ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޙާން ދަތުރުކުރައްވަމުން ގެންދިޔަ ފްލައިޓަށް ޓެކްނިކަލް މައްސަލަ އެއް ކުރިމަތިވުމުން އެމަޖެންސީކޮށް ނިއުޔޯކުގެ ކެނެޑީ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސައިފިއެވެ.

އެމެރިކާ އަށް ޢިމްރާން ޙާން ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހުގައި އެ ގައުމުގެ ވަފުދާއި އެކު އެނބުރި ޕާކިސްތާނަށް ދަތުރު ކުރަމުން ގެންދިޔަ ފްލައިޓު ނައްޓާލާފައި ވަނީވެސް ނިއިޔޯކުންނެވެ. ނަމަވެސް ވަކި ހިސާބަކަށް ދެވުނު އިރު ފްލައިޓުގައި ޓެކްނިކަލް މައްސަލަ އެއް އުޅޭކަން ޕައިލެޓުންނަށް ފާހަގަވުމުން ވަނީ އަނެއްކާ ނިއުޔޯކުގައި އެނބުރި އައިސް ޖައްސާފައެވެ.

ފްލައިޓަށް ދިމާވީ ސީދާ ކޮން މައްސަލަ އެއްކަން ހާމަވެފައި ނުވި ނަމަވެސް، މީޑިއާ ރިޕޯޓުތައް ބުނާގޮތުން މާ ބޮޑު މައްސަލަ އެއް ކުރިމައްޗެއް ނުވެއެވެ. އަދި އިންޖިނިއަރުންގެ ޓީމުން މިހާރު ދަނީ އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

މިއާއިއެކު، ޢިމްރާން ޙާން އާއި އޭނާގެ ވަފުދު މީގެ ކުރިންވެސް އެ ސިޓީގައި މަޑުކޮށްގެން ތިބި ހޮޓެލުގައި ތިބިއިރު، މައްސަލަ ހައްލުވީހައިވެސް އަވަހަކަށް ޕާކިސްތާނަށް ދާން ފުރާނެއެވެ. އިމްރާން ހާން ދަތުރުކުރައްވަން ހަމަޖެހިފައިވާ އެ ފްލައިޓަކީ ސައުދީ އަރަބިއްޔާ އިން ކުއްޔަށް ނަގާފައިވާ ފްލައިޓެއްކަން ފާހަގަކޮށްލެވެއެވެ.

ހަފްތާ އެއްގެ މުއްދަތަށް ޢިމްރާން ޙާން އެމެރިކާ އަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ އިސް ވެރިންނާއި ބައްދަލު ކުރެއްވުމުގެ އިތުރުން، އދ.ގެ އާއްމު މަޖިލީހުގައިވެސް ވަނީ ބައިވެރިވެ، ވާހަކަފުޅު ދައްކަވާފައެވެ. ޢިމްރާންގެ ވާހަކައިގައި އަވަށްޓެރި އިންޑިއާ އިން ކަޝްމީރުގައި ހިންގަމުން އަންނަ ޖަރީމާތަކަށް ފާޑުކިޔުއްވުމުގެ އިތުރުން، އިސްލާމް ދީނުގެ ދިފާއުގައިވެސް ވަނީ ތެދުވެވެޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އިމްރާނާ

    އޯހް ނޯ.

    12
    1
  2. އުނބު

    ބޯޓަށް އަވަސްޝިފާއަކަށް އެދެން.

    11
    2
  3. ލޯންސްޓަރ

    ކުއްޔަށް ނެގުމާއެކު ބޯޓް މިލްކު ކޮށްލާފަދޯ އެއޮތީ.

    1
    12
  4. ޓުރަންޕު

    މޯދީ ކަމަކަށް ވާނީ!

    15