ހައްދުފަހަނައަޅާފައިވާ ދީންތަކުގެ ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި، ގެރިއަކީ އެބައި މީހުންގެ މައިންބަފައިންނެވެ. އަދި އަނެއްބަޔަކު ގެރި ޒީނަތްތެރިކޮށް ރީތި ފޭރާމާއި ގަހަނާ އެޅުވުމަށްފަހު އެއަށް އަޅުކަންކުރާއިރު، ނަސީބު ގަދަ ބަޔަކަށް ވާނެ ކަމަށް ބުނެ، އެބައިމީހުން ގެރީގެ ނަޖިހުން ފެންވަރައި އެތަކެތި ކައިބޮއެ ހަދައެވެ.

ގެރިއަކީ ހިންދޫ ދީނުގެ މީހުންގެ މެދުގައި ވަކި ޚާއްޞަ ގަދަރެއްދީ، މުގައްދަސް ކުރެވިފައިވާ ޖަނަވާރެއްވެސް މެއެވެ. އެހެންނަމަވެސް، އެއީ އެންމެ މަސް މީރު ޖަނަވާރުކަމުން، ކެއުމުގެ ބޭނުންތަކަށް ގިނަ އަދަދެއްގެ ގެރި ކަތިލުމަކީ ހިންދޫން ފިޔަވައި އެހެންމީހުންގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މުސްލިމުން ކެއުމަށް ގެރިމަސް ބޭނުންކުރާ މައްސަލައިގައި ހިންދޫން ރަތަށް އަރައި އަރައިރުންވަމުންދާ ދަނޑިވަޅެއްގައި ޓެކްސަސްގައި ހިނގި ކަމަކުން އެމީހުންނަށް މިވަނީ ބޮޑު ސިހުމެއް ލިބިގެން ގޮސްފައެވެ.

ދާދިފަހުން ޓެކްސަސް އަށް ކުރަން ފެށި ވިއްސާރައިގެ ސަބަބުން ބައެއް ހިސާބުތަކަށް އާދަޔާއި ޚިލާފަށް މޫސުން ގޯސްވެފައި ވަނިކޮށް، ހޮނު އެޅުމުގެ ހާދިސާއެއް އެ ސަރަޙައްދުގައި ވަނީ ހިނގާފައެވެ. އެ ހާދިސާގައި ގިނަ އަދަދެއްގެ ގެރި ވަނީ މަރުވެފައެވެ. މި މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް މިހާރު މީސްމީޑިއާގައި ދައުރުވަމުން ދާއިރު، ގިނަ ބަޔަކު ދަނީ އެކަމާއި ގުޅިގެން ހިތާމަވެރި ޝުޢޫރުތައް ފާޅުކުރަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޓެކްސަސްގައި ހިނގި މި ހާދިސާގައި ޖުމްލަ 23 ގެރި ވަނީ މަރުވެފައެވެ. މި ހާދިސާގައި މަރުވި ގެރިތަކުގެ ހަށިގަނޑު ވަނީ ވަރަށް ބޮޑަށް ފިހިފައެވެ. އެ ގެރިތައް މަރުވެފައި ވަނީ ހޮނު އެޅި ވަގުތު އެ ސަރަޙައްދުގެ ވަށައިގެން ޖަހާފައިވާ ފެންސަކަށް ކަރަންޓު އައުމުގެ ސަބަބުން ކަމަށް ވެއެވެ. މަރުވެފައި ވަނީ މި ފެންސު ކައިރީގައި އެވަގުތު ތިބި ގެރިތަކެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޓެކްސަސްގެ އިތުރުން އިންޑިއާގައި ވެސް މީގެ ކުރިން ހޮނު އެޅުމުގެ ހާދިސާތަކުގައި ގެރި މަރުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސޮނިފުހޭ

    ގެރި މޯދީ ރޮނީ ރޮނީ ގެރި މަރުވީމަ ރޮނީރޮނީ. ކަލަކު ނަމަ މަރެއްނުވިސް.ގެރި މޯދި ހާދަ މޮޔައޭ ހޯއް.

    84
    2
  2. Anonymous

    ހަހަހަހަ. ގެރި މޯދީ ރޭޕިސްތާންގެ ދިދަ ބައި ދަނޑިޔައް ތިރިކުރަނެ ވަރުގެ ކަމެއްތީ

    65
    2
  3. ޕްރިންސެސް އަންނި

    މޯޑީގެ ކަލާނގެތަށް މިއޮށް މަރުވަނީ އެއްނު؟

    66
    1
  4. ޢޮބޫ

    ދެން ސ ަރުކާރުން އިންޑިއާއަށް ތައުޒިޔާ ކިޔަންވީނު...ޚާއްޞަކޮށް މޯދީޖީއަށް...

    65
    7
  5. އައިސް

    ގެރި މޯދީ ،އަށް.. މިސަރުކާރުން ތައުޒިޔާ ކިޔާނެ...

    60
    6
  6. ހުސޭނުބޭ

    ހުރިހައި ގެރިތަކެއް ތިބި ވައްތަރުން ޔަޤީންވަނީ ތި ތަކެތި މަރުވީފަހުން ކޮންމެވެސް މީހަކު ތި ތަކެތި ރޭޕްކޮށްފައި ވާކަން! އަޅެ މިއީ ތެދެއްތޯ ހުސްނު ސުޢޫދު ކައިރީ އަހާލަބަލަ!

    56
    3
  7. އަފީ

    އަނެއްކާ ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރަށް ތައުޒީޔާގެ ސިޓީއެއް ފޮނުވަ އޮތްތޯ ބަލަންޖެހެ!

    16
    1