ސައުދީ އަރަބިއްޔާގެ ތެޔޮ ކާރުޚާނާތަކަށް ދިން ހަމަލާތަކާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމައިފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެގޮތަށް ނިންމެވީ ސައުދީއަށް އީރާނުން ދިން ހަމަލާތަކާ ގުޅިގެން ފިޔަވަޅު އެޅުމާ ގުޅޭ ގޮތުން އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކާއެކު ބޭއްވި މަޝްވަރާތަކަށްފަހުއެވެ. ޓްރަމްޕް ކުރި ޓްވީޓެއްގައިވަނީ އީރާނާ ދެކޮޅަށް އިގްތިސާދީ ގޮތުން ދަތިކުރުމުގެ ހަރުކަށި ފިޔަވަޅު އެޅުމަށް އެގައުމުގެ ސެކްރެޓަރީ އޮފް ޓްރެޝަރީއަށް އަންގާފައިވާ ކަމަށެވެ.

ދަތި ކުރުމުގެ ފިޔަވަޅު އެޅުމަށް އެމެރިކާއިން ނިންމިއިރު، ޓްރަމްޕުގެ ސެކިއުރިޓީ އެޑްވައިޒަރުން ވަނީ އަސްކަރީ ހަމަލާތަކެއް އީރާނަށް ދިނުމަށް ނަސޭހަތްތެރިވެފައެވެ.

އީރާނުން ސައުދީ އަރަބިއްޔާއަށް ދިން ހަމަލާގެ ސަބަބުން ދުނިޔޭގެ ބާޒާރުގެ ތެލުގެ އަގުވެސް ވަނީ ފާއިތުވި 10 އަހަރު މައްޗަށް ނުދާ ވަރަށް މައްޗަށް އަރާފައެވެ. އޭގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ކަމާ ބެހޭ މާހިރުން ބުނެއެވެ.

އެމެރިކާއިން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ނިންމާފައިވާއިރު، އަޅާނީ ކޮން ފިޔަވަޅުތަކެއް ކަމެއް ހާމައެއް ނުކުރެއެވެ. ނަމަވެސް އެފިޔަވަޅުތަކާ ބެހޭ މައުލޫމާތު ވައިޓް ހައުސްއިން ފަހުން އިއުލާން ކުރާނެ ކަމަށް މީޑިއާތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބާޝާ ބާއީ

    އަޖައިބެއް ތީ މަހަކު ކިތައް ފަހަރު އަޅާ އެއްޗެއްތަ.. އިރާނަކުން ނޫޅޭ ކަލޭމެން ޖެހިހާ ބެރަކައް ނަޝާކައް

    10
  2. މުސްލިމް

    "އީރާނުން ސައުދީ އަރަބިއްޔާއަށް ދިން ހަމަލާގެ ސަބަބުން...!" އީރާނުން ކަން ހަމަަލާ ދިނީ ކިހިނެތް އެނގުނީ..؟!

  3. ސަރުދާރު

    ވެގެން އުޅޭގޮތަކީ އެމެރިކާގެ ރައީސްކަމަށް އަންނަ ކޮންމެ މީހަކުވެސް ކޮންމެވެސް މުސްލިމް ގައުމެއް ސުންނާފަތި ކޮށްލުމަކީ ޝަރުތެއް. އެހެންވީމަ ޓްރަމްޕް އެއުޅެނީ އެޝަރުތު ފުރިހަމަ ކުރެވޭތޯ. އަދި މިހާތަނަށް އީރާނަށް އަރައިގަނެވިފަ ނެތީ އެމެރިކާ އީރާން ދެކެ ޖެހިލުންވާތީ. އެގައުމުގަ ނިއުކްލިއަރ ބާރުހުރީ ކިހާވަރަކަށް ކަމެއް ހަތިޔާރު ހުރީ ކޮންތާކު ކަމެއް މިމީހުން ޖާސޫސް ކޮށްކޮށް ނޭގުނު. ނުވިތާކަށް އީރާނުން އެމެރިކާދެކެ ބިރު ނުގަންނަ ކަން ޔަގީންވޭ. އެހެންވީމަ ކޮންމެވެސް އެއްޗެކޭ ކިޔައިގެން އެތަން އިނދަޖައްސާލެވޭތޯ އެއުޅެނީ. ބުޝްއާ އޮބާމާ ކަހަލަ ސްމާޓް މީހުންނަށް ނުކުރެވުނު ކަމެއް ފަސްކުޅަނދު މަދުމީހަކަށް ކުރެވޭނެތަ؟

    2
    1
  4. ގަދަކުޑޭ

    ތިޔަކަމުގަ އެންމެފުރަތަމަ ބައިވެރިވާނީ ސައުދީ އަރަބިއާ

  5. އެޑްވަޑް ބާމުންޑޭ

    ކަލޯމެންނަށް ނެއްދޯ އެއްބަސް ވިޔަސް ރަނގަޅުގޮތެއް، ހޫތީން އެބުނަނީ ތިމަންނަ މެންނޭ ހަމަލަ ދިނީ. އެކަމަކު ތިއުޅެނީ އިރާންބޮލުގަ ތިކަންތަށް އަޅުވައިގެން.