މުސްލިމުންނަށް އަނިޔާކުރާތީ އެމެރިކާއިން ޗައިނާގެ ބައެއް ކުންފުނިތައް ބްލެކްލިސްޓުކޮށްފިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި އެމެރިކާއިން ބްލެކް ލިސްޓުކޮށްފައިވަނީ ޗައިނާގެ 28 ކުންފުންޏެކެވެ. އަދި އެކުންފުނިތައް ބްލެކް ލިސްޓުކޮށްފައިވަނީ ޗައިނާގެ ޒިންޖިއާން ގައި މުސްލިމުންނާއި އެހެން މައިނޯރިޓީ ދީންތަކުގެ މީހުންނާ ދެކޮޅަށް ކުރަމުންދާ އަނިޔާތަކާ ގުޅިގެން ކަމަށްވެއެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ކޮމާސް ވިދާޅުވެފައިވަނީ ޗައިނާގެ އެ ކުންފުނިތަކަށް އެމެރިކާގެ އުފެއްދުންތައް ވިއްކުން މަނާކޮށްފައިވާނެ ކަމަށެވެ. އަދި އެގައުމުގައި ހިންގާ ލާއިންސާނީ އަމަލުތައް ބަލައިގެން ހަނު ނުތިބެނޭ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ބްލެކް ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރޭގައި ޗައިނާގެ ވީޑިއޯ ސާވައިލެންސް ކުންފުންޏެއް ކަމަށްވާ ހިކްވިޝަންއާއި އާޓިފިޝަލް އިންޓަލިޖެންސް ކުންފުންޏެއް ކަމަށްވާ މެގްވި ޓެކްނޮލޮޖީއާއި ސެންސް ޓައިމް ހިމެނެއެވެ.

އެމެރިކާއި ޗައިނާއަކީ ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސާދެވެ. ޚަބަރުތައް ބުނާ ގޮތުގައި މިދެ ގައުމު މިހާރު އޮތީ އިގްތިސާދީ ހަނގުރާމައެއްގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޕެޓްރޯޑޮލަރު

    ހަހަހަ.. ހުސް ފޭކް. އެމެރިކާއިން ބަހަނާއެއް ދައްކާލީ. ހާދަ ދެފުއްދެގޮތް ސިޔާސަތެއް ގެންގުޅޭ ގައުމެކޭ އެމެރިކާ އަކީ.. އިޚްލާސްތެރިކަމެއް ހުރިއްޔާމުން ޔަމަނުގެ މުސްލިމުންނަށް އަނިޔާ ކުރާތީ ސަޢޫދީ ޢަރަބިއްޔާ ބްލެކްލިސްޓުކޮށް އެގައުމުން ތެޔޮ ގަތުން ހުއްޓާލަން ވީނުން.

    21
    4
  2. ބުރޯ

    ވަރަށް.އެމެރިކާއަކީމުސްލިމުންނަށް ކީއްކުރާބައެއް ؟ ފިރުމާ ބައެއްތަ ؟

    11
    2
  3. މެދުއިރުމަތި

    އިޒްރައެލުން ފަލަސްތީން މުސްލިމުން ނަށް އަނިޔާކުރަން އެމެރިކާއިން އިޒްރައެލް އަށް އެފް35 ގެ 10 ފައިޓާޖެޓް ހަދިޔާކޮށްފި،
    ޔަމަނުގެ މުސްލިމުންނަން އަނިޔާކުރަން ސައުދީއަށް ހަތިޔާރު ވިއްކައިފި.
    އެކަމަކު ޗައިނާއަށްވީމަ ހާދަ ތަފާތު ކުރެޔޭ އެމެރިކާވެސް...

    4
    1