ކިއުބާގެ ކުރީގެ ރައީސް ފިޑެލް ކާސްޓްރޯ އަވަހާރަކޮށްލަން އެމެރިކާ އިން އެތައް މަސައްކަތެއް ކުރިކަމަށް މީގެ ކުރިން ވެސް ތުހުމަތު ކުރެވިފައިވެއެވެ. އެތުހުމަތުތަކަށް އެމެރިކާ އިން މިވަނީ އެންމެފަހުން އެއްބަސްވެ، ކާސްޓްރޯ އަވަހާރަކޮށްލަން ކުރި ބައެއް މަސައްކަތްތައް ހާމަކޮށްފައެވެ.

އެމެރިކާގެ ޖާސޫސީ އިދާރާ (ސީއައިއޭ) އިން ކުރި ބައެއް ކަންތައްތައް ހާމަކޮށްފައިވާ ލިޔުންތަކެއް ބުނެފައި 1961 ވަނަ އަހަރު ކާސްޓްރޯ އަވަހާރަކޮށްލުމަށް ވަރުގަދަ ވިހައެއް އެޅުމަށް ފަހު ސުއްޓާ ފޮއްޓެއް ކާސްޓްރޯ އަށް ސީއައިއޭ އިން ފޮނުވި ކަމަށެވެ.

އެއީ ސީއައިއޭ އިން ފޮނުވި އެއްޗެއްކަން ނޭނގޭ ގޮތައް، ފޮނުވި ސުއްޓާ ފޮށީގައި ހުރި ވިހައަކީ ސުއްޓާ ބޭނުން ކުރިނަމަ ގިނަ އިރުތަކެއް ނުވެ، ކާސްޓްރޯ އަވަހާރަވާނެ ވަރުގެ ވަރުގަދަ ވިހައެކެވެ. ނަމަވެސް ކާސްޓްރޯ އެ ސުއްޓާ ފޮށިން އެންމެ ސުއްޓާއެއް ވެސް ބޭނުން ކޮށްފައެއް ނުވެއެވެ.

1959 ވަނަ އަހަރު ކިއުބާގެ ބޮޑުވަޒީރުކަމަށް ވަޑައިގެންނެވި ކާސްޓްރޯ ވަނީ 1976 ވަނަ އަހަރާއި ހަމައަށް ބޮޑުވަޒީރުކަން ކުރައްވާފައެވެ. އަދި 1976 ވަނަ އަހަރު އޭނާ ކިއުބާގެ ރައީސް ކަމަށް ވަޑައިގެންނެވިއެވެ. ސިއްހީ ހާލަތު ހުރިގޮތުން ރައީސްކަމުން އިސްތިއުފާ ދެއްވީ 2008 ވަނަ އަަހަރުއެވެ. ކާސްޓްރޯ އަވަހާރަވީ 2016 ވަނަ އަހަރު އެވެ.

ފިނި ހަނގުރާމައިގެ ދުވަސްވަރު ސީއައިއޭ އިން ސޯވިއެޓް ޔޫނިއަންގެ ހަރަކާތްތައް ހުރިގޮތް ބަލަން ކޮތަރާއި ކޯމަސް ވެސް ފޮނުވައިގެން ޖާސޫސް ކޮށްފައި ކަމަށް ސީއައިއޭގެ ލިޔުންތަކުގައި ބުނެފައި ވެއެވެ.

އެލިޔުންތަކުން ހާމަވާގޮތުގައި ކޮތަރަށް ހާއްސަ ތަމްރީނުތަކެއް ދީގެން އެމެރިކާ އިން މަސައްކަތް ކުރީ ސޯވިއެޓް ޔޫނިއަންގެ ބައެއް މަރުކަޒުތަކުގެ މައުލޫމާތު ހޯދާށެވެ. ކޮތަރުގައި ކެމެރާތައް ހަރުކޮށްގެން ސޯވިއެޓް ޔޫނިއަންގެ އެކި ސަރަހައްދުތަކަށް ފޮނުވާ އެތަންތަނުގެ ފޮޓޯ ނަގާފައިވެއެވެ. މިމަސައްކަތް ކުރަން ކޮތަރު ބޭނުންކުރީ ކޮތަރަކީ ކޮންމެ މަންޒިލަކަށް ދިޔަ ނަމަވެސް އަނބުރާ އޭގެ ވަޒަނަށް އަންނަން ފަރިތަ ވެފައިވާ ދޫންޏަކަށް ވާތީއެވެ.

ކޮތަރުގެ އިތުރުން ސީއައިއޭ އިން ވަނީ ޖާސޫސް ކުރަން އެމެރިކާގެ ސީއައިއޭ އިން ވަނީ ކޯމަސް ވެސް ބޭނުން ކޮށްފައެވެ. ކޯމަސްތަކެއްގައި ސެންސަރުތަކެއް ހަރުކޮށްގެން ސޯވިއެޓް ޔޫނިއަންގެ ސަބްމެރިންތައް ދަތުރުކުރާ ގޮތް ބަލަން ސީއައިއޭ އިން މަސައްކަތް ކޮށްފައިވެއެވެ.

ސީއައިއޭ އިން ވަނީ އިންސާނުންގެ ސިކުނޑި ކޮންޓްރޯލް ކުރެވޭނެ ބޭހެއް އުފެއްދުމުގެ މަޤުޞަދުގައި މިހާރު ޕާޓީ ޑްރަގްސްގެ ގޮތުގައި މަޝްހޫރު އެލްއެސްޑީ އާއި އެމްޑީއެމްއޭ އާއި ދާދިއެއްގޮތް ބޭހެއް ވެސް އުފައްދާ އެބޭސް މީހުންނަށް ދިނުމުގެ ޕްރޮގްރާމެއް 1950 ގެ އަހަރުތަކުގައި ހިންގާފައި ކަމަށް މިލިޔުންތައް ބުނެއެވެ. ވަރަށް ސިއްރުން ކުރިއަށް ގެންދިޔަ އެޕްރޮގްރާމްގައި ބައިވެރިވި މީހުންނަށް ވެސް އެއީ ތަހުލީލް ކުރުމުގެ ގޮތުން އެމީހުންނަށް ދިން ބޭހެއް ކަން އަންގާފައެއް ނުވެއެވެ.

އެމެރިކާގެ ސީއައިއޭ އަކީ ދުނިޔޭގެ އެތައް ގައުމެއްގައި އެތައް ޖަރީމާއެއް ހިންގާފައިވާ ޖާސޫސީ އިދާރާއެކެވެ. ނަމަވެސް މަދުފަހަރެއްގައި ނޫނީ އެއިން އެއްވެސް ޖަރީމާއެއް ހިންގި ކަމަށް ސީއައިއޭ އިން އެއްބަސްވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކިޔުންތެރިންގެ ހިޔާލު

    ކިޔުންތެރިންގެ ހިޔާލު

    2
    5
  2. ޖާހިލު

    ޖަހާލަތުގެ ޚިޔާލު ކޮބާ؟

  3. ަމަރު

    އެމެރިކާ، އިސްރާއިލް، ނޭޓޯއަށް އޯކޭ ޝަރީއަތަކާނުލާ މީހުން މަރަން. އެކަމަކު މުސްލިމުން ދީނުންބޭރުވާ މީހަކު ޝަރީއަތަކާލައިގެންވެސް މަރައިފިނަމަ އެބައިގަނޑަށް ހަޖަމެއްނުކުރެވޭ.
    ޑަބަލްސްޓޭންޑަރޑްސް

  4. އާދަނު

    އެމެރިކާ އިން ކުރިކަމެއް ވިމަ ލާދީނީ ބައިގަނޑަށް އެއްޗެއް ބުނެލަން ނުކުރުނު ދޯ؟

    7
    1
  5. މޯދީީ

    ރާއްޖޭގައި ކުޑަކާފު ބޮޑުކާފު ވޯޓަކީ އެންމެންދަންނަ ގިމިކެއް މިފަހުގެ ޒަމާނެއްގައި ދުނިޔޭގައި ވޯޓަށް މަކަރުހެދި ގޮތް ދިވެހި "ސީއައިއޭގެ އެޖެންޓް" ބުއްޅަބޭ މާގިނަދުވަހެއްނުވަނީސް އޭނަގެ އަގައިން ބޭޒާރު ކުރާނެ! އެދުވަހަކުން، ޖާބީރެއް ޝަރީފެއް ކާސިމެއް، އިންޑިޔާއެއް އޭނަގެ ވާހަކަ ދޮގުކުރާކަށް ނޫޅޭނެ!