އިންޑިއާގެ މަތިންދާ ބޯޓެއް ވެއްޓި ދެ ޕައިލެޓުން މަރުވެއްޖެ އެވެ.

ޚަބަރުތައް ބުނާ ގޮތުގައި ވެއްޓިފައިވަނީ އެ ގައުމުގެ ޕައިލެޓް ޓްރެއިން ހަދާ ސްކޫލެއްގެ މަތިންދާ ބޯޓެކެވެ. އަދި އޭގައި އެވަގުތު ތިބީ ޓްރޭނިން ހަދަމުންދިޔަ ދެ ޕައިލެޓުން ކަމަށާއި އެ ދެމީހުންވެސް މަރުވެފައިވާ ކަމަށް ވެއެވެ.

މިހާދިސާގައި މަރުވެފައިވަނީ ރާޖީވް ގާންދީ އޭވިއޭޝަން އެކެޑަމީގެ ދެ ޕައިލެޓުންނެވެ. ޓްރޭނިން އަށް ބޭނުން ކުރާ އެ ސެސްނާ ބޯޓު ވެއްޓުނީ ހައިދްރާބާދުގެ ބެގަމްޕެޓް އިން ފުރައިގެން ދަތުރުކުރަމުންދަނިކޮށް ޓެލަންގަނާގެ ސުލްތާންޕުރު ވިލެޖުގައި އޮންނަ ކަފަ ގަސް ހައްދާ ސަރަހައްދަކަށެވެ.

އެއާޕޯޓު އޮފިޝަލުން ވިދާޅުވި ގޮތުގައި ބެގަމްޕުޓް އިން ފުރައިގެން އެއްގަޑިއިރުވި ތަނާ ފްލައިޓު ރާޑަރުން ބޯޓު ގެއްލުނެވެ. އަދި ފްލައިޓު ވެއްޓުނުކަން އެނގުނީ އޭގެ އިރުކޮޅެއް ފަހުން ފުލުހުން އެކަމުގެ މައުލޫމާތު ދިނުމުން ކަމަށް އެއާޕޯޓު ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އަލްހަމްދުލިﷲ

    8
    14
  2. ޒަމާން

    އަލްހަމްދު ލިﷲ... އެމީހުނަށް މުސީބާތްތައް ގިނަކުރައްވާށި

    1
    4