ހޮންކޮންގުގައި ހަމަނުޖެހުންތައް ހިންގަމުން އަންނަތާ މިވަނީ އެތައް މަހެއް ވެގެން ގޮސްފައެވެ. ކޮންމެ ދުވަހަކުވެސް އެތައް ހާސް އާއްމު ރައްޔިތުން ތަކެއް އެ ގައުމުގެ މަގުތައް މައްޗައް ނިކުމެ އެތަނުގެ ލީޑަރާއި ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ.

މިގޮތަށް ކުރިއަށް ގެންދާ ސިލްސިލް މުޒާހަރާތަކުގެ ތެރޭގައި ކޮންމެ ދުވަހަކުވެސް އާއްމު އެތައް ބަޔަކަށް ބޮޑެތި އަނިޔާތަކެއް ލިބެމުން ދެއެވެ. ނަމަވެސް، ދާދި ފަހުން މީސް މީޑިއާގައި މިވަނީ އެ ގައުމުގެ ފުލުހަކު އާއްމު ރައްޔިތަކާއި ދިމާލަށް ބަޑި ޖަހާ މަންޒަރު ދައްކުވައިދޭ ވީޑިއޯ އެއް އާއްމު ވެފައެވެ.

މި މަހުގެ އެއްވަނަ ދުވަހު ކޮމިއުނިސްޓު ޗައިނާ އަށް 70 އަހަރު ފުރުން ފާހަގަކުރަމުން ގެންދިޔައިރު ހޮންކޮންގުގައި ދިޔައީ މުޒާހަރާ ކުރަމުންނެވެ. އެ ދުވަހު މުޒާހަރާގެ ބައިވެރިންތަކެއް ފުލުހުން ތަކަކަށް ހަމަލާދޭ މަންޒަރު ފެނެއެވެ. ނަމަވެސް އެތަނުން އެއް ފުލުހަކު ވަނީ ދުރުގައި ހުރެފައި 18 އަހަރުގެ އެ ފިރިހެން ކުއްޖާ ގައިގައި ފައިން ޖަހައި ކޮށްޕާލުމަށް ފަހު އޭނާގެ މެއަށް ބަޑި ޖަހާފައެވެ.

މިއީ މި މުޒާހަރާތައް ފެށި ފަހުން އަސްލު ވަޒަނުގައި އާއްމު ރައްޔިތެއް ގަޔަށް ބަޑިޖެހި ފުރަތަމަ ފަހަރު ކަމުގައި ވާއިރު، އެ ކުއްޖާ ވަނީ ވަގުތުން ބިންމައްޗައް ވެއްޓިފައެވެ. އޭނާ ހޮސްޕިޓަލަކަށް ގެންގޮސްދިނުމަށް އެދެމުން ދިއުމުން މީހަކު ވަނީ އެ ޒުވާނާ ކައިރި އަށް ގޮސްފައެވެ. ނަމަވެސް އިތުރު ފުލުހަކު އެ މީހާ އާއި ދިމާލަށް ބަޑި ދިއްކޮށްގެން ހުރުމަށް ފަހު ވަނީ އޭނާ އަށް ހަމަލާ ދީ، އެހީވެދިނުމަށްވެސް ހުރަސް އަޅާފައެވެ. އެ ޒުވާނާ އަށް މިހާރު ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ހޮންކޮންގަކީ ޗައިނާގެ ބައެއް ކަމުގައި ވާއިރު، އެ ސްޓޭޓުގެ ކުށްވެރިން ޗައިނާ އާއި ދޭތެރޭ ބަދަލު ކުރަން ސަރުކާރުން ނިންމުމާއި ގުޅިގެން މީގެ 4 މަސް ކުރިން އާއްމުން ވަނީ އެކަމާއި މެދު ނުރުހުން ފާޅުކޮށް މަގުތައް މައްޗައް ނިކުމެފައެވެ. މިހާރު އެ ގައުމުގެ ރައްޔިތުން ބޭނުންވަނީ އެ ސްޓޭޓުގެ ލީޑަރު މަގާމުން ދުރުކުރުމަށެވެ. ނަމަވެސް، ފުލުހުން ދަނީ ކޮންމެ ދުވަހަކުވެސް އާއްމު ރައްޔިތުންގެ އަޑު ކަނޑުވާލުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންކަން ފާހަގަކޮށްލެވެއެވެ.

ތިރީގައި އެވަނީ ހާދިސާ ހިނގި ގޮތް ދައްކުވައިދޭ ތަފްސީލީ ވީޑިއޯ އެއް

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކެންސައި

    ހިންކޮންގ މުޒާަހަރާ ކުރާނީހުންގެ ކަންތައް މާ މައްޗަށްދަންޏާ ވާނީ އެހެން. .. މީހުން ގެ މުދަލަށައި ތަކެއްޗަށް ގެއްލުން ދޭތަން މި ނޫސްވެރިންނަށް ނުފެންނަނީކއްވެބާ؟؟

    6
    2
  2. ނާނު

    ބަޑިވެސް ޖަހާނެދޯ... ޕައިޕު ރެންޗް ވެސް އެމިހުން ތަޅަންއެބަ ގެންގުޅޭ ވިއްޔާ

    4
    2
  3. އަހަރެން

    މުޒާހަރާ ކުރާށޭ ކިޔާފަ މުޅި ގައުމު ސުންނާފަތިކޮށް ހަލާކު ކުރަމުން ދަނީ.