އެމެރިކާގެ އަސްކަރިއްޔާގެ ތަހުލީލުތައް ކުރިއަށް ގެންދާ އަސްކަރީ މަރުކަޒެއް ކަމުގައި ބުނާ އޭރިއާ 51 ރޭޑް ކުރުމަށް އެ ގައުމުގެ އެތައް ހާސް ރައްޔިތުންތަކެއް މަޝްވަރާ ކުރަމުން އަންނަތާ ދުވަސްކޮޅެއް ވަނީ ވެފައެވެ. ނަމަވެސް، މިއަދަކީ އެތަން ރޭޑް ކުރުމަށް ކަނޑައަޅާފައިވާ ދުވަހެވެ.

20 ސެޕްޓެމްބަރުގައު އޭރިއާ 51 ރޭޑް ކުރަން ދާން މީސް މީޑިއާގައި އެތައް ހާސް ބަޔަކު އެއްބަސްވެފައި ވާއިރު، މިއަދު އެ ސަރަހައްދަށް މީހުން މިވަނީ ޖަމާވާން ފަށާފައެވެ. އޭރިއާ 51 ކައިރީގައި އޮންނަ 50 މީހުންގެ އާބާދީގެ ކުޑަ އަވަށަކަށް އެންމެން ޖަމާވަމުން އަންނައިރު، އެ އަވަށުގެ މީހުން ވަނީ މިކަމާއި ގުޅިގެން ކަންބޮޑުވުންތައް ފާޅު ކުރަން ފަށާފައެވެ.

ރޭޑް ކުރާ މީހުން ހަދާފައިވާ ތަނެއް

އެ ސަރަހައްދަށް އެމެރިކާގެ ނޫސްވެރިންވެސް ޖަމާވެފައި ވާއިރު، މިއީ ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިވެންޓެއް ކަމަށް މައިލޫމާތު ލިބެއެވެ. އޭރިއާ 51 ތެރޭ އޭލިއަނުން ގެންގުޅޭ ކަމަށް ގިނަ ބަޔަކު ދެކޭއިރު، އެމެރިކާ އަސްކަރިއްޔާ އިން އެތަނުގެ ސަލާމަތީ ކަންކަން މާ ވަރުގަދަ އަށް ގެންގުޅޭ ކަމުން ބައެއް މީހުންނަށް އެކަންތައް ގަބޫލުކުރަން ވަރަށް ފަސޭހައެވެ.

ބައެއް މީހުން އޭރިއާ 51 އަށް ނަރުޓޯ ދުވާ ގޮތަށް ދުވަމުން ދާއިރު، މި އިވެންޓު އިންތިޒާމް ކުރާ ފަރާތްތަކުން ވަނީ އިވެންޓައް އަންނަ އެންމެންވެސް ކާނާ އާއި ކޭމްޕް ޖަހާނޭ ސާމާނު ގެނައުމަށް އެދިފައެވެ. އެއީ އެތާ ކައިރީ އޮންނަ 50 މީހުންގެ އަވަށުން ކާނާ ފަދަ ސާމާނު ގިނަ އަދަކަށް ލިބެން ނުހުންނާތީއެވެ.

މި ހަރަކާތުގެ ބޭނުމަކީ އޭރިއާ 51ގައި ވާ ސިއްރުތައް ފަޅާ އަރުވާލުން ކަމަށް، ހަރަކާތް އިންތިޒާމް ކުރާ ފަރާތްތަކުން ބުނަމުން ދިޔަނަމަވެސް އެމެރިކާ އަސްކަރިއްޔާ އިން އުއްމީދު ކުރަނީ އެ މީހުން އެ ސަރަހައްދަށް ވަންނަން މަސައްކަތް ނުކުރާނެ ކަމަށެވެ. އެހެން ވެއްޖެނަމަ، އެމީހުންނާއި ދެކޮޅަށް ހަތިޔާރުގެ ބޭނުން ކުރަން ސިފައން ފަސް ނުޖެހޭނޭ ކަމަށް މީގެ ކުރިން ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގިޓާ

    ކަލާނގެކަމަށް ދަޢުވާކުރި ފިރުޢައުނު ދައްކާކަހަލަވާހަކަ އޭލިއަން އެއީ ކޮނތާކު އުފެދޭ ކޯންޗެއްތަ؟ހުސްޖޯކު ތިޔައީ ބުދަށް އަޅުކަންކުރާމީހުން ޤަބޫލުކުރާ ކަހަލަކަމެއް

    9
    4