ޕާކިސްތާނުން އެމީހުންގެ މިނިވަންކަމަށް ދިފާޢުކުރުމަށާއި، ސަރަޙައްދީ ހަމަޖެހުން ގާއިމްކުރުމަށް ކުރަމުން ގެންދާ ކަންކަމަށް ޗައިނާއިން ތާޢީދު ކުރާ ކަމަށް އެގައުމުގެ ސްޓޭޓް ޕްރިމިއާ ލީ ކެކިއަންގް ބުނެފިއެވެ.
ލީ ކެކިއަންގް މިގޮތަށް ބުނެފައިވަނީ ޕާކިސްތާނުގެ ރައީސް އިމްރާން ޚާން މިހާރު ޗައިނާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރޭގައި، ވެރިރަށް ބެއިޖިންގ ގެ 'ގްރޭޓް ހޯލް އޮފް ދަ ޕީޕަލް' ގައި ދެބޭފުޅުން ބައްދަލުކުރުމަށްފަހުގައެވެ.
"ޗައިނާ އާއި ޕާކިސްތާނުގެ ގުޅުމަކީ ފެށުނީއްސުރެވެސް ބަދަހި ގުޅުމެއް. އަހަރެމެން އެއް ގައުމު އަނެއް ގައުމަކީ މިއީ ޒަމާންވީ ދެ އެކުވެރިން. ނަމަވެސް މިއީ ކޮންމެހެން އެއްވެސް އިތުރު ބަޔަކު ނުތަނަވަސް ވާން ޖެހޭނެ ކަހަލަ ގުޅުމެއް ނޫން. ޕާކިސްތާނުން އެމީހުންގެ މިނިވަންކަމާއި އިސްތިޤުލާލް ރައްކާތެރިކުރުމަށާއި، އަދި ސަރަހައްދީ އަމަން އަމާންކަން ގާއިމުކުރުމަށް ކުރަމުން ގެންދާ މަސައްކަތްތައް އަހަރެމެން ބަލައިގަންނަން." ލީ ބުންޏެވެ.
މި ދަނޑިވަޅަކީ އިންޑިއާ އާއި ޕާކިސްތާނުގެ މަޝްރަހު ވަރަށް ބޮޑަށް ނުތަނަވަސްވެފައިވާ ދަނޑިވަޅެކެވެ. ދެ ގައުމުގެ ސަލާމަތީ ބާރުތަކާއި، ސަރުކާރުންވެސް ރަސްމީކޮށް އެއްބަޔަކު އަނެއްބަޔަކާ ހަނގުރާމަ އިއުލާން ނުކޮށް އޮތްކަން އެކަންޏެވެ. މިފަހުން ވަނީ ދެގައުމުގެ މެދުގައި ކުރިމަތިލުންތަކެއްވެސް ހިނގައި ބައެއް އާއްމުންނާއި ސިފައިންގެ މީހުންވެސް މަރުވެފައެވެ.
އިމްރާން ޚާން އަންގާރަ ދުވަހު ޗައިނާ އަށް ފެއްޓެވި ދަތުރުފުޅުގައި، މި ހަފްތާގެ ތެރޭ އެ ގައުމުގެ ރައީސް ޝީ ޖިންޕިންގްއާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެ ބައްދަލުވުމުގައި މަޝްރަހު ހޫނުވެފައިވާ ކަޝްމީރުގެ މައްސަލައާއި ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރައްވާނެ ކަމަށް ބެލެވެއެވެ.
ޝިރްކް އިންޑިއާ ދުއްވާލަންވީ !
ކޮބާ އެލެކްސް ނަޝީދު. ކަލެއާ އިންޑިއާ އެއްކޮޅުގައި. ޢަނެއްކޮޅު ގަދަ ވަނީ
އިންޝާﷲ