ޗިލީއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

މި ބިން ހެލުން އައިސްފައިވަނީ ޗިލީގެ ކޮސްޓިޓިއުސިއޯން ގެ 68 ކިލޯމީޓަރު ހުޅަނގުން ކަނޑުގެ އަޑިއަށެވެ. އެ ބިން ހެލުމުގެ އަސަރު ޗިލީގެ އިތުރުން އާޖެންޓީނާއަށްވެސް ކުރާނެ ކަމަށް ޚަބަރުތައް ބުނެއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާރވޭ ސެންޓަރުން ބުނެފައިވާ ގޮތުގައި އެ ބިންހެލުމަކީ 7.2 މެގްނިޓިއުޑްގެ ބާރުމިނުގެ ބިންހެލުމެކެވެ. އަދި ބިންހެލުން އައިސްފައިވަނީ ކަނޑުގެ ބިމުގެ 25 ކިލޯމީޓަރު އަޑިން ކަމަށްވެސް އެ ސެންޓަރުން ބުނެފައިވެއެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އެއީ ފަހަކަށް އައިސް އެގައުމަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ. ނަމަވެސް ބިންހެލުމާ ގުޅިގެން އެއްވެސް ގެއްލުމެއް ލިބިފައިވާކަމުގެ މައުލޫމާތެއް ނުލިބެއެވެ.

 

ކިޔުންތެރިންގެ ހިޔާލު