މުސްލިމުންގެ ފުރަތަމަ ގިބުލަ ކަމަށްވާ އަލް އަގްސާ މިސްކިތް ކައިރީގައި އިސްރާއީލް ސިފައިންނާއި އާންމުންނާ ދެމެދު ހަމަނުޖެހުން ހިންގަން ފަށައިފިއެވެ.

ފަލަސްތީނުގައި ހަރަކާތްތެރިވާ ވަގުތުގެ ނޫސްވެރިޔާ މައުލޫމާތު ދިން ގޮތުގައި އެ ހަމަނުޖެހުންތަކުގައި އިސްރާއިލް ސިފައިން ވަނީ 13 އަހަރުގެ ކުޑަކުއްޖެއްގެ ގަޔަށް ބަޑިޖަހާފައެވެ. އަދި އެ މިސްކިތް މިވަގުތު ވަނީ ބަންދުކޮށްފައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ޚަބަރުތައް ބުނާ ގޮތުގައި ހަމަނުޖެހުން ފެށިފައިވަނީ 13 އަހަރުގެ އެކުއްޖާ ސިފައިންގެ މީހާއަށް ވަޅިން ހަމަލާދިނުމުންނެވެ. އެހަމަލާގެ ބަދަލުގައި އިސްރާއިލް ސިފައިން ދިން ހަމަލާގައި އެކުއްޖާ ގަޔަށް ވަޒަން އެރި ނަމަވެސް އަދި އެކުއްޖާ މަރުވިކަން އަދި ޔަގީނެއް ނުވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެކުއްޖާ ހަމަލާދީފައިވަނީ އިސްރާއިން ސިފައިންގެ އަންހެނަކަށެވެ. އަދި ހަމަލާދީފައިވަނީ ވަޅިން ކަމަށާއި އެހަމަލާގައި އެ މީހާއަށް ބޮޑު ޒަޚަމެއް ލިބިފައިނުވާކަމަށްވެއެވެ. އެގޮތުން އެ ހަމަލާ އަމާޒުވީ ސިފައިންގެ މީހާގެ އަތަށް ކަމަށާއި އެ ހަމަލާގައި ސީރިއަސް ޒަޚަމްތަކެއް ލިބިފައިނުވާކަމަށް ރިޕޯޓުތައް ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މި މުޤައްދިސް ބިނާ ކައިރީ ޔަހޫދީ ބައިގަނޑު ޖަރީމާ ހިންގާއިރު އެއްވެސް އެއްޗެއް ހިތަކަށް ނާރާ، މިމީހުންގެ ނިމުން މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ.

    24