އީރާނުގެ ވައިގެ ސަރަހައްދުން ޑްރޯން، އަދި އެހެންވެސް އުދުވާނީ ހަމަލާއެއްް ދީފިނަމަ ނަތީޖާ ވަރަށް ގޯސް ވާނެެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ.
"އީރާން އޮތީ ކޮންމެ ހާލަތަކަށްވެސް ތައްޔާރު ވެގެން. އަހަރެމެންނަށް ހަމަލާ ދޭ ބަޔަކު ނައްތާލެވެންދެން ހަނގުރާމަ ކުރަން ފަހެއް ނުޖެހޭނަން. އެބަޔަކުގެ ގައުމުގައި ހަނގުރާމަ އިއުލާން ބޭނުންކުރަން ބަޔަކު ބޭނުންވަންޏާ، ކުރިއަށް ގެންދޭ." އެގައުމުގެ އަސްކަރިއްޔާގެ ކޮމާންޑަރު މޭޖާ ޖެނެރަލް ހުސެއިން ސަލާމީ ބުންޏެވެ.
ސަލާމީ މިހާ ވަރުގަދަ ބަހުގެ އިންޒާރެއް ދީފައިވަނީ ޖޫން މަސް ތެރޭ އީރާނުން ހޮރުމޫޒް ކަނޑުއޮޅި ސަރަހައްދުން ވައްޓާލި އެމެރިކާގެ ޖާސޫސީ ޑްރޯންގެ ބައިތައް ދައްކާލުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިންނެވެ. އީރާނުން އެ ޑްރޯން ވައްޓާލީ ގަވާއިދާ ހިލާފަށް އެގައުމުގެ ވައިގެ ސަރަހައްދަށް ވަނުމުންނެވެ. އެމެރިކާ އިން އެކަމަށްވެސް އެއްބަހެއް ނުވެއެވެ. "އަހަރެމެން ވަގުތުން ވަގުތަށް ފިޔަވަޅު އަޅާނަން، ބޭރުގެ އެއްވެސް ޑްރޯނެއް އީރާން ބޯޑަރު ހުރަސްކޮށްފިއްޔާ ވަގުތުން ހަމަލާ ދޭނަން." ސަލާމީ ބުންޏެވެ.
ދާދި ފަހުން ސައުދީ އަރަބިއްޔާގެ ތެޔޮ ކާރުޙާނާ އަށް ދިން ޑްރޯން ހަމަލާ ތަކާ ގުޅިގެން ޒަމާންވީ އަދުއްވުން ކަމަށްވާ އީރާނާއި އެމެރިކާގެ ގުޅުން ވަނީ އިތުރަށް ގޯސްވެގެން ގޮސްފައެވެ. އެ ހަމަލާތަކުގެ ސަބަބުން ސައުދީގެ ތެޔޮ އުފެއްދުމުގެ މަސައްކަތް ވަގުތީ ގޮތުން މަޑުޖެހުނެވެ. ސައުދީ އަރަބިއްޔާ އަދި އެމެރިކާ ވެސް އެ ހަމަލާތަކުގެ ތުހުމަތު ކުރަނީ އީރާނާށެވެ. އީރާނުން އެކަން ދޮގުކުރެއެވެ.
އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މައިކް ޕޮމްޕިއޯ، ވައިޓް ހައުސްގައި ހުރެ ދެއްކި ވާހަކައެއްގެ ތެރެއިން ބުނީ އީރާނަށް ވަރުގަދަ ފިއްތުންތައް ކުރިމަތި ކުރަން އެމެރިކާ ތައްޔާރަށް އޮތް ކަމަށާއި އީރާނާއި ދެކޮޅަށް ކޯލިޝަން އެއް ހެދުމަށްވެސް ތައްޔާރަށް އޮތް ކަމަށެވެ. އީރާނު އަސްކަރިއްޔާގެ އޮފިޝަލުން މިކަމާ ގުޅިގެން ބުނީ އެ ގައުމަށް ހަމަލާ ދޭ ކޮންމެ ބަޔަކަށް އެއަށްވުރެ ބާރުގަދަ ރައްދެއް ލިބޭނެ ކަމަށެވެ.
ތިފާޑަށް ފުއްޕި އިރާޤު ގައި ސައްދާމު ވެސް
އަފްގާނިސްތާނުގެ ތާލިބާނުން ބަލި ނުވި އެމެރިކާ އީރާންއާ ހަނގުރާމަކުރަން ބިރެއް ނުގަނޭބާ؟ އަހަންނަށް ފެެންނަ ގޮތުގައި ތިޔަ ބޭފުޅާއަށް އީރާނުން އެމެރިކާއަށް ކުަރި ހާލު ހިސްޓްރީ ކިޔަވަންޖެހޭ
ސައްދާމު ފުއްޕި! 33 ޤައުމު ގޮވައިގެން ގޮސް އިރާޤައް ޙަލާ ދިން! ކީއްވެބާ އީރާނާ ދެކޮޅަށް ކޯލިޝަނަނެއް ނުހެދިިގެން އެއުޅެނީ! ސައްދާމަކީ ހަތިޔާރު އުފެއްދި މީހެއްނޫން! އީރާނަކީ ހުރިހައި ވައްތަރެއްގެ ހަތިޔާތު އުފައްދައި ތަރައްޤީ ކުރާބައެއް! އެމެރިކާ އީރާނާ ދެކޮޅަށް އެކިފެންވަރުގެ ސްޓަންޓު ޖައްސާތާ 40 އަހަރަށްވުރެވެސް ގިނަދުވަސް ވެގެން މި ދިޔައީ! އެމެރިކާ ހަމަ ކުރެވުނު އެއްކަމެއްވެސް ނެތް! އެ ފިއްތުން ތަކުގެ ތެރޭގައި އީރާނު އެއޮތީ ހުރިހައި ވައްތަރެއް ހަތިޔާރު އުފައްދައި ތަރައްޤީ ކޮށްފައި! އެމެރިކާ ފުއްޕާފަ ސައްދާމާ ދިމާއަށް އަންނަގޮތައް ހުރިހައި މަނަވަރުތަކެއް ހިފައިގެން އީރާނާ ދިމާއަށް އައިސް އެހެންްޤައުމުތަކުގެ ކިބައިން އާދޭސްކުރީމާވެސް އެއްވެސްް
ޤައުމަކުންއަޅައިނުލީމާ އެމެރިކާ ހީކަރުވައިގެންފައި އެއޮތީ ކީއްވެބާ!
އެމެރިކާ އަކީ ހަނގުރާމައިގެ ތަޖުރިބާ އާއި ހުނަރާއި ނުލާހިކު ރަގަޅަށް ލިބިފައިވާ
މަކަރުވެރި ޤައުމެކެވެ.
އެމެރިކާ މިހާރު ބޭނުންވަނީ ހަންގުރާމައިގަ ޙަރަދު ކަވަރު ކޮއްދޭނެ ބައެކެވެ
މިކަން ހަމަޖެހި ޔަހޫދީންގެ ސަރުކާރެއް އެކުލަވާލާ ހަމަޔަކަށް އެޅުނީމާ ކަލޭމެން އެމެރިކާއަށް ނުރުހުނަސް ހަންގުރާމަ ފަށާނެކަމަށް މިބަލަނީ.
ދެން ކީއްވެ އަފްޣާނިސްތާނުގައި ތިބި ތާލިބާނުންގެ ހަނގުރާމަވެރީން 20 އަހަރު ވެގެންދާއިރުވެސް އެމެރިކާ އަށާއި އަދި ގުޅިފައިވާ ނޭޓޯގެ ފައުޖުތަކަށް އެތާލިބާން ހަނގުރާމަވެރިން ބަލިނުކުރެވިގެން އެއުޅެނީ؟
އީރާނުން ވަނީ އެމެރިކާ،އިރާގާއި ސީރިޔާ ޔަމަނު އަދި ލުބްނާނު ސައިޒަށް ކަނޑާފަ
އީރާނަކީ ރަސޫލާ ގަބޫލްކުރާބަޔަކުއުޅޭހައުމެއްނޫން އަދި އަބޫބަކުރުގެފާން، އުމަރުގެފާުނު އަދި އައިޝާގެފާންއަށް ވަރައްހުތުރުކޮއް އެއްޗެހިކިޔާ އިބިލީސްތަކެއް އަދި އެމީހުންނާއި އެމެރިކާއަށް ވެސްދެރަގޮތްމެދުވެރިކުރައްވާށި.އާމީން
އަހުމަދު..
އިރާޤަކީ އެމެރިކާއިން ހަތިޔާރުގަނެ ގުދަންކޮށްގެން އެމެރިކާބޭނުންވާގޮތަށް ފުއްޕިޤައުމެއް.. އެކަމަކު އިރާނަކީ ރަޝިޔާ ޗައިނާ ގެބައިވެރިއެއް ޚާއްސަކޮށް ރަޝިޔާގެ، އަދި އަމިއްލައަށް ހަތިޔާރުއުފައްދާގައުމެއް.. ދުނިޔޭގެގިނަބަޔަކު އެކުވެއްޖެނަމަ އެމެރިކާވެސް ހިސާހިތަކު ސައިޒަށްކަނޑާލެވިދާނެ....
އަދި އެމެރިކާ އިސާހިތަކު އިނދަޖެހޭނެ ޢަރަބި ޤައުމުތަކުން އެމީހުންގެ އަމިއްލަ ކަރެންސީއެއް އުފައްދާ ޔޫ.އެސް ޑޮލަރަަށް ތެޔޮ ވިއްކުން ހުއްޓާލަންފެށި ދުވަހަކުން. އޭރުން ހަރުބީ ކާފަރުންނަށް ތިބޭނީ ރަގަޅަށް ކެވޭއެއްޗެއް ކެވިފަ.
ޢީރާން އަށް ސާބަހޭ
ސާބަސް އީރާނަށް.
ހަމަ ތިގޮތަށްތަ އީރާނުން ބުނީ!!
މި ޝިޔައީ މުރުތައްދުން ޖެހޭނީ ނައްތާލަން.
Iran Might Need a Nuclear Weapon to Sink an Aircraft Carrier
އީރާނުން ވަނީ އެމެރިކާ،އިރާގާއި ސީރިޔާ ޔަމަނު އަދި ލުބްނާނު ސައިޒަށް ކަނޑާފަ
ތިބުނާ ވަރުގަދަ އެމެެރިކާ އަފްޣާނިސްތާނުގަ އި ތަރަތަރަޖަހާ ރޮނީ.... އަދި އެވެސް އެކަންޔެ އްނޫން.... އެ އޮތް ބޮޑު ނޭޓޯ ކޯލިޝަން ގޮވަ އިގެން...މި އީ ތާލިބާނުންގެ ބާރު.... އަދި އީރާނަކީ މި އަށްވުރެ ދިހަގުނަ ބާރުގަދަ ނާމާން ބަ އެ އް...
ހިޒްބުﷲ ވަނީ އެމެރިކާ ސިފައިން އިރާގުގައި ގަބުރުސްތާނަކަށް ހަދައިފައެވެ.އީރާނާއި އެމެރިކާގެ ހަނގުރާމަ ވާނީ އެމެރިކާގެ ނިމުން.
ހިޒްބުﷲ ވަނީ އެމެރިކާ ސިފައިން އިރާގުގައި ގަބުރުސްތާނަކަށް ހަދައިފައެވެ.އީރާނާއި އެމެރިކާގެ ހަނގުރާމަ ވާނީ އެމެރިކާގެ ނިމުން