ސައުދީ އަރަބިއާގެ ނޫސްވެރިޔާ ޖަމާލް ހަޝޯގީގެ މަރުގެ ޒިންމާ ނަގަން ޖެހޭނީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ސަލްމާން މިހެން ވިދާޅުވެފައިވަނީ ގައުމުގެ ކަންތައްތައް އޭނާ ބަލަހައްޓަވަމުން ދާ ދަޑިވަޅެއްގައި ހަޝޯގީ މަރާލި މައްސަލަ ފެންމަތިވުމާއި ގުޅިގެންނެވެ.

ވަލީއަހުދު ކުރިން މި މައްސަލާގައި އެއްވެސް ވާހަކައެއް ދައްކާފައި ނުވާއިރު 2018 ވަނަ އަހަރު މަރާލި ހަޝޯގެ މަރުގެ ޒިންމާ ނަންގަވަން ޖެހޭނީ ހުދު އޭނާ ކަމުގައި ބުނެފައި ވަނީ އެމެރިކާގެ ފްރޮންޓްލައިން ކިޔާ ޕްރޮގްރާމަކުން ކުރިއަށް އޮތް ހަފްތާގައި ދެއްކުމަށް ހަމަޖެހިފައިވާ ޑޮކިއުމެންޓްރީއަކަށް ދިން އިންޓްވިއުއެއްގައެވެ.

ހަޝޯގީ މަރާލި މީހުން ސަރުކާރުގެ ޕްރައިވެޓް ޖެޓުތައް އެކަމުގައި ބޭނުންކުރިތޯ ވަލީއަހުދުއާއި ސުވާލު ކުރުމުން ވަލީއަހުދު ވިދާޅުވެފައިވަނީ ޕްރައިވެޓް ޖެޓުތައް ބޭނުން ކުރުމުގެ ބާރު އޭނާގެ އޮފިޝަލުންނާއި މިނިސްޓަރުންނަށް ލިބިގެންވާ ކަމަށެވެ.

އެންމެ ފުރަތަމަ، ސައުދީ ކޮންސިއުލޭޓު ތެރޭގައި ޚަޝޯގީ މަރާލި ކަމަށް ހަބަރު ފެތުރުމުން ސައުދީން އެކަން ދޮގުކުރި ނަމަވެސް ފަހުން އެގައުމުން ވަނީ ހަޝޯގީ މަރާލީ ވެރިންގެ އަމުރަކާ ނުލައި، އަމިއްލައަށް މަސައްކަތް ކުރި ބަޔަކު ކަމަށްވެސް ބުނެފައެވެ.

މި ކަމާ ގުޅޭ ގޮތުން، އެމެރިކާގެ ސީއައިއޭ އިން ނިންމާފައި ވަނީ ހަޝޯގީ މަރާލުމުގެ އޯޑަރު ދިން ކަމަށް ބެލެވެނީ ވަލީއަހުދު ކަމަށެވެ. ވަލީއަހުދުގެ ނަން ނުސީދާ ގޮތަށް ގެނެވިފައިވީި ނަމަވެސް، މި ކަމުގައި ސައުދީ ސަރުކާރުގެ ބޭފުޅުން ބައިވެރިވެ މަގާމުގެ ނުފޫޒް ބޭނުންކޮށްފައިވާކަމަށް ތުރުކީއިން ވަނީ ތުހުމަތު ކޮށްފައިވެއެވެ.