ފަލަސްތީނުގެ މިނިވަން ކަމަށްޓަކައި އެގައުމުގެ ރައްޔިތުން ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން އަނެއްކާވެސް މާދަމާ ބޮޑު މުޒާހަރާއަކަށް ނިކުންނަން ތައްޔާރުވެއްޖެއެވެ.
މި މުޒާހަރާގެ ބައިވެރިއެއް ބުނީ ދޭން ބޭނުންވަނީ މެސެޖެއް ކަމަށާއި ފަލަސްތީނުގެ ބިން މިނިވަން ކުރަން ކުރެވުނު ހުރިހާ މައްސަކަތެއް ކުރާނެ ކަމަށެވެ.
މި މުޒާހަރާތައް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެގޮތުން މުޒާހަރާ ފެށިތާ ފުރަތަމަ ހަފްތާތެރޭވެސް އެތަށް ބަޔަކު ޝަހީދު ކޮށް ޒަހަމުކޮށްފައިވާއިރު މުޒާހަރާގެ ތެރެއަށް އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ބަޑިޖަހައި ފަލަސްތީނުގެ 17 މީހުން ޝަހީދުކޮށް އިތުރު އެތައްސަތޭކަ ބަޔަކު ވަނީ ޒަހަމްކޮށްލާފައެވެ. މީގެއިތުރުން އިއްޔެ ވަނީ ބަޑިޖަހައި އިތުރު މީހަކު ވެސް ޝަހީދުކޮށްލާފައެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ، ސިފައިން ބަޑިޖެހުމުގެ އިއްޔެ ޝަހީދުވެފައިވަނީ އުމުރުން 25 އަހަރުގެ ޒުވާނެއް ކަމަށްވާ އަހްމަދު އަރަފާ ކަމަށެވެ.
މިހާރު ކުރިއަށްދާ މުޒާހަރާގައި ހިނގި ކުރިމަތިލުންތަކުގެ ތެރޭގައި އިސްރާއީލު ސިފައިން ޖެހި ބަޑީގެ ވަޒަން އަރާފައިވަނީ އަފަރާގެ މެޔަށް ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި މުޒާހަރާގައި ގިނަ ބަޔަކު މަރުވެ ޒަހަމްވަމުން ދަނީ އިސްރާއީލުން މުޒާހަރާގެ ބައިވެރިންނާއި ކުރިމަތިލުމަށް ބަރު ހަތިޔާރާއި ޓޭންކަރު ނެރެ ހަމަލާ ދެމުންދާތީއެވެ. އިސްރާއީލުގެ ސިފައިންދަނީ ލައިވް ވަޒަން މުޒާހަރާގެ ބައިވެރިނާ ދެކޮޅަށް ބޭނުން ކުރަމުންނެވެ.
" ދަ ގްރޭޓް ރިޓާން " ގެ ނަމުގައި ފެށި މި މުޒާހަރާތަށް ހަ ހަފްތާއަށް ދިގުލައިގެން ދާއިރު މި މުޒާހަރާ ތަކުގައި މިދިޔަ ހުކުރު ދުވަހު 100,000 ފަލަސްތީނުގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.
މާތްﷲ އަޅަމެންގެ އަޙުންނަށް ނަޞްރު ދެއްވާ ޔަހޫދީ ދައުލަތް ނެތިކުރައްވާންދޭވެ!މުސްލިމުންނަށް މުސްލިމުންގެ މުޤައްދަޞް ބިން މިންވަރުކުރައްވާންދޭވެ! މުސްލިމުންނަށް ނަޞްރު ދެއްވާންދޭވެ! އާމީން.......
މާތްﷲ އަޅަމެން މުށްލިމުންނަށް ނަސްރުދެއްވާންދޭ ފަލަސްތީނުގެ މުޖާހިދުންނަސް ސާބިތުކަންދެއްވާންދޭ. މާތްﷲ އިސްލާމީ އުމްމަތުގެ އަޤީދާ ވަރުގަދަކުރައްވާ މުސްލިމުންދެ ހިތްތައް ހުޅުއްވާން ދޭވެ. ފަލަސްތީނުގައިވާ މުގަދަސް ހަރަންފުޅު އަޅަމެންނަށް އަބްރާ ދެއްވާންދޭވެ.އާމީން ޔާރައްބަލް އާލަމީން