ޣައްޒާގެ ސަރަހައްދަށް ވަދެއުޅުނު އިސްރާއީލްގެ ޑްރޯނަކަށް ޣައްޒާގެ މުޖާހިދުން ހަމަލާދީ ޑްރޯން ވައްޓާލައިފިއެވެ.

ޣައްޒާގެ މީޑިއާތަކުން ވަނީ ޣައްޒާގައި ހަރަކާތްތެރިވާ އަބޫ އަލީ މުސްޠަފާ ބްރިގޭޑްގެ މުޖާހިދުން އިސްރާއީލްގެ ޑްރޯނެއް ވައްޓާލިކަން ކަށަވަރު ކޮށްދީފައެވެ.

މި ޑްރޯން ވައްޓާލާފައި ވަނީ، ދެކުނު ޣައްޒާ ސަރަޙައްދުގައި އޮންނަ ސިޓީއެއް ކަމަށްވާ ޚާން ޔޫނިސްގެ މަތިން ދަތުރުކޮށްފައި ދަނިކޮށް ކަމަށް ފަލަސްތީނުގެ މީޑިއާތަކުން ބުނެއެވެ.

ފަލަސްތީނުގެ ހަމާސް އިން އިސްރާއިލްގެ މި ޑްރޯން ވައްޓާލާފައި މިވަނީ، އިސްރާއިލް އިން ވައިގެ މަގުން ޚާއްސަ ރެއިޑްތަކެއް ކުރުމަށް ހަމަޖެހިފައިވާކަން މިދިޔަ ހަފްތާގެ ތެރޭގައި ހާމަކޮށްފައި ވަނިކޮށެވެ.

މިކަމާއި ގުޅިގެން އިސްރާއިލް އަސްކަރިއްޔާ އިން ބުނެފައިވަނީ، އިސްރާއިލްގެ ޑްރޯނެއް ވައްޓާލިކަމުގެ މަޢުލޫމާތު އަދި ލިބިފައި ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޓްރޭސް

    އަލްހަމްދު ލިﷲ

    47
    1
  2. ސުރޭ

    އަލްހަމްދު ލިﷲ

    38
    1
  3. އަހައްމަދު

    އަލްހަމްދު ލިﷲ

    27
  4. ސަންތިމަރިޔަބު

    އަލްހަމްދު ލިﷲ

    20
  5. ޝުއެެއިބު

    އަލްހަމްދު ލިﷲ