އިންޑިޔާއިން ބަލަމުންދާ މަނީ ލޯންޑަރިން މައްސަލައަކާ ގުޅޭ ޔޮޓެއް ރާއްޖެގައި އެބައޮތް ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފިއެވެ.

އެ ޔޮޓަކީ ރިއަލް އެސްޓޭޓް ކުންފުނި އެޗްޑީއައިއެލްގެ ވެރިޔާ ސަރަންގް ވާދަވަންގެ ޔޮޓެކެވެ.

މަނީ ލޯންޑަރިންގެ ބޮޑު މައްސަލައެއްގައި ހައްޔަރުކޮށްފައިވާ އިންޑިއާގެ މަޝްހޫރު މި ވިޔަފާރިވެރިޔާގެ ޔޮޓު މި ވަގުތު ރާއްޖޭގައި އެބަ އޮތް ކަމަށާއި، އެ ޔޮޓު އިންޑިއާއަށް ގެންދިޔުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

މަނީ ލޯންޑްރީގެ މި މައްސަލަ ބަލަމުން ދާއިރު އޭނާގެ މުދާތައްވެސް މިހާރު ވަނީ ޕުލުހުންގެ ބެލުމުގެ ދަށުގައެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުން މިހާރު އޭނާގެ ހުރިހާ އެކައުންޓްތަކެއް ވަނީ ފްރީޒް ކޮށްފައެވެ. އަދި ގަހަނާތަކަކާއި މަތިންދާ ބޯޓެއްވެސް ފުލުހުންގެ ބެލުމުގެ ދަށުގައި އޮތްކަމަށް އެބޭފުޅުން މައުލޫމާތު ދީފައިވެއެވެ.

އިންޑިޔާގެ މަޝްހޫރު އެއް ނޫސް ކަމަށްވާ ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވަނީ އެ މަތިންދާބޯޓަކީ ނުވަ މީހުންގެ ޖާގައިގެ ބޮމްބާޑިއާ ޗެލެންޖާ-300 އެއް ކަމަށާއި، ގަހަނާގެ އަގު 8.4 މިލިއަން ޑޮލަރަށް އަރާ ކަމުގައެވެ.

މި މައްސަލަ ބަލަމުންދަނީ މުމްބާއި ފުލުހުންގެ އިގްތިސޯދީ ކުށްތަކާ ބެހޭ ވިންގުންނެވެ. އެބޭފުޅުން ބުނެފައި ވަނީ އޭނާ ޔޮޓެއް މިވަގުތު ރާއްޖޭގައި އެބަ އޮތް ކަމަށާއި އެ ޔޮޓު ހޯދުމުގެ މަސައްކަތް މިހާރު އިންޑިޔާ ސަރުކާރުން ކުރަމުން ދާކަމަށެވެ. އަދި މި މައްސަލާގެ ތަހުޤީގު ކުރިޔަށް ގެންދިޔުމަށްޓަކައި މި ޔޮޓު ފުލުުހުންގެ ބެލުމުގެ ދަށަށް ވީހާވެސް އަވަހަކަށް ގެންދިއުން މުހިންމު ކަމުގައި އެބޭފުޅުން ފާހަގަކޮށްލައިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޓަވަރު

    ފޮޓޯއިން އެ ފެންނަނީ ތި ޔޮޓްތަ؟

  2. ޝުޖާޢު

    މި ރާއްޖޭގައިވެސް އުޅޭނެ ސަރަންގް އާދަން މަނިކެއް!