ކުވައިތްގެ ޝާހީ ގަނޑުވަރު މަތިން ޑްރޯންއެއް ދިޔަ މައްސަލައެއް ތަހުގީގު ކުރަން ފަށައިފިއެވެ.

މި ޑްރޯން ގަނޑުވަރު މަތިން ފެނިފައި ވަނީ ހޫތީން ސައުދީއަށް ވަރުގަދަ ޑްރޯން ހަމަލާތަކެއް ދިން ފަހުންނެވެ.

ޝާހީ ގަނޑުގެ މަތިން ޑްރޯން ފެނުމާއި ގަލްފުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެގައުމުގެ ސަލާމަތީ ބާރުތަކާއެކު ބޮޑުވަޒީރު ޝައިޚް ޖާބިރު މުބާރަކް ވަނީ ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުން ނިންމަވާލެއްވުމަށްފަހު އެގައުމުގެ ޕްރައިމް މިނިސްޓަރުގެ ނައިބު، ވިދާޅުވީ ފެނިފައިވާ ޑްރޯން އާ ގުޅޭ ގޮތުން ކުރަންޖެހޭ ތަހުގީގުތައް ކުރުން ފަށާފައިވާ ކަމަށެވެ. އަދި އެއާ ކުރިމަތިލާންވެސް އެގައުމު ތައްޔާރަށް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އިތުރު މައުލޫމާތެއް އޭނާ ނުދެއްވައެވެ.

މިކަމާ ގުޅިގެން ބޮޑު ވަޒީރުގެ ލަފާގެ މަތިން އެގައުމުގެ މުހިއްމު އެކި ހިސާބުތަކުގައި ސަލާމަތީ ކަންކަންވެސް ވަނީ ވަރުގަދަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު