ފާއިތުވި 10 އަހަރުގެ ތެރޭގައި ދުނިޔޭގެ މާކެޓުގައި ތެލުގެ އަގު ބޮޑު ނުވާ ވަރަށް މިއަދު އަގު ބޮޑުވެއްޖެ އެވެ.

ޚަބަރުތައް ބުނާ ގޮތުގައި ތެލުގެ އަގު ބޮޑުވެފައިވަނީ ދާދި ފަހުން ސައުދީ އަރަބިއްޔާގެ އެންމެ މައި ތެޔޮ އުފައްދާ ދެ ކާރުޚާނާއަށް ދިން ހަމަލާތަކުގެ ސަބަބުންނެވެ. އެ ހަމަލާތައް ދިނީ އީރާނުން ކަމަށް ސައުދީން ވަނީ ހާމަކޮށްފައެވެ.

މި ހަމަލާއާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ 14.7 ޕަސެންޓަށް ބޮޑުވެފައެވެ. އެގޮތުން ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 62.90 ޑޮލަރަށް މަތިވެފައެވެ. މިއީ 2009 ވަނަ އަހަރުގެ ޖެނުއަރީ މަހު ތެލުގެ އަގު ބޮޑުވުމަށްފަހު ތެލުގެ އަގު ދެން އެންމެ ބޮޑުވި ފަހަރެވެ. އެ ފަހަރު ތެލުގެ އަގު 14.6 ޕަސެންޓަށް ބޮޑުވެ ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 69.02 ޑޮލަރަށް އަރާފައިވެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ސައުދީ އަރަބިއްޔާގެ ތެޔޮ ކާރުޚާނާތަކަށް ދިން ޑްރޯން ހަމަލާތަކާއެކު ތެލުގެ އަގު 18 ޕަސެންޓަށް ބޮޑުވިއެވެ. ނަމަވެސް އެމެރިކާގެ ތެލުގެ ރިޒާވް އިން ތެޔޮ ބޭނުންކޮށް ސަޕްލައި ކުރުމުގެ ހުއްދަ ދީފައިވާ ކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނި ހިސާބުން ތެލުގެ އަގު ދަށްވަމުން އައިސް މިހާރު 14.7 ޕަސެންޓުގައި ހިފެހެއްޓިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ސައުދޫގެ ތެޔޮ ކާރުޚާނާތަކަށް ދިން ހަމަލާއިން ލިބުނު ގެއްލުންތައް ފޫބައްދައި، ހަމަލާގެ ކުރިން އެތަންތަނުގައި އޮތް ހާލަތަށް ރުޖޫއަވުމުގެ ގޮތުން މަސައްކަތް ކުރަމުން އަންނަ އިރު މިއީ ދުނިޔޭގެ ތެލުގެ މާކެޓަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ސައުދީގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި އެތަންތަން މަރާމާތު ކުރުމަށް ހަފްތާތަކެއް ނަގާނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހަނާވަނީފަނާވަނީ

    ދެން އިބޫއަށް އެމްޑީޕީއަށް ރަތްމަހަށް ރާކަންޏަށް ގޮވާ.. ބުނޭ މި ވެރިކަމުގައޭ ތެޔޮ މިހާ އަގުބޮޑުވީ.. ވެރިކަން ކުރަން ހަމަ ނޭނގެނީއޭ

    5
    5
  2. ސަޓޯ

    ތިދިޔައީ ޒަމާން.. މިހާރު އެފް.އެސް.އެމް ގެ އަގުތައް ހުންނާނީ ސީލިންގްއަށް އަރުވާލާފަ

  3. ާަޕޮގުބާ

    ސަރުކާރުން ރަށްޔިތުން ފެލަންވެގެން ހަދާ ބޮޑު ދޮގެއް ކަންތަކާ ޖެހުނީ ރަށްޔިތުންނުފެލާ ޔާމޯނާ ވެރިކަން ހަވާލުކުރޭ

    4
    7
  4. ދަންސޫރަ

    ސަރުކާރުން ރަށްޔިތުން ނުފެލާ ޔާމީން އާ ވެރިކަން ހަވާލުކުރޭ

    8
    5
  5. އުނބު އާދަނު

    ބަަލަ ކަލޭ ތިހުރީ ބީތާވެފައިހެއްޔެވެ؟ ރާއްޖޭގައި ތެލުގެ އަގަށް އަންނަ ކޮންމެ ބަދަލެއްވެސް އައިސްފަހުރީ ދުނިޔޭގެ ތެލުގެ އަގަށް ބަދަލުއައިސްގެންނެވެ. އެކަމަކު ރައީސް ޔާމީންގެ ވެރިކަމުގައި ފަސްއަހަރުތެރޭގައި އެންމެ ފަހަރަކު ލިޓަރަކުން 70 ލާރި ބޮޑުވެގެން ކަލޭވެސް ބއިވެރިވާގޮތަށް ރަތްމަހަށް ގޮވީ ރައީސް ޔާމީނަށެވެ. މިއަދު ތިޔަ ވީދެނީ ކީކޭހެއްޔެވެ؟ ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު ރާއްޖޭގައި ތެޔޮލިޓަރެއް 9 ރުފިޔާއަށް ލިބެންހުއްޓެވެ. ތިޔަބުނާ މީހާ އައިފަހުން މިހާރު ހުރީ ލިޓަރެއް 12 ރުފިޔާއަށެވެ. މިއަދުން ފެށިގެން އެ ބަދަލުވަނީ 16 ރުފިޔާއަށެވެ. ފޮށައޭ ވީދިބަލާށެވެ.

    5
    1