މީސް މީޑިއާގައި އިސްލާމްދީނަށް ފުރައްސާރަކުރި މެލޭޝިއާ މީހަކު ދިހަ އަހަރަށް ޖަލަށް ލާން އެގައުމުގެ ކޯޓަކުން ޙުކުމް ކޮށްފިއެވެ.

ފަހަކަށް އައިސް މެލޭޝިއާގައި އިސްލާމްދީނާއި ދެކޮޅަށް މީސް މީޑިއާގައި އަޑުއުފުލާ މީހުންގެ މައްސަލަ ވަނީ ބޮޑުވެފައެވެ. މުސްލިމުންގެ މެޖޯރިޓީ އޮންނަ މެލޭޝިއާގައި އިސްލާމްދީނަށް ފުރައްސާރަކޮށް އިސްލާމްދީނާއި ދެކޮޅަށް މީސް މީޑިއާގައި އަޑުއުފުލާ މީހުންނާއި ދެކޮޅަށް މުސްލިމުން ވެސް އަޑުއުފުލަން ފެށުމުން އިތުރު މައްސަލަތަކެއް އުފެދިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އިސްލާމްދީނަށް ފުރައްސާރަކުރި މީހެއްގެ މައްޗަށް ދިހަ އަހަރުގެ ޖަލު ޙުކުމެއް އައީ އޭނާގެ މައްޗަށް އުފުލި ދިހަ ދައުވާ ވސް ސާބިތުވުމުންނެވެ. ދިހަ ދައުވާއެއް އޭނާގެ މައްޗަށް އުފުލީ މުއާސަލާތީ ޚިދުމަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށް ފިތުނަ އުފައްދާ، ހަމަނުޖެހުންތަކަށް މަގުފަހި ކުރުމުންނެވެ.

އޭނާގެ މައްޗަށް އުފުލި ކޮންމެ ދައުވާ އަކާއި އެކު އެއް އަހަރުގެ ޖަލު ޙުކުމަކާއި އެކު 50000 ރިންގިޓްގެ ޖޫރިމަނާއެއް ވެސް އައެވެ.

ފުލުހުން ބުނީ މީސް މީޑިއާގައި މީހަކު ދައްކާ ވާހަކައާއި ކުރާ އަމަލަށް ވެސް އެމީހަކު ޒިންމާ އުފުލަން ޖެހޭނެ ކަމަށާއި، ކުށުން ބަރީޢަ ވެވޭނެކަމަށް މީސް މީޑިއާގައި ކުށްތަކަށް އަރައި ނުގަތުމަށް އިލްތިމާސް ކުރާކަމަށެވެ.

މެލޭޝިއާގެ ދީނީ ކަންތައްތަކާއި ބެހޭ މިނިސްޓްރީން ބުނީ އިސްލާމްދީނާއި ކީރިތި ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަ ކުރުމަކީ އެއްވެސް ވަރަކަށް ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށާއި އެފަދަ ކަންތައްތައް ކުރާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އެމިނިސްޓްރީން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    ކޮބައިތަ އިބޫ ޞާލިޙް! ބޭފުޅާއަށް ފެނޭތަ! އެއީވެސް އެެހެން ދީނަތައް އުޅޭ ތަނެކޭ! އެހެނެކޭ ކިޔާފައި އިސްލާމްދީނަށް ފުރައްސާރަކުރަން ދޫކޮށްލައިގެން ނުތިބޭ! މަށަށް ޔަޤީންވަނީ މިއުޅޭ ބޭރުގެ ޖަމާޢަތްތަކުން މި އިބޫ ޞާލިޙަށް ޑޮލަރުން ބައެއް އަޅާކަމަށް! އެހެންވެ ދޯ މި ޤައުމުގައި އިސްލާމްދީނަށް ހަޖޫޖަހާއިރު މީނައާއި ބުއްޅަބެ ހެވި ދިލެފައި އެތިބެނީ!

    40
    1
  2. ނަފިނެސް

    މިޤައުމުން އިސްލާމްދީން ފޮހެލުމަށް މަސައްކަތް ކުރާ އެއްމެން ފަޟީހަތްކުރައްވާށިއެވެ. "އާމީން"

    25
    1
  3. ށަވިޔަނި

    100 ޕަސެންޓް މުސްލިމް ޤައުމެއްގެ ވެރިކަމަށް ލާދީނީ ބަޔަކުއަރާ އިސްލާމްދީނަށް ފުރައްސާރަކޮއް ރިޕޯޓު ނެރެނީި . ލާދީނީ އިބޫ އިސްތިއުފާ.

    6
    2
  4. Juhaa

    އިސްލާމްދީނަށް ފުރައްސާރަކޮށްގެން މި ގައުމުގައި އެންމެ ފުރަތަމަ އަދަބު ދޭންޖެހޭ މީހަކީ ކެނެރީގޭ މުޙައްމަދު ނަޝީދު. އޭނާއަށް ތަބާވެގެން އޭނާ ޕާޓީގެ ވެރިޔަކަށް ލައިގެން އޭނާގެ ފަހަތުގައި އުޅޭ މީހުންވެސް ވާނީ އެކަމުގެ ބައިވެރިންނަށް.

    2
    1