މީގެ ދެ ހަފްތާ ކުރިން ބަހާމަސްއަށް އެރި ތޫފާން ޑޯރިއެންގެ ސަބަބުން ވި ގެއްލުންތަކުން ސަލާމަތް ނުވެވިގެން އުޅެނިކޮށް އަނެއްކާވެސް އެގައުމަށް ތޫފާނެއް ބޯމަތިވެއްޖެއެވެ.

މިތޫފާނު މިހާރު ދަތުރު ކުރަމުން ދަނީ އަބަކޯއާއި ދިމާލަށެވެ. އަބަކޯ އަކީ ޑޯރިއަން ތޫފާނުގައި އެންމެ ގެއްލުންވީ އެއް ރަށެވެ.

ކުރީ ސުނާމީގެ ކާރިސާގައި 1300 މީހުން ގެއްލިފައިވާއިރު 1500 މީހުން ވަނީ ބަޑަށްޖެހި މަގުމަތިވެފައެވެ. އަދި ހަމަ އެޔާއެކު މި ސުނާމީން ލިބުނު އެކި އެކި ގެއްލުމަށް ބޭސް ފަރުވާއަށްވެސް ވަނީ ބޭނުންވެފައެވެ.

މިއަދުގެ ޖީއެމްޓީ ގަޑިން 09:00 ގައި ޔޫއެސް ނެޝިނަލް ހަރިކޭން ސެންޓަރުން ބުނެފައި ވަނީ ބޯމަތިވެފައިވާ ތޫފާނު ވަނީ އަބަކޯއާއި އިރުމަތީ ފަރާތުން 70 މޭލު ދުރުގައި ކަމަށެވެ. އަދި ގަޑީރަކު 65 ކިލޯމީޓަރަށް ވައިޖެހޭއިރު ތޫފަނު ދަތުރު ކުރަމުން ދަނީ ގަޑިއަކު ހަތް މޭލަށް ކަމުގައެވެ. މި ބާރު މިނުގައި ތޫފާނު ދަތުރު ކުރާނަމަ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ބަހާމަސް ކައިރިން ނުވަތަ މަތިން ތޫފާނު ދާނޭ ކަމުގެ ބިރުވެރި އިންޒާރު އެ ސެންޓަރުން ވަނީ ދީފައެވެ.

މީގެ އިތުރުން ބީބީސީގެ ވެދާ ފޯކަސްޓަރުން ބުނެފައިވަނީ މި ތޫފާން ބަހާމަސްއަށް އަރާފިނަމަ އަނެއްކާވެސް ކައިރި މުސްތަގްބަލެއްގައި އެހެން ސުނާމީއެއް އުފެދޭނެކަމަށް ލަފާކުރެވޭކަމަށެވެ.

ބަހާމަސްގެ ނެޝަނަލް އެމެޖެންސީ މެނޭޖްމެންޓް އޭޖެންސީ ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނެފައިވަނީ ބޯމަތިވެފައިވާ މި ތޫފާނާއި ކުރިމަތި ވެއްޖެނަމަ ކުރީގެ ސުނާމީގައި ގެއްލުނު މީހުން ހޯދުމަށް ކުރާ މަސައްކަތްތަކަށް ހުރަސް އެޅޭނެ ކަމަށެވެ. އަދި ހަމަ އެޔާއެކު ގައުމުގެ ހާލަތު މިހާރު އޮތް ހާލަތަށްވުރެ ދަށްވެ އަޑިގަޑުން އަރާ ނުގަނެވޭނޭ ބޮޑެތި ގެއްލުންތަކެއް ކުރިމަތި ކުރުވާނޭ ކަމަށްވެސް ބުނެފައިވެއެވެ.

މި ތޫފާނާ ގުޅިގެން މުޅި ގައުމަށް ކުށްލި ހާލަތުގެ އެލާޓް ނެރެފައިވާއިރު 5000 މީހުންނަށް ވުރެ ގިނަ މީހުން އެގައުމުގެ ވެރިކަން ކުރާ ކެޕިޓަލްއަށް ގެންގޮސްފައިވާ ކަމަށްވެސް މައުލޫމާތު ލިބެފައިވެއެވެ.