މީގެ ކުރިން ދުނިޔޭގެ އެންމެ ވަރުގަދަ ނިއުކްލިއާ ހަތިޔާރު އޮތް ގައުމެއްގެ ގޮތުގައި އޮތީ ވަރުގަދަ އެމެރިކާ އެވެ. އެހެންނަމަވެސް، ކޮމިއުނިސްޓް ޗައިނާ އަށް އިއްޔެ 70 އަހަރު ފުރުން ފާހަގަކުރަމުން އެ ގައުމުން ބޭއްވި ޕެރޭޑުގައި ވަނީ އަސްކަރީ ބާރު ހުރި ވަރު ދައްކާލައި އެމެރިކާ އަށް ގޮންޖަހާލާފައެވެ.

އިއްޔެގެ ޕެރޭޑުގައި ތަފާތު 30 ބާވަތެއްގެ ހަތިޔާރު ދައްކާލާފައި ވާއިރު، ދުނިޔޭގެ އެކިކަންކޮޅުތަކުން އެންމެ ބޮޑު ސަމާލުކަމެއް ލިބިފައި ވަނީ ޑޮންފެންގް 41 ނުވަތަ ޑީއެފް-41 އަށެވެ. މިއީ މިހާރު ދުނިޔޭގައިވާ އެންމެ ބާރުގަދަ ނިއުކްލިޔާ މިސައިލް ކަމުގައި ބެލެވިފައި ވާއިރު، މީތި ލޯންޗު ކުރާތާ 30 މިނެޓު ތެރޭގައި އެމެރިކާގެ ކޮންމެ ހިސާބަކަށްވެސް އެއްފަހަރައި 10 މިސައިލް އެޅުމުގެ ގާބިލުކަން ހުންނާނޭ ކަމަށް ޗައިނާ އިން ބުނެއެވެ.

9300 މޭލަށް ދަތުރު ކުރުމުގެ ގާބިލުކަން ހުރި އެ ނިއުކްލިއާ މިސައިލްގެ އިތުރުން، އެމެރިކާ އިން ކަނޑުމަތީގައި ގެންގުޅޭ އެއާކްރާފްޓު ކެރިއަރުތަކުގެ ސަލާމަތީ ކަންކަންވެސް ފޫއަޅުވާލައި ހަމަލާ ދެވޭ ވަރުގެ އިތުރު މިސައިލްތައް ޗައިނާ އިން ވަނީ ދައްކާލާފައެވެ.

އަޑަށް ވުރެން ބާރަށް ދަތުރުކުރާ ޑްރޯންތަކާއި އެންމެ ޒަމާނީ ޓެކްނޮލެޖީ އާއި އެކު ހަދާފައިވާ ފައިޓާ ޖެޓުތަކާއި ޓޭންކަރުތައް ޗައިނާ އިން މިހާރު ގެންގުޅޭ އިރު، މިއީ ހުޅަނގުގެ ގައުމުތަކުން ކަންބޮޑުވާނޭ ކަމެއްކަން ޔަގީނެވެ. އެމެރިކާ އާއި ޗައިނާ ފަދަ ގައުމުތަކުން މިއަށް ވުރެން ބާރުގަދަ ހަތިޔާރުތައް އުފައްދަން ދެން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުން ގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ބޯކިބާ

  އެންމެ މޮޅު އެއްޗަކަށް ދެއްކީ ޑީ.އެފް 17.

  19
  1
 2. ިޮފަލިނަރަ

  އިންޑިޔާ އަ ވުރެ ގަދަދޯ..

  30
  • ޓެކް

   މާބޮޑަށް ވެސް.

   16
 3. ނަގާމް

  ދުނިޔޭގެ އެންމެ ބާރުގަދަ މިސައިލް އޮތީ ރަށިޔާގަ.

  5
  6
 4. ޓީޒާ

  ނިއުކްލިއަ ހަތިޔާރުގެ އިމްޕެކްޓް މެޝަރ ކުަރަނީ މެގަޓަނުން. ޑީއެފް41 ގެ ވަރގަދަކަން އިނގޭނީ މެގަޓަން އެނގިގެން. ދުނިޔޭގަ އޮތް އެންމެ ބާރުގަދަ ނިއުކްލިއަރ ހަތިޔާރަކީ ރަޝިޔާގައި އޮންނަ ޓީޒާ ބޮމްބާ އެވެ އޮތީ