އީ ސިގިރޭޓް ނުވަތަ ވޭޕް ބޭނުން ކުރުމުގެ ސަބަބުން ދުނިޔެއިން މަރުވި މީހުންގެ އަދަދު 21 އަށް އަރައިފިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި މި 21 މީހުންނަކީވެސް އެމެރިކާއަށް ނިސްބަތްވާ މީހުންނެވެ. ވޭޕުގެ ސަބަބުން އެންމެ ފަހުން މަރުވި މީހާއަކީ އެމެރިކާގެ ސްޓޭޓެއް ކަމަށްވާ މަސަޗޫޓަސްގެ ޒުވާނެކެވެ. އޭނާ މަރުވެފައިވަނީ ވޭޕް ކުރުމުގެ ސަބަބުން ފުއްޕާމެއަށް ގެއްލުންވެގެން ކަމަށް ޚަބަރުތައް ބުނެއެވެ.

އީ ސިގިރޭޓު، ނުވަތަ ވޭޕް އެންމެ ފުރަތަމަ މާކެޓަށް ނުކުންވާފައިވަނީ ދުންފަތުގެ އިސްތިޢުމާލްކުރުމުގެ ގެއްލުންކުޑަ ގޮތެއް ކަމުގައި އިޝްތިހާރު ކޮށްގެންނެވެ. ދުންފަތުގެ އިސްތިޢުމާލް ކޮށްގެން ފުއްޕާމޭގެ ކެންސަރު ޖެހިގެން އެމެރިކާ އިން އެކަނިވެސް 160،000 މީހުން އަހަރެއްގެ މައްޗަށް މަރުވެއެވެ. ޖަނަވާރުންނަށް ކެންސަރު ޖެހޭކަންވެސް މިހާރު ވަނީ ޔަޤީންކުރެވިފައެވެ.

މިފަހަކަށް އައިސް ވޭޕްކޮށްގެން މަރުވާ މީހުންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެގެން ގޮސްފައެވެ. ވޭޕްގެ ސަބަބުން ފުއްޕާމޭގެ ކެންސަރު ނުޖެހުނަސް ފުއްޕާމޭގެ އެކި ބަލިތައް ޖެހިގެންވެސް ބައެއް ޒުވާނުން ވަނީ މަރުވެފައެވެ. ވޭޕް ކުރާއިރު ހޫނުކުރާ ވޭޕް ފްލޭވާ ގައި އިންސާނުން އަދި ޖަނަވާރުންގެ ފުރާނައަށްވެސް ނުރައްކާތެރި ކޮންމެވެސް މާއްދާއެއް އެކުލެވޭކަން އެނގޭއިރުވެސް އެއީ ކޮން އެއްޗެއް ކަން އަދިވެސް ސައިންސްވެރިންނަށް ހޯދިފައެއްް ނުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފަރޭ

    ބުރޯ ވޭޕް އޭ ކިޔައިގެން އެއްޗެހި ކިޔާއިރު ހަގީގަތް ވެސް ބަލާ. އެމީހުން މަރުވީ ވޭޕް ކޮއްގެން. އޯކޭ. އެކަމް އެމީހުން އެއައް އަޅާފަ ހުރި މަސްތުވާތަކެތިކަން ނޭންގޭތަ؟ ތި ކިޔަނީ ރިޕޯޓުގެ އެއްބައި. އަނެއް ބައިވެސް ކިޔާ. އެއް އައި ޖެހީމަ އަޑެއް ނުކިޔާނެ ދޯ. ސިނގިރޭޓު ކުންފުނި ތަކުން ސިނގިރޭޓުގެ ޑިމާންޑް ކުޑަވާ ވާހަކަ ކީވެ ނުކިޔަނީ. އެމީހުންގެ ޑިމާންޑް ސޭލްސް ދައްވާތީ މީސްމީހުނައް ލާރި ދީގެން ވޭޕް އަދި ސިނގިރެޓަ ދުރުކުރުމައް ބޭނުން ކުރާ އެހެން އާލާތް ތަކާއި ބެހޭ ގޮތުން ދޮގު ވާހަކަ ފަތުރާ ވާހަކަ ކީވެ ނުކިޔަނީ؟

    4
    2
  2. ހޫ

    ހުސް އެމެރިކާނުންތަ މަރުވަނީ ކޮބާ އެހެން ގައުމުތަކުން މަރުނުވަނީ ކީއްވެ؟ 🤔