އަވަށްޓެރި އިންޑިއާގައި މާބަނޑު މުސްލިމް އަންހެނަކު ބަރަހަނާ ކުރުމަށްފަހު އެމީހާ އަށް އެ ގައުމުގެ ފުލުހުން އަނިޔާ ކޮށްފިއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި މި ހާދިޘާ ހިނގާފައި ވަނީ އިންޑިއާގެ އައްސާމް ސިޓީގައި ހުންނަ ޕޮލިސް ސްޓޭޝަނެއްގެ ކައިރީގައެވެ. ކިޑްނެޕް ކުރުމުގެ ތުހުމަތުގައި ކަމަށް ބުނެ މާބަނޑު އަންހެން މީހާގެ އިތުރުން އޭނާގެ 2 އަންހެން ކޮއްކޮ އެއްވެސް ސްޓޭޝަނަށް ވައްދައި ބަރަހަނާކޮށް ވަނީ އަނިޔާ ކޮށްފައެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެ އަންހެން މީހާ އަށް ކުރި އަނިޔާ ތަކުގެ ސަބަބުން ދަރި ވެއްޓިފައި ވާއިރު، އޭނާ ވަނީ މި މައްސަލަ ފުލުހުންނަށް ޖައްސާފައެވެ. ނަމަވެސް ފުލުހުން މި މައްސަލަ ބަލައިގަންނަން ދެކޮޅު ހެދުމުން އޭނާ ވަނީ މީޑިއާގެ ޒަރިއްޔާ އިން މިކަން މީހުންގެ ސަމާލުކަމަށް ގެނެސްފައެވެ.

އައްސާމް ފުލުހުން ކޮށްފައިވާ އަނިޔާތައް

" އެ މީހުން އަހަރެމެން 3 މީހުން ސްޓޭޝަނަށް ގެންގޮސް ދަނޑިންނާއި އެކި އެއްޗެހިން ތަޅާ އަނިޔާކުރި. އަދި އަހަރެން މާބަނޑުކަމުން ދޫކޮށްލަން ބުނީމައި ބުނީ އަހަރެން އެކްޓު ކުރަނީ އޭ. މުޅި ރޭ ހޭދަކުރަން ޖެހުނީ އެގޮތަށް" މި ހިތާމަވެރި ހާދިޘާ ތަހައްމަލު ކުރަން ޖެހުނު އަންހެން މީހާ ކިޔައިދީފައިވެއެވެ.

އައްސާމްގައި މިކަން ހިނގާފައި މިވަނީ މިދިޔަ މަހު އެ ހިސާބުގަނޑަށް ރެޖިސްޓްރީ ކުރަން އެދިފައިވާ 2 މިލިއަން ރައްޔިތުންގެ ފޯމުތައް ބަލައިގަންނަން އެ ސިޓީއިން ދެކޮޅު ހަދާފައި ވަނިކޮށެވެ. އެ 2 މިލިއަން މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ ހުސް މުސްލިމުންނެވެ. އެ މީހުން އެ ސިޓީ އިންވެސް ބޭރުކޮށްލާފައި ވާއިރު، އެ ރައްޔިތުން މިހާރު ދިރިއުޅެމުން އަންނަނީ ވަގުތީ ކޭމްޕްތަކުގައިކަން ފާހަގަކޮށްލެވެއެވެ.

އިންޑިއާގެ ޕްރައިމް މިނިސްޓާ ނަރެންދްރަ މޯދީ ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން ކޮންމެ ދުވަހަކުވެސް އެ ގައުމުގައި މުސްލިމުންނާއި ޒާތީކޮށް ކަންތައް ކުރުން ދަނީ އިތުރުވަމުންނެވެ. މޯދީ ބޭނުންވަނީ އިސްލާމް ދީން އިންޑިއާ އިން ފޮހެލައި އެއީ ހިންދޫ ދީނުގެ މީހުންގެ ބިމެއްގެ ގޮތުގައި ހަދަން ކަމަށް އެ ގައުމުގެ މީޑިއާތަކުންވެސް ތުހުމަތު ކުރެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ތރކ

  އިސްލާމްދީނުގައި އަންހެނުންގެ ހައްޤުތަކެއް ނުހުރެއޭ، ތިމަންނަމެންގެ ކަލްޗަރ މާ ތަހުޒީބޭކިޔައި އެންމެގިނައިން އަނގަތަޅާނީވެސް ހަމަ މިމީހުން.

  23
  1
 2. ހުސެން

  ކޮބާ އަންނި އާއި އިބޫ އަދި މޯޑީ އަށް އެއް ޟަރަފުގެ ލަޤަބުދީ،މީދޯ ކަލޭމެން ކިޔާ ޑިމޮކޮރުސީ އަކީ ދޯ؟ދެން ކޮބާ އެއްކަލަ އަންހެނުންގެ ހައްޤުހޯދަން ދުވިހާ މީހުން ކޮބާ ،ގަޔަށް ސީލަބަލަ މިކަހަލަ ޑިމޮކްރަސީއާގެން

  21