އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމާއި ހަވާލުވުމަށް ފަހު އެންމެ އިސްކަމެއް ދީގެން ކުރަން އުޅުނު ކަމަކީ އެ ގައުމާއި މެކްސިކޯ އާއި ދޭތެރޭ ބޮޑު ފާރެއް އެޅުމުގެ މަސައްކަތެވެ. ނަމަވެސް، މިކަން ކުރަން އެތައް ބިލިއަން ޑޮލަރެއް ހަރަދުވާކަމުން، ޓްރަމްޕް އަށް ވަނީ އެކަންތައް މަތިން ހަނދާން ނައްތާލަން ޖެހިފައެވެ.

މިހާރުވެސް މި ދެ ގައުމުގެ ދެމެދުގައި ގިނަ ސަރަހައްދު ތަކުގައި ފެންސެއް އަޅާފައި އޮވެއެވެ. ޓްރަމްޕް ބޭނުންވީ އެ ފެންސު ބޮޑުކޮށް، އިތުރަށް ވަރުގަދަ ކުރަންށެވެ. އަދި މިކަން ކުރާނީ މެކްސިކޯގެ ލާރިން ކަމަށްވެސް ޓްރަމްޕް ބުނިއެވެ. އެ ގައުމުން އެކަން ކުރަން އެއްބަސް ނުވުމުން ދެން ޓްރަމްޕް ބުނެފައި ވަނީ ފާރުގެ މަސައްކަތަށް އަރާ ފައިސާ އަށް ހަރަދު ކުރާނީ ކެނަޑާ އިން ކަމަށެވެ.

ޓްރަމްޕުގެ ތާކުން ތާކު ނުޖެހޭ މިފަދަ ވާހަކަތަކުގެ ސަބަބުން އާއްމުންގެ މެދުގައި އޭނާ އަށް އޮތް މަގުބޫލުކަން ދަނީ ވަރަށް ހަލުވި ކަމާއި ދަށަށް ދަމުންކަން ފާހަގަކޮށްލެވެއެވެ. ޓްރަމްޕް އާއި އެކު ފާރުގެ ވާހަކަތައް ދެއްކުމުގައި އިސްކޮށް އުޅުނު ފަރާތަކުން ދާދި ފަހުން އެކަމާއި ބެހޭ ގޮތުން ނެރުނު ފޮތް ކަމުގައިވާ "ބޯޑާ ވޯސް" ގައި ބުނެފައި ވަނީ ޓްރަމްޕް ވަނީ މެކްސިކޯ އިން އެމެރިކާ އަށް އެތެރެވާ މީހުން ގަޔަށް ބަޑި ޖަހަންވެސް ބުނެފައި ކަމަށާއި، ނަމަވެސް، އެއީ ގާނޫނާއި ހިލާފު ކަމެއް ކަމަށް އޭނާގެ އަރިސް މީހުން ބުނުމުން ދެން ޓްރަމްޕް ބުނީ އެމީހުން ފަޔަށް ބަޑި ޖަހަން ކަމަށެވެ.

މީގެ އިތުރުންވެސް، ދެ ގައުމުގެ ދެމެދުގައި ބޮޑު ވަޅެއް ކޮނެ، ފެން އަޅައި އެ ވަޅުތެރެއަށް ކިނބޫ ތަކާއި ވިހަގަދަ ހަރުފަތައް ދޫކޮށްލަށްވެސް ޓްރަމްޕުގެ ވިސްނުމުގައި ހުރި ކަމަށް ފޮތުގެ ޝާއިރު ބުނެފައި ވެއެވެ. މި ފޮތް އާއްމުންނަށް ރިލީސް ކުރާނީ މި މަހުގެ 8ވަނަ ދުވަހުއެވެ. އެމޭޒަން މެދުވެރިކޮށް މި ފޮތް ގަތުމުގެ ފުރުސަތު އެ ދުވަހުން ފެށިގެން ހުޅުވާލާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްޓަމަސް

    ޓްރަމްޕުގެ ވިސްނުން ބަރާބަރު! ރައީސްގެ ޒިއްމައެއް އެޔީ ގަވްމުގެ ސަލާތީފިޔަވަޅު އެޅުމަކީ

    8
    5