ހުރިހާ ވައްތަރެއްގެ ވޭޕް އާއި އީސިނގިރޭޓް މަނާކުރުމުގެ މަޝްވަރާތަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ އެންމެ މަތީ މަސްއޫލުވެރިންނާއި އެކު ފަށައިފިކަމަށާއި ވަރަށް އަވަހަށް އެމެރިކާގައި ވޭޕްގެ ހުރިހާ ބާވާތެއް މަނާކުރާނެ ކަމަށް މީޑިއާތަކުން ބުނެފިއެވެ.
ވޭޕް މަނާކުރުމުގެ މަޝްވަރާތައް އެމެރިކާގެ އެންމެ އިސްވެރިންގެ މެދުގައި މިފެށީ ވޭޕްގެ ސަބަބުން ޖެހޭ ގޮތް ނޭނގޭ ބައްޔެއްގައި އެމެރިކާގެ ހަމީހަކު މަރުވެފައި ވަނިކޮށެވެ.
އެމެރިކާގެ ވޭޕް މަނާކުރުމަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް ވޭޕް މަނާކުރާނެ ސަބަބެއް ކަމަށް މީޑިއާތަކުން ބުނެއެވެ.
އެމެރިކާގެ ކޮންގްރެސްގެ ގިނަ މެންބަރުން ވެސް ވަނީ އީސިނގިރޭޓާއި މެދު ހަރުކަށި ފިޔަވަޅުތައް އަޅަން ސަރުކާރަށް ޕްރެޝަރު ކުރަމުންނެވެ.
އެމެރިކާގެ ސެންޓާސް ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރެވެންޝަން އިން ގެންދަނީ ވޭޕް ކުރުމުގެ ސަބަބުން ބަލިވެ 450 ބަލިމީހާގެ ކަންކަން ދިރާސާ ކުރަމުންނެވެ.
ބައެއް އޮފިޝަލުން ވިދާޅުވާ ގޮތުގައި ގޮތް ނޭނގޭ ބައްޔެއް ވޭޕް ކުރުމުގެ ސަބަބުން ޖެހެނީ ވޭޕަށް އަޅާ ވިޓަމިން އީ އެކުލެވޭ ތެލުގެ ސަބަބުން ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.
އެމެރިކާގެ ބައެއް މީހުންނަށް ޖެހިފައިވާ ގޮތްނޭނގޭ ބަލީގެ ސަބަބުން ސިއްހީ މާހިރުން ގެންދަނީ އީސިނގިރޭޓް ބޭނުން ނުކުރުމަށް ނަސޭހަތްތެރިވަމުންނެވެ. ސިއްހީ ދާއިރާގެ މާހިރުން ވިދާޅުވާ ގޮތުގައި އެއްވެސް ބާވަތެއްގެ އީސިނގިރޭޓަކީ ރައްކާތެރި އެއްޗެއް ކަމަށް ނިންމޭކަށް ނެތެވެ.
އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނާ ގޮތުގައި ވޭޕް ބޭނުންކުރުމުން އެއްކޮށް މަނާނުކުރި ނަމަވެސް މަގުމައްޗާއި އާއްމު ތަންތަނުގައި ވޭޕް ބޭނުންކުރުން މަނާކުރަން ޖެހެއެވެ. ސަބަބަކީ ވޭޕް ބޭނުން ނުކުރާ މީހުންނަށް ވެސް އޭގެ އަސަރުކޮށް، ސިއްހީ މައްސަލަތައް ދިމާވުމުގެ ބިރު އޮތުމުންނެވެ.
ރާއްޖޭގަ ވެސް މިކަން ކުރަން ލަސްވެއްޖެ
އެމެރިކާނޫނަސް އަޅުގަޑުމެންގެމިކުޑަ ގައުމުގައިވެސް އެއީމަނާކުރަންވެއްޖެއެއްޗެއް މިހާރުބައެއްމީހުންރާވައިގެން ކުޑަކުދިންލައްވާ މިބޭނުންކުރުމުގެޕްރޮގުރާމްތަކެއްހިންގަމުންއެބަގެންދޭ މީގެސަބަބުން ކުދިން ޑުރަގައްއެނބުރުމުގެބިރުއެބައޮތް
މިޔައްވުރެ ހަކުރުގެ ނުރައްކާ މާބޮޑު، ވޭޕް ހަކުރު، ސޮސެޖް،.... މިފަދަ ހަށިގަޑަށް އަދި ފުރާނައަށް ނުރައްކާ ހުރިހާއެއްޗެއް މަނާކުރަންވީ
މިހާރު ކުޑަކުދިންވެސް ވޭޕްބޭނުންކުރޭ