މިއަހަރު ސައުދީ އަރަބިއްޔާގައި 134 މީހަކަށް މަރުގެ އަދަބު ދީފައިވާ ކަމަށާއި އޭގެ ތެރޭގައި ހަމީހުންނަކީ ކުޑަކުދިން ކަމަށް އދ. އިން ނެރުނު ރިޕޯޓެއްގައި ބުނެފައި ވެއެވެ.

މި އަދަދު ހޯދައިފައިވަނީ އދ.ގެހިއުމަން ރައިޓް ކޮމިޝަނުންނެވެ.

ރިޕޯޓްގައި ވަނީ މި މައްސަލަ ދިރާސާކޮށް ހޯދި ހޯދުންތަކުން ފެންނަ ގޮތުގައި ފާއިތުވި 8 މަހުގެ ތެރޭގައި އެގައުމުގައި އެކި މީހުންނަށް އެކި ގޮތްގޮތުން އަނިޔާ ދީފައިވާކަން ހާމަވެގެންދިޔަކަމަށެވެ. އަދި ބަންދުގައި ތިބޭ މީހުންނަށް ކުދި އަނިޔާ ކުރުމުގައި ދެމި ތިބުމުގެ އިތުރުން އެތައްބަޔަކަށް ބިރުދައްކާކަމާއި ތަފާތުކުރުން ބޮޑު ކަމަށް މި ރިޕޯޓުގައި ފާހަގަކޮށްލައިފައިވެއެވެ.

މި ރިޕޯޓްގައި ބުނެފައިވާ ގޮތުގައި މަރުގެ ހުކުމްތައް ކުރާ އަދަދު ސައުދީ އަރަބިއްޔާގައި ނިސްބަތުން ގިނަ ވެފައިވާއިރު ސައުދީ އަރަބިއްޔާގެ ވަލީއަހްދު މުހައްމަދު ބިން ސަލްމާން މަރުތައް މަދުކުރުމަށް ވެފައިވާ ވައުދާއި އަހުދާއި ހިލާފްވަމުންދާ ކަމަށެވެ. އެހެންކަމުން އެކަން ހަރުކަށި އިބާރާތުން ކުއްވެރިކޮށްފައިވެއެވެ.

ބަރޯނެސް ހެލީނާ ކެނެޑީ ކިއޫސީ، ކުރިޔަށް ގެންދިޔަ އިންޓަނޭޝަނަލް ޑެޑް ޕެނަލްޓީ ޕްރޮޖެކްޓްގެ ރިޕޯޓުގައި ބުނެފައިވަނީ "މިހާތަނަށް ސައުދި އަރަބިއްޔާގައި 134 މަރުގެ އަދަދު ދީފައިވާ ކަމަށެވެ." އަދި ހަމައެއާއިއެކު މިހާރުވސް 24 މީހަކަށް މަރުގެ ޙުކުމް އިއްވާފައި ވާއިރު މީގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

މިކަމުގެ ސަބަބުން އަންނަ އަހަރުގެ ދުނިޔޭގެ ލީޑަރުން އެއްވާ ސަމިޓުގައި ސައުދީ އަރަބިއްޔާއާއި ދެމެދު އޮންނަ ގުޅުން ހީނަރުވެގެން ދާނޭ ކަމަށްވެސް ހެލީނާ ބުނެފައިވެއެވެ.

"23 އޭޕްރީލް 2019 ގައި ވެސް 37 ޕޮލިޓިކަލް އެކްޓިވިސްޓެއް މަރާލައިފައިވާއިރު މި މައްސަލަވެސް ނިމިގެން ދިޔައީ އެއްވެސް އިންސާފްވެރިކަމެއް ނެތި. އަދި އެމީހުންނަށް އަނިޔާ ކުރުމާއި ތަފާތު ކުރުމުގައި ގިނަ ދުވަސްތަކެއް ވޭތުވެގެން ދިޔަ." ހެލީނާ ކެނެޑީ ވިދާޅުވިއެވެ.

ސައުދީ އަރަބިއްޔާ ގައި މަރުގެ އަދަބު ދޭތީ ދުނިޔޭގެ އެކި ގައުމުތަކުންނާއި ޖަމާޢަތްތަކުން އަބަދުވެސް ކަންބޮޑުވުން ފާޅުކުރެއެވެ. ނަމަވެސް އެކަމަށް ސައުދީ އަރަބިއްޔާ އިން މާބޮޑު ސަމާލުކަމެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ބޮޑެތި ކުށްވެރިންނަށް މަރުގެ އަދަބުނުދީ ދޫކޮށްލުމުން އެމީހުންނާހުރެ މަރުވެދާ ކުށެއް ނެތް މީހުންގެ ޢަދަދު ބަޔާންކޮށް ތި އދ ން ރިޕޯޓެއް ނަހަދަނީ ކީއްވެތަ؟

    12
    2
  2. ޙުސައިން މ. މުލި

    މަރުގެ އަދަބު ދޭންޖެހޭ ކޮންމެ މީހަކަށް މަރުގެ އަދަބު ދިނުމަށް ގޮވާލަން އެމެރިކާގެ ރައީސް ކަމުގައި ވީނަމަވެސް