވާތަނުން ހުރިހާހާ ޒައެނިސްޓުން އެމީހަކު އަމިއްލަޔަށް ހޮރުކޮނެގެން ވަންނާނެ.

    6
    2