އިސްރާއީލްގައި މިއަދު ކުރިއަށް ދިޔަ އާއްމު އިންތިޚާބުގައި އެގައުމުގެ ހަރުކަށި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ ޕާޓީއަށް އަށް އަޣުލަބިއްޔަތެއް ނުލިބުނު ކަމަށް އެކްޒިޓް ޕޯލްތަކާއި ހަވާލާދީ އިސްރާއީލްގެ މީޑިއާތަކުން ބުނެފިއެވެ.

ތިން އެގްޒިޓް ޕޯލަކުން ދައްކާފައި ވަނީ ނަތަންޔާހޫ އަށް ސަރުކާރު އެކުލަވާލުމަށް ބޭނުންވާ ވަރަށް ގޮނޑި ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.

އެކްޒިޓް ޕޯލްތަކުން ދައްކާ ގޮތުގައި ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ވަރަށް އެއްވެސް ޕާޓީއަކަށް ގޮނޑިތައް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

އެންމެ އިތުބާރު ކުރެވޭ އިސްރާއީލްގެ ޗެނަލް-12 އިންގެ އެކްޒިޓް ޕޯލް އިން ދައްކާ ގޮތުގައި ނަތަންޔާހޫގެ ލީކޫދް ޕާޓީއަށް ލިބުނީ 33 ގޮނޑިއެވެ. ބްލޫ އެންޑް ވައިޓް ޕާޓީއަށް ވަނީ 34 ގޮނޑި ލިބިފައި ކަމަށް އެޗެނަލް އިން ބުނެއެވެ.

"ކަންސް" ނަމަކަށް ކިޔާ އިސްރާއީލްގެ މީޑިއާކުން ބުނާ ގޮތުގައި އެމީހުންގެ އެގްޒިޓް ޕޯލް އިން ދައްކާ ގޮތުގައި ލީކޫދް ޕާޓީއާއި ބްލޫ އެންޑް ވައިޓް ޕާޓީއަށް ވެސް ލިބުނީ 32 ގޮނޑިއެވެ.

އެގްޒިޓް ޕޯލްތަކުން ދައްކާ ގޮތުގައި ސެންޓާ ލެފްޓް ޕާޓީތަކާއި އަރަބި ޕާޓީތަކާއި ބްލޫ އެންޑް ވައިޓް ޕާޓީގެ ލީޑަރު ކުރީގެ ޑިފެންސް މިނިސްޓަރ ލިބަމަންގެ މެންބަރުން އެއްކޮށްލުމުން 64 ގޮނޑި ލިބެއެވެ.

ބްލޫ އެންޑް ވައިޓް ޕާޓީގެ ލީޑަރު ކުރީގެ ޑިފެންސް މިނިސްޓަރ ލިބަމަން ނުހިމަނާ ކަނާތުފިޔައިގެ ޕާޓީތައް އެއްކޮށްލުމުން ލިބެނީ 56 ގޮނޑިއެވެ. މިއީ ނަޔަންޔާހޫ އާއި ކޯލިޝަން ހަދާނެ ކަމަށް ބެލެވޭ ޕާޓީތަކާއި އެކު ނަތަންޔާހޫ އަށް ލިބޭނެ ކަމަށް ބެލެވޭ އަދަދެވެ.

އެހެންކަމުން ސަރުކާރެއް އެކުލަވާލާނީ ބްލޫ އެންޑް ވައިޓް ޕާޓީގެ ލީޑަރު ކުރީގެ ޑިފެންސް މިނިސްޓަރ ލިބަމަން ކަމަށް ލަފާ ކުރެވެއެވެ.

ނަމަވެސް ސަރުކާރު އެކުލަވާލުމުގެ ފުރުސަތު ދޭނެ ލީޑަރެއް ނިންމާނީ އިސްރާއީލްގެ ރައީސް އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ާއާަމިނަތު

    އަލްޙަމްދުﷲ

    93
    • މޯދީ

      ކޮންމެ މީހަކު ވެރިކަމަށް އަޔަސް އިޒްރާއީލުގެ ސިޔާސަތަކަށް ބަދަލެއް ނާންނާނެ! ތަރަށްގީގެ މަޝްރޫއަކަށްވެސް ބަދަލެއް ނާންނާނެ! ދިވެހިން ގޮތަށް ލާހޫރޭ ސިޔާސަތެއްނޫން އިޒްރާއީލުގެ ރައްޔިތުން ބޭނުންވަނީ!

      13
      3
  2. ދީދީ

    ٱلْـحَـمْـدُ للهِ
    ٱلْـحَـمْـدُ للهِ
    ٱلْـحَـمْـدُ للهِ

    26
  3. ހޭހަން

    މީނާގެ ކިބައިން މިދުނިޔެ ސަލާމަތް ކޮށްދެއްވާންދޭވެ! އާމީން.

    33
  4. ހޯރަ ބޭ

    ހަމްދުކުރަން

    29
  5. ދަބަރޭ

    އަލްޙަމްދުﷲ

    16