ސައުދީ އަރަބިއްޔާގެ އަރަމްކޯގެ ތެޔޮ ކާރުޚާނާތަކަށް ދިން ހަމަލާތަކުގެ ރައްދު ދިނުމުގެ ގޮތުން އަސްކަރީ ބާރު ބޭނުން ނުކުރަން އެގައުމުން ނިންމައިފިއެވެ.

ސައުދީން ބުނެފައިވާ ގޮތުގައި އެހަމަލާތައް ދީފައިވަނީ އީރާނުންނެވެ. އެކަން ސާބިތުކޮށްދޭ މާއްދީ ހެކިވެސް ސައުދީން ވަނީ ދައްކާފައެވެ. އަދި އެ ހަމަލާތަކުގެ ރައްދު ދެއްވާނެ ކަމަށްވެސް އެގައުމުން ވަނީ މީގެ ކުރިން ބުނެފައެވެ.

ސައުދީ ސަރުކާރުން ޖަރުމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޕްރިންސް ފައިސަލް ބިން ފަރްހާން އަލްސައުދި ވިދާޅުވެފައިވަނީ އީރާނުން ދިން ހަމަލާތަކުގެ ބަދަލު އަސްކަރީ ބާރުގެ ބޭނުންކޮށްގެން ދޭން ސައުދީން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް އަދިވެސް އެހަމަލާތަކުގެ ބަދަލު ދޭނެ ގޮތްތަކާމެދު ސައުދީން މަޝްވަރާކުރަމުން އަންނަ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވި ގޮތުގައި ސައުދީން އަސްކަރީ ބާރު ބޭނުންކޮށްފި ނަމަ ގަލްފުގެ ގައުމުތަކުގެ މެދުގައި އަނެއްކާގެ ހަނގުރާމައެއް އުފެދިދާނެއެވެ. އަދި ސައުދީން އެފަދަ ކަމެއް މެދުވެރިވެދާނެ ކަމެއް ނުކުރާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަައެވެ.

ހަމަލާތަކަށް ރައްދު ދިނުމާ ގުޅޭ ގޮތުން ސައުދީން އަދި ވަކި ގޮތެއް ނުނިންމާ އިރު އެމެރިކާއިން ވަނީ ސައުދީން ކޮންމެ ނިންމުމެއް ނިންމި ނަމަވެސް އެއްބާރުލުން ދޭނެ ކަމަށް ބުނެފައެވެ. އޭގެ އިތުރުން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަންވެސް އެމެރިކާގެ ރައީސް ވަނީ އިއްޔެ ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ކޮލެޖު ބޯއި

  އިރާނާށް ހަމަލާ ދިނުމުގެ ގާބިލުކަން ނެތީއޭ. ދެން ވެސް ގަބޫލިކުރަން ޖެހިފަ އޮތް ހަގީގަތަކީ އާދައިގެ ޑްރޯން ބޭނުންކޮށްގެންވެސް ސައޫދީ މައި ލޭނާރު ފަޅާލުމުގެ ގާބިލުކަން އެއޮތީ ދުރު ގަ އޮތް އިރާނުގެ އަތުގައޭ. ދެން އޮތީ ސައޫދީން ޔަހޫދީންގެ ގުޅުން ވަރުގަދަކުރުން . އޭރުން އެކަން ބަލަން ހެވިފަ ތިބޭނީ ހޫތީން.

  11
 2. ޢމޑ

  ތިފިޔަވަޅުއަޅާތާ 40އެހަރުވީ ވީކަމެއްހަރާން ދެންއަމިއްލަފައިމައްޗައްފައިއަޅާ

 3. ާައަސްލަމް

  އެމެރިކާއިން ސައުދީ އަށް ހަމަމަލާދިނީ ސައުދީއަށް އެމެރިކާއިން ހަމަލާދިން ވާހަކަ ބުނަން ނުކެރިގެން އެއުޅެނީ ދެން އީރާނަށް ހުހައްގުން ހަމަލާ ދޭންޖެހޭތި އަސްކަރީބާރު ބޭނުންނުކުރަން ނިންމީ