ކަޝްމީރު މައްސަލާގައި އިންޑިއާގެ ސުޕްރީމް ކޯޓުން އެގައުމާ ދެކޮޅަށް އަމުރެއް ނެރެފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އެގައުމުގެ ސުޕްރީމް ކޯޓުގެ ޖަޖުން ނިންމާފައިވަނީ ކަޝްމީރުގެ އަވަށްތަކުން މެދުކަނޑާލާފައިވާ މުވާސަލާތީ ޚިދުމަތްތަކާއި އެހެނިހެން ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާ ކަންކަން އަލުން އިޔާދަ ކުރުމަށެވެ. މިފަދަ ނިންމުމެއް ނިންމާފައިވަނީ އެ ކޯޓަށް އެކަމާ ގުޅޭ ގިނަ ޝަކުވާތަކެއް ހުށަހެޅިފައިވުމާ ގުޅިގެން ބޭއްވި އަޑުއެހުމަކަށްފަހު އެވެ.

އެ އަޑު އެހުމުގައި ވާހަކަ ދައްކަވަމުން އިންޑިއާގެ އުއްތަމަ ފަނޑިޔާރު، ރަންޖަން ގޮގޮއި ވިދާޅުވީ ކަޝްމީރުގެ ގިނަ ފަރާތްތަކަކުން އެކަންކަމާ ގުޅޭ ގޮތުން ޝަކުވާ ހުށަހަޅާފައިވާ ކަމަށާއި، އެ ފަރާތްތަކަށް ކަޝްމީރުގައި ކޯޓަކާ ހިސާބަށް ދިއުމުގައި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި މަތީ ކޯޓުތަކާ ހަމައަށް އައުމަށް އެފަރާތްތަކަށް ހުރަސްތަކެއް ހުރުމަކީ އެއީ ވަރަށް ސީރިއަސް ކަމެއް ކަމަށާއި އެހެން ކަމުން އޭނާ އަމިއްލައަށް ކަޝްމީރުގެ ސްރީ ނަގަރަށް ދާން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ސުޕްރީމް ކޯޓުން އެގައުމުގެ ސަރުކާރާ ދެކޮޅަށް އަދި އަމުރެއް ނުނެރެއެވެ.

"އަޅުގަނޑުމެން އަދި އަމުރެއް ނުނެރެން. އަޅުގަނޑު މި ބުނަނީ ކަޝްމީރުގައި މީގެ ކުރިން ދެމުން އައި ހުރިހާ ޚިދުމަތެއް އަލުން އިޔާދަކުރާށޭ. އަޅުގަނޑުމެން ވަކި ކޮޅަކަށް ޖެހެނީކީ ނޫން،" ރަންޖަންއާ ހަވާލާދީ އިންޑިއާ ޓުޑޭ ނޫހުގައި ރިޕޯޓުކޮށްފައި ވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްމަޑޭ

    الحَمْدُ ِلله

    30