އިންޑިއާގެ ހައްދުފަހަނައަޅާފައިވާ ހިންދޫއިންގެ ދީނީ ބޮޑު ހަރަކާތެއްގައި، ވައިގެ ތެރެޔަށް ގިނަ އަދަދަކަށް ވިހަ ގޭސް ދޫކޮށްފައި ވުމާއި ގުޅިގެން، އިންޑިއާގެ ވެރިކަންކުރާ ނިއު ދިއްލީގައި ދިރިއުޅޭ އާންމުންނަށް ނުރައްކަލާއި ކުރިމަތިލާން ޖެހިއްޖެއެވެ.

ހިންދޫ ދީނުގެ މީހުން އުފާ ފާޅުކޮށް މަޖާކުރުމުގެ ގޮތުން ބޭއްވި އެންމެ ހަރަކާތަކުން ނިއު ދިއްލީގެ ހާލަތު މިހައި ގޯސްވެފައިވާއިރު، ވައި ސާފު ކުރުމުގެ ގޮތުން އެ ސްޓޭޓުގައި އާންމު ފަރާތްތަކުން އެއްގަމު އުޅަނދު ދުއްވުން މަނާ ކުރުމަށްވެސް ވަނީ ނިންމާފައެވެ.

މިކަން ހާމަކޮށް ނިއު ދިއްލީގެ ސްޓޭޓް ޗީފް މިނިސްތަރ، އަރުވިންދު ކެޖްރިވާލް ބުނެފައިވަނީ، ދިއްލީގެ ވައި ވަރަށް ބޮޑަށް ތަޣައްޔަރު ވެފައިވާ ކަމަށާއި، އެކަމަށް ވަގުތުން ވަގުތަށް ޙައްލެއް ހޯދަން ޖެހިފައިވާ ކަމަށެވެ. އެހެންކަމުން ދެ ހަފްތާއެއްހައި ދުވަހުގެ މުއްދަތަށް ސްޓޭޓުގައި ޑީސެލް އާއި ޕެޓްރޯލް ބޭނުންކުރާ އުޅަނދުތަކުން ދަތުރުކުރާ މިންވަރު މަދު ކުރުމުގެ ނިންމުމެއް ނިންމާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އަރުވިންދު ވިދާޅުވިގޮތުގައި، މި ނިންމުމާއި އެއްގޮތަށް ނިއު ދިއްލީގައި ކާރު ދުއްވުން ހުއްޓުވާނީ އަންނަ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހުން ފަށައިގެން އެ މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ކަމަށެވެ. މި މުއްދަތުގެ ތެރޭގައި ކޮންމެ ދެ ދުވަހުން އެއް ދުވަހު ސްޓޭޓުގައި އަމިއްލަ ފަރާތްތަކުން ބޭނުންކުރާ ޕްރައިވެޓް ކާރު ދުއްވުން މަނާވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިންދޫ ދީނުގެ މީހުންގެ ސަބަބުން ނިއު ދިއްލީގައި ކަންބޮޑުވާ މިންވަރަށް މިހާރު ވައި ތަޣައްޔަރު ވެފައިވާއިރު، 2016 ވަނަ އަހަރު ވެސް އެ ސްޓޭޓުގެ ވައި ތަޣައްޔަރުވެ އުޅަނދުތައް ދުއްވުން ދެ ހަފްތާގެ މުއްދަތަކަށް މަނާކުރިއެވެ. އެ ނިންމުމުގެ ސަބަބުން ނިއު ދިއްލީގެ ވައި ތަޣައްޔަރުވެފައިވާ މިންވަރު 13 އާއި 15 އިންސައްތަ އާއި ދެމެދުގެ މިންވަރަކަށް ދަށްވެގެން ދިޔަ ކަމަށް ވެއެވެ.

މިދިޔަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އިންޑިއާ އަކީ ދުނިޔޭގެ އެންމެ ބޮޑަށް ވައި ތަޣައްޔަރުވެފައިވާ ދިހަ ޤައުމުގެ ތެރެއިން ޤައުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބޯބުރ

    ގޮސް ޖިހާދުވެ ބޯބުރިކުރާކަށް ނޫޅޭދޯ އެކަމަކު؟

    6
    45
    • ޖިހާދު

      މިނިވަން ހިޔާލުގެ ގޮލައަކާ ވައްތަރީ.

      33
      3
    • ގަމާރު

      އޭކޭ ފޮޓީސެވަން އިން މެރުން ކަލެއަށް އޯކޭދޯ. ބޮންއަޅައިގެން މެރުން ކަލެއަށް އޯކޭދޯ. ދެފުއްކެހެރި ގަމާރުން

      19
      3
    • ނާންދާނެ

      މުސްލިމުން ފެނުން ސާފު ތާހިރުވެ ވުޟޫކުރާނެ، 5 އިރު،
      އެއްޗެހެ އަންދާ ވިހަގޭސް ދޫކުރުމަކީ އަޅުކަމެއް ކަމުގައި މުސްލިމުންނެއް ނުދެކޭ،

  2. ސާމަރާ ދޫނި

    ހިންދޫއިން ކުރާ އަޅުކަމާއި އަދި އެޤައުމުގެ ވޭސްޓް މެނޭޖްމަންޓްގެ ނިޒާމް އޮންނަ ގޮތުން ވައި ތަޣައްޔަރު ވަނީ. ގިނަ ގޭގެއިން ކުނި އަންދަނީ. ދުވާލު އުފެދޭ ކުނި. އިއުއޮއްސޭ ގަޑީގަ. އަދި ރޭގަނޑު އުފެދޭ ކުނި ފަތިހު އަންދާ. އަދި މި ދެގަޑީގައި ހިންދޫއިންނާއި ބުޑިސްޓުން އަޅުކަމުގެ ގޮތުން ކުރާ ބައެއްކަންތައްތަކުގެ ސަބަބުން ވެސް ވަރަށް ގިނަ ދުންތައް ވައިގެ ތެރެއަށް ބޭރުވޭ.

    13
    1