ސައުދީ އަރަބިއްޔާއަށް ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގާބިލްކަން އެގައުމަށް ލިބިގެންވާކަމަށް ސައުދީ ރަސްގެފާނު، ސަލްމާން ބުނި އަބްދުލް އަޒީޒް އަލް ސައުދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެގައުމުގެ ވަޒީރުންގެ މަޖިލީހުގައި ބޭއްވި ބައްދަލުވުމަކަށްފަހު ނެރުނު ނޫސް ބަޔާނެއްގައެވެ. އެ ބަޔާނުގައި ސަލްމާން ރަސްގެފާނު ވަނީ އެހަމަލާ ދިން މީހުން ނިސްބަތް ވާ ގައުމު ބެލުމެއްނެތި އެ ބަޔަކާ ދެކޮޅަށް ދުނިޔޭގެ ގައުމުތަކުން ނުކުންނަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން، އެގައުމަށް ދިން ހަމަލާއާ ގުޅިގެން ލިބުނު ގެއްލުންތަކުގެ މިންވަރު ދަނެގަތުމަށް އެސެސްމަންޓު ހަދާފައިވާ ކަމަށާއި އެތަންތަނަށް ދިން ހަމަލާގެ ސަބަބުން އެގައުމާއި ދުނިޔޭގެ އިގްތިސާދީ މިނިވަން ކަމަށް ބިރު ބޮޑުވެފައިވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ. އަދި އެ ހަމަލާތަކަކީ އެގައުމުގެ އެކި ސަރަހައްދުތަކަށް ދެމުން އަންނަ ހަމަލާތަކުގެ ތެރެއިން ހަމަލާއެއް ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

ސަލްމާން ރަސްގެފާނު މިގެން ވިދާޅުވި އިރު، އެގައުމުގެ ސަރުކާރުން ވަނީ އެ ހަމަލާތައް ދިނީ އީރާނުން ކަމަށް ބުނެ އެކަން އިއުލާންކުރައްވާފައެވެ.

ސައުދީގެ އަރަމްކޯގެ 2 ކާރުޚާނާއަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުވެސް ވަނީ ބޮޑުތަނުން ބޮޑުވެފައެވެ. އެގޮތުން މިދިޔަ 10 އަހަރު ދުވަސްތެރޭ ތެލުގެ އަގު ބޮޑު ނުވާ ވަރަށް އެ ހަމަލާއާ ގުޅިގެން ދުނިޔޭގެ ތެލުގެ އަގު ބޮޑުވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބާޝާ ބާއީ

    ރައްދު ދީބަލަ އެމެރިކާޔަޝާ އިޒްރޭލައް

    8
    1
  2. ޑޮލަރު

    އިސްލާމީ އުއްމަތުގެ ޚާއިނުން ތިޝާހީ އާއިލާ އަކީ.

    8
    1
  3. ދެބޯ ގެރި

    ތުރުކީ އެމްބަސީ ތެރޭގަ ޖަމާލް ޚަޝޯޤީ މަރާލީވެސް ޤާބިލްކަން ހުރެގެންކަން އިނގޭދޯ...