ސައުދީ އަރަބިއްޔާގެ އަރަމްކޯ ތެޔޮ ކާރުޚާނާތަކަށް ހަމަލާދީފައިވަނީ އީރާނުންކަން ހާމަވާ މާއްދީ ހެކި ދައްކާލައިފިއެވެ.

މިތަކެތި ދައްކާފައިވަނީ ސައުދީ އަރަބިއްޔާގެ ޑިފެންސް މިނިސްޓްރީން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މާއްދީ ހެކިތަކުގެ ތެރޭގައި ދައްކާފައިވަނީ ހަމަލާދިން ސައިޓުތަކުން ހޯދާފައިވާ ތަކެއްޗެވެ. އޭގެ ތެރޭގައި ހަތިޔާރުތަކުގެ ހަލާކުވެފައިވާ ތަންތަންކޮޅު ހިމެނެއެވެ.

އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ އެއީ އީރާނުގެ ހަތިޔާރުތަކެއް ކަމަށެވެ. އަދި އެ ހަމަލާތައް އައިސްފައިވަނީ އެގައުމުގެ އުތުރުން ކަމަށާއި އެހެން ކަމުން އީރާނުގެ ބައިވެރިވުން އޮތް ކަމަށް ގަބޫލުކުރެވޭ ކަމަށާއި އެ ހަމަލާތައް ދިނީ ޔަމަނުން ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ސައުދީ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާން ތުރްކީ އަލް މާލިކީ ވިދާޅުވި ގޮތުގައި މީގެ ކުރިން އެގައުމުގެ ޑިފެންސް ސިސްޓަމްތައް ބަރާބަރަށް މަސައްކަތްކުރި ކަމަށެވެ. އެގޮތުން މީގެ ކުރިން އެގައުމަށް އަމާޒުވި 232 ހަމަލާއެއް ހުއްޓުވާފައިވާ ކަމަށާއި އެހާ ގިނަ ހަމަލާތަކެއް އަމާޒުވެ، ހުރިހާ ހަމަލާއެއް ދިފާއުކުރި އެހެން ގައުމެއް ނޯންނާނެ ކަމަށެވެ.

މީގެ އިތުރުން، ތެޔޮ ކާރުޚާނާތަކަށް ދީފައިވާ ހަމަލާތަކަކީ ކްރޫޒް ހަމަލާތަކެއް ކަމަށާއި ހަމަލާތައް ފޮނުވާލި ސީދާ ލޮކޭޝަންވެސް ދަނެގަނެވިފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ކަހަލަ ފިޔަވަޅެއް ކަމެއް ހާމަ ނުކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ރޫހާނީ

    އެއްކަމެއްވެސް ނުކުރެވޭނެ ތެޅިތެޅި ތިބެންޖެހޭނީ..

    15
    4
  2. ޒވނއ

    ތިމީހުން (ސައުދީ) ދައްކާ ވާހަކަ ޤަބޫލުނުކުރެވޭ!
    ސަބަބަކީ ޙާޝުޤީ މަރާލާފަވެސް ކުޅުނު ޑްރާމާއިން! އޭނާ އެންބަސީން ނުކުތީކަމަށް ބުނެ ވައްތަރު މީހަކު ލައްވާ އެކްޓްކުރުވީ! އެންމެފަހުން އެކަންތައްވެސް އޮތީ އަތަށް ގޮވާފައި!

    22
    2
  3. މޯޑް ބިން މާލްދީފް

    އީރާނަކީ މުސްލިމުންގެ ލޭ ބޯ ޝިއައީންގެ މަރުކަޒު. މާތް ﷲ 'ތައުހީދުގެ ބިން' ހިމާޔަތް ކުރައްވާށި، އާމީން.! އަދި އެންމެހައި މުސްލިމު ބިންތައް ވެސް. އާމީން.!

    اللهم انصر الاسلام والمسلمين في كل مكان. آمين، آمين، آمين.

    21
    5
  4. އިބުރާ

    ސައޫދީއަކީއެމެރިކާގެއެޖެންޓެއް ބަލާނަލަޔަމަނައްހަދާލާގޮއް އެހެންވީމަވާނީއެހެން އިރާނަކީކޮންމެގޮތަކުންވިޔަސް ެިސްރާއީލާއެމެރިކާގެ އެންމެބޮޑުދުސްމަންއެހެންވީމަ ސައޫދީއައްވެސްހަމަލާއަމާޒުވާނެ ކުރިންތިބިގޮތައް ހަގުރާމަނުކޮއް އެލާރިތައްއެމެތިކާގެވިޔަފާރިތައްކޮއްޅައްނުޖަހާ މުސްލިމްފަގީރުގައުމްތަކައްހަރަދުކޮއްބަލ އޭރުންމާރަނގަލުވާނު

    18
    1
  5. އަލީ

    އަބަދުވެސް އެނގޭދޯ އީރާނަށް އިނގިލި ދިއްކުރާނެ ކަން. އެމެރިކާއަށާއި ހުޅަނގަނށް ވިކިހުސްވެގެން ތިބޭއިރު ތިމާމެންގެ ކާރުޚާނާތައް ހިމާޔަތް ކުރާނެ ފެންވަރުވެސް ނެތް.

  6. ގަދަކުޑޭ

    ތީ މާކުރީގެ ޒަާންތަކެއްެ ހަލާކުވެފަ ހުރި އެއްޗެއް

  7. އަހުން

    ސައުދީ،ބިރުގަތީ ޔަމަނުގެ ހޫތީން ބާރުގަދަ.....