ޖަރުމަނުވިލާތުގެ ސިޓީ އެއް ކަމަށްވާ މަންސްޓާގައި، ކާރަކުން ޖައްސާ ގިނަ އަދަދެއްގެ ބަޔަކު މަރާލައިފިއެވެ.

ޖަރުމަނުވިލާތުގެ ފުލުހުންގެ ތަރުޖަމާނަކު "ޓެލެގްރާފް" އަށް މައުލޫމާތުދެމުން ވިދާޅުވީ މި ހާދިސާގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާ ކަމަށާއި އޭގެތެރޭގައި ކާރު ދުއްވަން ހުރި މީހާ ވެސް ހިމެނޭ ކަމަށެވެ. އަދި ގާތްގަނޑަކަށް 30 ވަރަށް މީހުންނަށް އެކިވަރުގެ އަނިޔާތަށް ލިބިފައިވާ ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.

މިއީ ބަޔަކު ގަސްދުގައި ދިން ހަމަލާއެއްކަން އަދި ފުލުހުންނަށް ކަށަވަރު ނުވާއިރު ފުލުހުން އަންނަނީ އެ ސަރަހައްދުން މީހުން ދުރަށް ދިޔުމަށް އަންގަމުންނެވެ.

ޖަރުމަނުގެ މީޑިޔާ ރިޕޯޓުތައް ބުނާގޮތުން ގިނަ ބަޔަކު އެއްވެފައި ތިބި ތަނަކަށް ކުއްލިއަކަށް ކާރު އައިސް ވަދެގަތީއެވެ. މި ހާދިސާގައި މަރުވި މީހުންގެ އަދަދު އަދި ސާފުވާ ގޮތް ވަނީ ނުވެފައެވެ.

ކާރެއް ބޭނުންކޮށްގެން ޖަރުމަނުގައި ހަމަލާއެއް ދީފައިވާއިރު ޔޫރަޕްގެ ބައެއް އެހެން ގައުމުތަކުގައި ވެސް ކާރު އަދި ވޭނު ފަދަ ތަކެތި ބޭނުންކޮށްގެން އަންނަނީ ހަމަލާތައް ދެމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުގެ ލަންޑަން އަދި ސްޕެއިންގެ ބާސެލޯނާ އަށް ވަނީ މިފަދަ ހަމާލަތަކެއް އަމާޒުވެގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަފާ

    ސުލްހަވެރި ފެހި ދީނުގެ މުއްލާތައް ތީ. ދިރިހުއްޓަ ވަޅުލަންވީ ތިބައިގަޑު

    • ދޯ

      ﷲ ގެ ދުއްރަ ނުމެއް ފެއްނާނެ، ޖަހާ އަޑެއް ނުކިޔާނެ!!! އެކަމު ވޭން ފިސާރި ގަދަވާނެ ކަލޯގަޔާ!! ނިކަން ތައްޔާރަށް ހުރޭ!!!