މިނިވަންކަމުގެ ނަމުގައި ވެސް އަދި އެހެން ނަމެއްގައި ނަމަވެސް އިސްލާމްދީނާއި ކީރިތި ރަސޫލާ މުޙައްމަދު ސައްލަﷲ ޢަލައިހި ވަސައްލަމައަށް ހަޖޫނުޖެހުމަށް ޕާކިސްތާންގެ ބޮޑުވަޒީރު ޢިމްރާން ޚާން ގޮވާލައްވައިފިއެވެ.

އިމްރާން މިކަމަށް ގޮވާލެއްވީ އދ.ގެ އާއްމު މަޖިލީހުގައި މިއަދު ތަޤުރީރު ކުރައްވައެވެ.

އިމްރާން ވިދާޅުވީ ކީރިތި ރަސޫލާ މުޙައްމަދު ސައްލަﷲ ޢަލައިހި ވަސައްލަމައަކީ މުސްލިމުގެ ހިތުގައި ބިންވަޅު ނެގިފައިވާ ނަންފުޅެއް ކަމަށާއި އެކަލޭގެފާނަށް ހަޖޫޖެހުމަކުން ނިކުންނާނެ ރަނގަޅު އެއްވެސް ނަތީޖާއެއް ނޯންނާނެ ކަމަށެވެ.

"ކީރިތި ރަސޫލާ މުޙައްމަދު ސައްލަﷲ ޢަލައިހި ވަސައްލަމްގެ ނަންފުޅު ވަނީ އަޅުގަނޑުމެން ހުރިހާ މުސްލިމުންގެ ހިތުގައި. އެކަލޭގެފާނަށް ރައްދުކޮށް ބަދުބަސް ބުނުމުން އަޅުގަނޑުމެން މުސްލިމުގެ ހިތުގައި އަޅާ ވޭން ޖިސްމާނީ ގޮތުން ލިބޭ އަނިޔާއަކަށް ވުރެ މާބޮޑު." އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ 1.3 ބިލިއަން މުސްލިމުން މިއަދު ދުނިޔޭގައި ތިބި އިރު އިސްލާމްދީނާއި މެދު ނަފްރަތު އުފައްދާ، އިސްލާމްދީނަކީ ބޮޑު ބިރެއްގެ ގޮތުގައި މީހުންނަށް ވިސްނައިދިނުމަށް ބަޔަކު ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. ނަމަވެސް ހަޤީޤަތް އޮތީ އެގޮތައް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

"ބައެއް ގައުމުތަކުގައި މުސްލިމް އަންހެނުން ބުރުގާ އަޅަން ދަތިތައް އެބަކުރިމަތި ކުރުވާ. ބުރުގާ އަކީ ހަތިޔާރެއްގެ ގޮތުގައި ބައެއް ގައުމުތަކުން އެބަ ސިފަކުރޭ. އެއީ އިސްލާމްދީނާއި މެދު ބިރުވެރިކަން އުފައްދަން ބަޔަކު ކުރި މަސައްކަތެއްގެ ނަތީޖާ." އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ އިސްލާމްދީނަކީ ހައްދުފަހަނައެޅުމާއި، ހަރުކަށިކަމާއި، ނިރުބުވެރިކަމަށް ތާއިދުކުރާ ދީނެއް ނޫންކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.

"އެއްވެސް ދީނަކީ ހައްދުފަހައަނައެޅުމާއި، އަނިޔާވެރިކަމަށް ގޮވާލާ ދީނެއް ނޫން. އިސްލާމްދީން ވެސް ގޮވާލަނީ ސުލްހައަށް. ހަމަޖެހުމަށް. އިންސާފުވެރިކަމަށް." އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ 9/11 ހަމަލާގެ ކުރިން އަމިއްލައަށް މަރުވެގެން އެންމެ ގިނަ ހަމަލާތައް ދީފައި ހުރީ "ޓަމިލް ޓައިގާސް" ކަމަށާއި ނަމަވެސް އެއްވެސް ބަޔަކު ހިންދޫއިން ކުށްވެރި ނުކުރާ ކަމަށެވެ.

އެހެންކަމުން ބަޔަކު ދޭ ހަމަލާއެއްގެ ސަބަބުން އިސްލާމްދީން ކުށްވެރިކޮށް، ހުރިހާ މުސްލިމުންނަށް އެކަމުގެ "އަދަބު" ލިބެން ނުޖެހޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. މަކިނބޫ

  ވެރީ ނައިސް ?

  107
  1
 2. ހުސޭނުބޭ

  ރަގަޅު ވެރިންނަނީ މިއީ! ތިމާ އުޅޭ ކޮންމެ ތަނެއްގައިވެސް އިސްލާމްދީނުގެ ދިފާޢުގައި ވާހަކަދައްކާނެ! ދެން އިބޫ ޞާލިޙް އަރާފައި ބުނޭ ޕާކިސްތާނުގައި ކޮންމެހެން އިސްލާމްދީން އޮންނަނީ އިމްރާންޚާން ހުންނާތީއެއް ނޫނޭ! މިވަރު ނުބައި މީހެއް އަހަރެމެންގެ ރައީސަކީ!

  109
  5
 3. ކިޔާ

  އިމްރާން ޚާންއަށް ސާބަސްދެން..އަސްލު ތިއީ ތިވާހަކަތައް ބުނެލަން އެންމެ މުނާސަބު ތަން އަދި ވަގުތު..ދިވެހި ރާއްޖެ ތަމްސީލުކުރަން ގޮސްތިބި ބޭފުޅުންނަށް ނޭނގުނު ތިފަދަ ބަހެއް ފާޅުކޮށްލާކަށް..... މިވަރަށް މުސްލިމުން ނިކަމެތިކޮށް ބަދުބަސް ބުނާއިރުވެސް ހުންނަނީ ހަނު..ނޫނީ ކިޔާނީ އެމީހުން ކިޔާ ލަވަ ހަމައެގޮތަށް އަކުރުން އަކުރަށް....ވ. ފޫހިވޭ..

  126
  1
 4. ކުންބޭ

  އިބޫއަކަށް ނުކެރުން މިގޮތަށް ވާހަކަ ދައްކާކަށް މޯދީ ދެކެ ބިރުން

  122
  3
 5. އިންސާފު

  ވަރަށް ރަނގަޅުކަމެއް. އިމްރާނު އެ ވިދާޅުވީ!

  131
  1
 6. އަހމދުރސދ

  ހެޔޮ ތައުފީޤު ދެއްވާށި، ހަފްތާއެއް ވަރު ކުރިން މަދީނާއަށް ގޮސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ މިސްކިތަށް ޒިޔާރަތް ވެސް ކުރި، އަދި ޤަބުރުފުޅަށްވެސް

  48
 7. ރަޝީދު

  އިސްލާ މީ އުއް މަތް އެދިގޮވަނީ މިފަދަވެރިންނަށެވެ.

  59
  1
 8. ދޮގުބެ

  އދ ގައި ގިނަ މީހުން ތަގްރީރް ކުރަނީ ބަޔަކަު ތަރުހީބުދީ އަތްޖަހާލާ ކަހަލަ ތަންކޮޅެއްވެސް ވާހަކައިގައި ހިމަނައިގެން. އެއީ އތަނަށް އަޑުއަހަންވަދެތިބޭ އެންޖީއޯއިންގެ ފަރާތުން ތަރުހީބުގެ އަތްތިލަބަޑިއެއް ހޯދަން.
  އަހަރުމެންގެ ރައީސްވެސް އެއްމެ ބޮޑަށް ވާހަކަދެއްކީ އެގޮތަށް ބަލާފައި.

  36
 9. މީހުން

  ކޮބާ މިތިބީވެރިންނަކީ މާތްﷲ ޢިމްރާން(ބޮޑުވަޒީރު)ގެ މަސައްކަތުގައި ބަރަކާތްލައްވައި ކާމިޔާބުދެއްވާށި

  38
 10. އައްޑޫސިޓީ

  ކޮބާއަހަރުމެންގެ ސެލްފީރައީސް ނުކެރުނުދޯ ސަލަމާން ކުރިވަރުވެސް ކޮށްލަން.

  25
 11. ޝަބީރީ

  މި ފަދަވެރިން އިސްލާމީ ޤައުމުތަކުގައި ގިނަ ކުރައްވާށި!! އާމިން،

  27