ތުރުކީ ވިލާތުގެ އިގްތިސާދު އިނދަޖައްސާލާނެ ކަމަށް އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޓްރަމްޕް މިހެން ބުނީ އޭނާ ކުރި ޓްވީޓެއްގައެވެ. އޭނާ ބުނީ ސީރިއާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ހަނގުރާމަވެރިންނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި "ހައްދުން ބޭރަށް" ތުރުކީން ގޮސްފި ނަމަ އެގައުމުގެ އިގްތިސާދު އިނދަޖައްސާލާނެ ކަމަށެވެ. އަދި އެމެރިކާ ސިފައިން ސީރިއާއިން އަނބުރާ ގައުމަށް ގެނައުމުން ސީރިއާގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިންނަށް ފާރަލުމަށް އޭނާ ވަނީ ތުރުކީ ކިބައިން އެދިފައެވެ.

ތުރުކީ ސިފައިން މިހާރު ގެންދަނީ ސީރިއާގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންނަށް ހަމަލާ ދިނުމަށް ސީރިއާގެ ސަރަހައްދަށް ވަނުމަށް ތައްޔާރުވަމުންނެވެ. ސީރިއާ އަށް ތުރުކީ ސިފައިން އެރުމަށް އުސޫލެއްގެ ގޮތުން އެމެރިކާ އިން ތާއިދު ވެސް ކުރެއެވެ. ނަމަވެސް އެމެރިކާ އިން ބޭނުން ނުވާ މިންވަރަށް ތުރުކީ ސިފައިން ސީރިއާގައި ހަރަކާތްތެރިވުމާއި އެމެރިކާ ދެކޮޅެވެ.

ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރުން ގެންދަނީ ތުރުކީ ސިފައިން ސީރިއާގެ އިމުގެ ތެރެއަށް ވަނުމާއި ދެކޮޅަށް އަޑުއުފުލަމުންނެވެ. ނަމަވެސް ތުރުކީ އިން ތިބީ ސީރިއާ ސަރުކާރުގެ ބަސް ގަބޫލުކުރާ ގޮތަކަށް ނޫނެވެ.

ތުރުކީ ސިފައިން ސީރިއާ އަށް އެރުމަށް ފަހު "އިމުން ބޭރުވެއްޖެނަމަ" އިޤުތިޞާދީ ފިޔަވަޅު އަޅަން އެމެރިކާ އިން އިންޒާރު ދީފައި ވާއިރު މިހާރު ވެސް ތުރުކީ އޮތީ އިޤުތިޞާދީ މައްސަލަތަކެއްގެ ތެރޭގައެވެ. އެހެންކަމުން އިތުރު ދަތިކުރުމުގެ ފިޔަވަޅެއް އަޅައިފިނަމަ ތުރުކީގެ ރައީސް ޠައްޔިބު އުރުދޮގާނަށް ސިޔާސީ ގޮތުން ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީ އިބްރާހިމް

    ކަލޭތިޔައީ ކާކު

    18
    1
  2. ވޮށިންގްޓަން

    ޓްރަމްޕު ހުރީ ހޫނުފެނަށްވެއްޓިފައި ދެންތިޔަކަމެއް ނުވާނެ.