ތުރުކީގެ އިސްތަމްބޫލު ސިޓިގައި ހުންނަ ބޮޑު ހޮސްޕިޓަލެއްގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ.

އަލިފާން ރޯވެ އަނދަމުންދަނީ، އިސްތަމްބޫލުގެ ޓަކްސިމް ފަސްޓް އެއިޑް ހޮސްޕިޓަލުގައެވެ. ރިޕޯޓްތައް ބުނާގޮތުގައި އެ ހޮސްޕިޓަލުގެ ގިނަ ފަންގިފިލާތަކުގައި ރޯވެ އަނދަމުންދާއިރު، އަލިފާންގަނޑު ދަނީ އިތުރަށް ފެތުރެމުންނެވެ.

މި މަންޒަރު ފެންނަ ވީޑިއޯތައް މިހާރު މީޑިއާގައި ދައުރުވަމުންދާއިރު، އެ ވީޑިއޯތަކުން ފެންނަނީ ހޮސްޕިޓަލުގައި ރޯވުމުގެ ސަބަބުން ވަނީ ބޮޑު ސަރަޙައްދަކަށް ދުން ފެތުރިފައިވާ މަންޒަރެވެ. އަދި އަލިފާންގަނޑު އިތުރަށް ފެތުރި ދުން ބޯވަމުންދާ މަންޒަރުވެސް ބައެއް ވީޑިއޯތަކުން ފެނެއެވެ.

https://twitter.com/memerdo/status/981905737269022723

މި ހޮސްޕިޓަލުގައި އަލިފާން ރޯވި ވަގުތުގައި ބާރުގަދަ ގޮވުންތަކުގެ އަޑު އިވުނު ކަމަށް ޢާންމު ފަރާތްތަކުން ބުނެފައިވާއިރު، ތުރުކީގެ ކަމާއި ބެހޭ އިދާރާތަކުން މިހާރު ދަނީ އެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުންނެވެ. އަދި ހޮސްޕިޓަލް ތެރޭގައި ތިބި މީހުންނާއި އެ ސަރަޙައްދުގައި ތިބި މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި ހާދިސާ ހިނގި ވަގުތު ހޮސްޕިޓަލުގައި ތިބީ ކިހައި ޢަދަދެއްގެ މީހުނެއް ކަމެއް އަދި އެނގިފައެއް ނުވެއެވެ. އަދި ހޮސްޕިޓަލުގައި އަލިފާން ރޯވުމުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމެއް އަދި ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދެރަ

    އަވަހަށް އަލިފާންގަނޑު ކޮންޓްރޯލުކުރެވޭތޯ ދުއާކުރަން.

  2. އަޅުގަނޑު

    May ALLAH save them Aameen

  3. ރަނދަ

    އަލިފާނުގެ ނުރައްކަލުން އެބައިމީހުން ސަލާމަތް ކުރައްވާށި. އާމީން