ފޭރިގަނެފައިވާ ފަލަސްތީނުގެ ބިން އަނބުރާ މުސްލިމުންނަށް ހޯދައިދޭނެ ކަމަށާއި، އިސްރާއިލް އަށް އަރައިގަންނާނެ ކަމުގެ އިންޒާރު، ލުބުނާނުގެ ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާޢަތުން އިސްރާއީލަށް ދީފިއެވެ.
ހޮނިހިރު ދުވަހު ޓީވީ ޗެނަލެއްގައި ވާހަކަ ދައްކަވަމުން ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲ ވިދާޅުވެފައި ވަނީ، އެ ޖަމާޢަތުން އިސްރާއީލުން ހީވެސްނުކުރާ މިންވަރަށް އިންޓެލިޖެން މަޢުލޫމާތު އެއްކޮށްފައިވާ ކަމަށާއި، އެ މަޢުލޫމާތުގެ ބޭނުން ހިފައިގެން އިސްރާއީލަށް އަރައި ފަލަސްތީނުގެ ފޭރިގަނެފައިވާ ބިން އަނބުރާ އަތުލާނެ ކަމަށެވެ.
"އިސްރާއިލް އިން ފޭރިގަނެފައިވާ ފަލަސްތީނުގެ ބިމަށް އަހަރެމެން އަރާނަން. އެއަށްފަހު އެ ބިން، ބިމުގެ ހައްޤުވެރިންނަށް އަނބުރާ ހޯދައި ދޭނަން. އެކަން ކާމިޔާބު ކުރާނަން. އަހަރެމެންނަށް އިސްރާއިލް އިން ހީވެސް ނުކުރާ މިންވަރަށް އެޤައުމުގެ ސިއްރުތައް އެނގިފައިވޭ. މި މައުލޫމާތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފާތަން ޔަހޫދީންނަށް ވަރަށް އަވަހަށް ފެނިގެންދާނެ،" ނަސްރުﷲ ވިދާޅުވިއެވެ.
ނަސްރުﷲ ވިދާޅުވީ، މީގެ ކުރިން އެ ޖަމާޢަތުން އަބަދުވެސް "ކުޅެމުން އައީ ޑިފެންސަށް" ކަމަށާއި އެހެންކަމުން މިވަގުތު "ޑިފެންސަށް ކުޅޭ" އިސްރާއިލްގެ ހަރަކާތްތަކާއި ރޭވުންތައް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. އަދި މިހާރު އެ ޖަމާޢަތުން ތައްޔާރުވެފައި ވަނީ "އެޓޭކަށް" ކުޅެ އިސްރާއިލްގެ ޑިފެންސް ފޫއަޅުވާލަން ކަމަށާއި އެކަން ކާމިޔާބުކުރާނެ ކަމަށްވެސް ނަސްރުﷲ ވިދާޅުވިއެވެ.
ހިޒްބުﷲ އަކީ އިސްރާއިލް އިން އެންމެ ނުރައްކާތެރި ދުޝްމަނުންގެ ގޮތުގައި ދެކޭ ޖަމާޢަތެވެ. އެ ޖަމާއަތަކީ މެދުއިރުމަތީގެ އެންމެ ބޮޑު ރޮކެޓް އަދި މިސައިލްގެ ރިޒާވް ވެސް އޮންނަ ޖަމާޢަތްކަމުން ހީވެސް ނުކުރާހައި ބޮޑު ގެއްލުމެއް އިސްރާއިލް އަށް ދިނުމުގެ އިޚްތިޔާރު އެ ޖަމާޢަތުގެ ވެރިންގެ އަތުގައި އޮތްކަން އިސްރާއިލް އަށް އެނގެއެވެ.
އިސްރާއިލްއަށް ހިޒްބުﷲގެ ނުރައްކާތެރި އިންޒާރަކާއި ކުރިމަތިލާން ޖެހިފައި މިވަނީ، އެޤައުމަށް އީރާނުގެ އީރާނިއަން ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ޑެޕިއުޓީ ކޮމާންޑަރު، އައްބާސް ނިލްފުރުޝާންގެ ވަރުގަދަ އިންޒާރެއްވެސް އައިސްފައި ވަނިކޮށެވެ. އައްބާސް ނިލްފުރުޝާން ވަނީ އެ އިންޒާރުގައި، އިސްރާއިލްގެ ހަތަރުބިތުން އަރައި ޤައުމު ސުންނާފަތިކޮށް ނެތިކޮށްލާނެ ކަމުގެ އިންޒާރު ޔަހޫދީންނަށް ދީފައެވެ.
ބާރުގަދަ ޖަމާޢަތްތަކާއި ޤައުމުތަކުގެ މި އިންޒާރުތައް ބޯމަތިވެ ޖެހިލުންވެފައިވާ އިސްރާއިލް އިން މިކަމާއި ގުޅިގެން ބުނެފައިވަނީ، އެޤައުމުން އީރާނާއި ދެކޮޅުވެރިވުމުގެ ނިޔަތެއް ނެތްކަމަށެވެ. އިސްރާއިލް އިން ދަނީ އެޤައުމަށް މިހާރު ކުރިމަތިވެފައިވާ ނުރައްކަލުގެ ސަބަބުން، އިސްރާއިލް ޑިފެންސް ފޯސްގެ އިސް ފަރާތްތަކަށް އިތުރު ތަމްރީނުތަކެއްވެސް ދޭން ފަށާފައެވެ.
އެގޮތުން އިސްރާއިލް އަސްކަރިއްޔާގެ އިސް އޮފިޝަލުންގެ ޚާއްސަ ތަމްރީނުތަކެއް ހަފްތާއެއްގެ މުއްދަތަށް ކުރިށްގެންގޮސްފައިވާ ކަން ދާދިފަހުން އިސްރާއިލް މީޑިއާތަކުން ވެސް ހާމަކޮށްފައި ވެއެވެ. އެ ތަމްރީނުތަކުގައި، ހިޒްބުﷲ އާއި ދެކޮޅަށް ހަނގުރާމައެއް ކުރަން ޖެހިއްޖެ ނަމަ ހަރަކާތްތެރިވާންވީ ގޮތާއި އޮޕަރޭޝަންތައް ކުރިޔަށް ގެންގޮސް ހަނގުރާމަ ކުރަންވީ ގޮތާއި ގުޅޭ ތަމްރީނުތަކެއް އެފަރާތްތަކަށް ދީފައިވާ ކަމަށް އިސްރާއިލްގެ ނޫސްތަކުގައި ބުނެފައި ވެއެވެ.
ހިޒްބުﷲ އާއި ދެކޮޅަށް އިސްރާއިލް އިން މީގެ 18 ވަރަކަށް އަހަރު ކުރިން ހަނގުރާމައެއް ކޮށްފައި ވެއެވެ. އެ ހަނގުރާމައިގައި އިސްރާއިލް އަށް ވަނީ ބޮޑެތި ނާކާމިޔާބުތަކާއި ކުރިމަތިވެފައެވެ. އިސްރާއިލް އިން ބުނެފައިވަނީ އެ ހަނގުރާމައިގައި ނާކާމިޔާބުވީ "ކޮމިއުނިކޭޝަން" މައްސަލަތަކާއި އެފަދަ ހަނގުރާމައަކަށް ތައްޔާރުވެފައި ނެތުމުންނެވެ.
އީރާނުން ވާގިވެރިވާ ހިޒްބުﷲ ޖަމާޢަތަކީ މެދުއިރުމަތީގެ އެންމެ ބާރުގަދަ އެއް ޖަމާޢަތެވެ. އެ ޖަމާޢަތުގައި އެތައް ހާސް ހަނގުރާމަވެރިންނެއް ހަރަކާތްތެރިވާއިރު، މި ހަނގުރާމަވެރިންނަކީ ހަނގުރާމައިގެ ތަމްރީނުތައް ލިބިފައިވާ ތަޖުރިބާކާރު ބައެއް ކަމަށް އިސްރާއިލްގެ އަސްކަރިއްޔާއިން ވެސް ކުރިން ބުނެފައި ވެއެވެ. އިސްރާއިލް އަސްކަރިއްޔާ އިން ހިޒްބުﷲ އާއި ކުރިމަތިލާން ތައްޔާރުވާއިރު، އެކަމަށް ޚާއްސަ ތަމްރީނުތަކެއް ހޯދަން ޖެހެނީ މި ސަބަބަށްޓަކައި ކަމަށް އެފަރާތްތަކުން ބުނެއެވެ.
ހިޒްބުﷲ އިން ފަލަސްތީނުގެ ފޭރިގަނެފައިވާ ޤުދުސް އިން އިސްރާއިލްގެ ޔަހޫދީންގެ ބާރު ކަނޑުވާލައި އެ ބިން މުސްލިމުންނަށް އަނބުރާ ހޯދައިދޭނެ ކަމުގެ ޔަޤީންކަން ދީފައިވާއިރު، އިސްރާއިލް އިން ވަނީ އެ ބިމުގައި ވަޒަންވެރިވެ ދިރިއުޅެން ފަށާފައެވެ. އެގޮތުން ޔަހޫދީން އެ ބިމުގައި ގެދޮރުވެރިކުރުވައި ވަޒަންވެރި ކުރުމަށް ގިނަ އަދަދެއްގެ ފްލެޓްތައް ޤުދުސްގެ އެކި ހިސާބުތަކުގައި އަޅަމުންދާއިރު، އެމެރިކާގެ އެމްބަސީއެއްވެސް އެ ބިމުގައި ވަނީ ޤާއިމްކޮށްފައެވެ. އިސްރާއިލްގެ ޖަރީމާތަކަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާގެ މި އެމްބަސީ ހުޅުވި ދުވަހު، އިސްރާއިލްގެ ވެރިކަން ކުރާ ރަށަކީވެސް ޤުދުސް ކަމަށް ވަނީ ކަނޑައަޅާފައެވެ.
އިސްރާއިލްގެ މި ނިންމުމަށްފަހު ޤުދުސްގައި އުޅެމުންދިޔަ މުސްލިމުން ވަނީ އެބައި މީހުންގެ ގެދޮރުން ނެރެ ފައްސާލާފައެވެ. އެއަށްފަހު އެ ބިމުގައިވާ މުސްލިމުންގެ މުޤައްދަސް މިސްކިތް އަދި މުސްލިމުންގެ ފުރަތަމަ ޤިބުލަ ކަމަށްވާ މަސްޖިދުލް އަޤްސާ ވެސް ހިސާރުކޮށް، އެތަން ކޮންޓްރޯލް ކުރަމުން ދަނީ އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ސިފައިންނެވެ. އެ މިސްކިތަށް ނަމާދަށްދާ މުސްލިމުންނަށް އިސްރާއިލް ސިފައިންގެ އަނިޔާވެރިކަމާއި ކޮންމެ ދުވަހެއްގައިހެން ކުރިމަތިވަމުން ދާއިރު، އެތައް ލޭއޮހޮރުވުންތަކެއް މިސްކިތުގެ ތެރޭގައި އިސްރާއިލް ސިފައިން ވަނީ ހިންގާފައެވެ. މީގެ އިތުރުން ޔަހޫދީ ގްރޫޕުތަށް މިސްކިތަށް ވައްދައި މިސްކިތުގެ ހުރުމަތް ކަނޑާލުމުގެ އެކި ހަރަކާތްތައްވެސް އިސްރާއިލް އިން އަންނަނީ ކުރަމުންނެވެ.
އިޒްރޭލަކީ ވަރަށް މަކަރުވެރި ދުޝްމަނު ބައެއް. އެމެރިކާ އާއި އިނގިރޭސިވިލާތްވެސް އޮތީ އެމީހުންގެ ކޮންޓްރޯލުގެ ދަށުގައި. ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެމީހުންނަށް އެންމެ ނުފޫޒު ނުފޯރުވެނީ މިހާރު ރަޝިއާއަށް.
ތިހެން އިންޒާރު ދޭ އަޑު އިވޭނެ ދުވަސްކޮޅުކޮޅުން. ވާކަމެއް ހަރާން.
ބިރު ނުދައްކަ ބަލަ. ފުރަތަ ކަލޭމެން ކުޑަކޮށް ތަހުޒީބުވެފައި އޭގެ ފަހުން އަނގަހުޅުވަ ބަލަ. ތިހެން ހެދީމަ ހުތުރީ ކަލޭމެންނަށް ނޫންތަ؟
ތަރައްގީ ވުމަކީ އަމިއްލަ ދީނާ ސަގާފަތް ދޫކުރުންތަ؟
އަލްހަމްދުﷲ .... ފަލަސްތީން މީހުންނަށް މިފަހަރު ނަސްރު ދެއްވާ އެމީހުނަށް އެމީހުނގެ ބިން ލިބޭނެ ގޮތް މެދުވެރި ކޮޮއްދެއްވާށި. ހިތި ގޮތަކަށް އިސްރާއީލް ނެތިކުރައްވާށި...
އިރާނުގެ ނިޔަތް ރަނގަޅު ކަމުގައިވާނަމަ އަދި އެމީހުން ހައްގު ގޮތުތުގައިވާނަމަ އިބަ ﷲ އެމީހުންނަށް ނަސްރު ދެއްވާންދެޭވެ އިޒްރޭލް ނެތިކޮށްލަންވާން ދޭވެއެވެ
އަޅުގަނޑުގެ ދުޢާއަކީ، އަބަދުވެސް މުސްލިމުންނަށް ނަސްރާއި ކާމިޔާބު މިންވަރުކުރެއްވުން. އިސްލާމްދީނުގެ އަދުއްވުން ބަލިކުރައްވާ ނިކަމެތި ކުރެއްވުން. އާމީން.
މޮސާޑަކީ ދުނިޔޭގެ އެންމެ ވަރުގަދަ އިންޓެލިޖެންސް އޭޖެންސީ. އެމީހުން އަތުގަވެސް ލައްކަ މައުލޫމާތު ހުންނާނެ. އެކަމަކު ހިސާބަށްވުރެ އަނިޔާވެރިކަން ބޮޑުވީމަ ހަލާކާ ކުރިމަތިލާން ޖެހުމަކީ ދުނިޔޭގެ ތާރީޚު ހެކިދޭ ކަމެއް. ކޯފާއަކީ އެކިމީހުންނަށް އެކިގޮތަށް ކުރިމަތިވާ އެއްޗެއް.
ހިޒްބުﷲ ހިއްވަރާެކު ކުރާމަސައްކަތުން ފަލަސްތީނަށްް ކާމިޔާބު ދެއްވާ، އަނިޔާވެރި ޔަހޫދީން ބަލިކުރައްވާ ނިކަމެތި ކުރައްްްްްްްްްްވާންދޭވެ.
ތަކުރުބެ ނިކަން ބުނެބަލަ، ރާއްޖެ އަށް މިއުޅެނީ ތިބުނާޒާތު ރީނދޫ ކޯފާއެއް އައިސްގެންތަ؟
ރަންކޮޅާ ކޯފާއެކޭ ބުނާކަށް ތަކުރުބެއަކަށް ނޭގެ. އެކަމަކު ބަލިމަޑުކަމެއްގެ ދަޅަމަތި އެބަފެންނަ ކަމަށް ދަންނަ މީހުން ކިޔާތީ އަޑުއިވޭ.
ސާބަހޭ ހިޒުބުﷲ
ހިޒްބުﷲ ގެ ނިންމުން ކާމިޔާބު ކުރައްވާށި
އީރާނު ކަލޭމެންނަކަށް މުސްލިމުންނަކަށް ނުވޭ. އެކަމަކު އިސްރޭލަށް ހަމަލައެއް ދޭން ބުނާއިރަށް އެވަރުގެ މުސްލިމު ބައެއް ނުއުޅޭ. ކަލޭމެންގެ ސިކުނޑި އޮންނަނީ ކޮން ވަޅުގަނޑެއްގައިތަ؟
ދަރިންނޭ! ވާހަކަ ގިނަކުރަން ނަހަދާ! އިރާނާ ބައިވެރިގެން އަސްދާަީލް ކޮށާ ތިރި ކުރެ.