ކައިވެނިނުކޮށް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބޭރުގެ ފަރާތްތަކަށް ސައުދީ އަރަބިއްޔާގެ ހޮޓާތަކުން ކޮޓަރިތައް ކުއްޔަށް ނެގޭ ގޮތަށް ހަދައިފިއެވެ.

މީގެ ކުރިން އޮންނަ ގޮތުން، ސައުދީ އަށް ޒިޔާރަތް ކުރާ ފަތުރުވެރިންވެސް އެ ގައުމުގެ ހޮޓާތަކުން ދެމީހަކު އެކުގައި އެއް ކޮޓަރިއެއްގައި ތިބެން ކޮޓަރިތައް ކުއްޔައް ނަގާ ކަމުގައި ވަނީނަމަ، އެއީ ކައިވެނި ކޮށްގެން އުޅޭ ބައެއްކަން ނުވަތަ އާއިލީ ގުޅުމެއް އޮންނަ ބައެއްކަން ސާބިތުކޮށްދޭ ލިޔެކިޔުންތައް ހުށަހަޅަން ޖެހެއެވެ.

ސައުދީ އާމިރު ޓްރަމްޕާއި އެކު

ނަމަވެސް، އެ ގައުމު ހިންގުމާއި އަމީރު ސަލްމާން ބިން މުހައްމަދު ހަވާލުވުމަށް ފަހުގައި ވަނީ މިފަދަ ގޮތްގޮތަށް ހުރި ގަވާއިދުތައް ބަދަލުކުރަން ފަށާފައެވެ. މިގޮތުން އަންހެނުންނަށް އެކަނި އެއްގަމު އުޅަނދު ދުއްވޭ ގޮތަށް ހެދިއިރު، އަންހެނުންނަށް ފިރިމީހާގެ ހުއްދަ އާއި ނުލައި ބޭރު ގައުމުތަކަށް ދަތުރު ކުރެވޭގޮތްވެސް ވަނީ ހަދާފައެވެ.

ސައުދީ އަށް ކައިވެނި ނުކޮށް އުޅޭ ލޯބިވެރިން ޒިޔާރަތް ކުރުމަށް ފަހު ކޮޓަރި ކުއްޔަށް ނެގުމުގެ ހުއްދަ ދިން ނަމަވެސް، އެ ގައުމުގެ ރައްޔިތުންނަށް މިގޮތަށް ކަންތައް ކުރުމުގެ ހުއްދަ އެއް ނުދެއެވެ. އެ ގައުމަކީ 100 ޕަސެންޓު މުސްލިމުން އުޅޭ ގައުމެއް ކަމުގައި ވާއިރު، މިހެން ކަންތައް ކުރުމަކީ ޒިނޭ ކުރުން ފަދަ ފާފަތައް މަދު ކުރުމަށް ރަނގަޅު ގޮތެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

މިދިޔަ މަހު ތެރޭ ސައުދީ އަށް ފަތުރުވެރިން ޒިޔާރަތް ކުރުންވެސް ހުއްދަ ކޮށްފައި ވާއިރު، މިހާރު އަންހެން ފަތުރުވެރިންނަށް ދިގު ހެދުން ނުލައި އެ ގައުމަށް އެތެރެވުމުގެ ހުއްދަވެސް ވަނީ ދީފައެވެ. ސަލްމާން ބިން މުހައްމަދު އެ ގައުމަށް ގެންނަމުންދާ ބަދަލުތަކަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަޖީބު އައްބާސް

    ހޭހޭ އެގައުމުގަ މިހާރުވެސް އޮންނަނީ އިސްލާމްދީންތޯ؟ މިޔޮއްހުރީހާ ދުވަހު އެކަންކުރީ ދީނާއިލާފަތަ ނުވަތަ ނޫންތަ! ދީނަކީ ބޭނުުންވީމަ ބޭންނުންގޮތަކައް ބަދަލުވާ އެއްޗެއްތޯ؟ ހުރިހާވެސް އެއްޗަކީ ފައިސާކަން ސާބިތު ކުރެވޭ ހެކިތައް ތިފެންނަނީ! ސައުދީގަ ތެހުސްވާން ވާއިރައް ފައިސާ ހޯދަން ޓުއަރިޒަމަން މިސްރާބުޖެހީ! މިގައުމުގަ ތެޔޮނެތީމަތާ ދުނިއޭގެ އުފާލާ އަރާމުހޯދަން އެކާލާންގެ ހުކުންފުޅުތަކައް ގޮންޖަހާ ބަގުރަލާ އޫރުމަސް ވިކައިގެން ފައިސާހޯދަނީ

    21
    5
    • ސުބްޙާނަﷲ

      ސަތޭކައިގެ ކޮމެންޓެއް.

      5
      4
    • ޔަމްލީހާ

      ޓުއަރިޒަމް އަކީ އިސްލާމްދީނުގައި ހަރާމް ވިޔަފާރިއެއް ނޫން. އެކަމުގައި ހަރާމްވަނީ ރާ ވިއްކުމާއި އޫރުމަސް ވިއްކުމާއި އޮރިޔާން ނިވާނުކުރާތަނަތަނުގަ މުސްލިމުން މަސައްކަތް ކުރުވުމެވެ.

      6
      4