ބަންގްލަދޭޝްގެ އިންޖިނިއަރިންގް ކޮލެޖެއްގައި ކިޔަވަމުން ދިޔަ ދަރިވަރަކަށް ހަތަރު ގަޑިއިރު ވަންދެން އަނިކޮށް މަރާލާފައި އޮއްވާ ފެނިޖެއެވެ.

މަންޒަރު ފެނުނު ފަރާތްތަކުން ބީބީސީ އަށް މައުލޫމާތު ދެމުން ބުނެފައިވަނީ އަބްރާރް ފަހަދްގެ ހަށިގަނޑުގައި އެކި ކަހަލަ އަނިޔާގެ ނިޝާންތައް ހުރި ކަމަށެވެ.

އުމުރުން 21 އަހަރުގެ އަބްރާރް އާއި އެކު ކިޔަވަމުން ގެންދާ ދަރިވަރުން ބުނެފައިވަނީ އޭނާ ކްލާހުން ނެރެގެން ގޮސްފައިވަނީ 20:00 ޖަހަަ އެހަަކަންހާއިރު ކަމަށާއި އަދި ހަތަރު ގަޑި އިރަށް ތަޅާއި އަނިޔާ ކޮށްފައިވާ ކަމަށެވެ.

އަބްރާރުގެ މަރާއި ގުޅިގެން އޮޓޮޕްސީ ހެދި ޑޮކްޓަރު ބުނެފައިވަނީ އޭނާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައި ހުރި ކަމަށެވެ.

މި މައްސަލާގައި މިހާރު ވެރިކަންކުރާ އަވާމީ ލީގުގެ ޒުވާނުންގެ ގިނަ ބަޔަކު ހައްޔަރު ކޮށްފައިވާ ކަން ބީބީސީން ވަނީ ޔަގީން ކޮށްދީފައެވެ. މި ފަރާތްތަކުން ނަންވެފައި އޮންނަނީ ކޮލެޖްތަކުގައި ތަައުލީމު ހާސިލް ކުރަމުން އަންނަ ދަރިވަރުންނަށް އަނިޔާ ކޮށް ފުރައްސާރަ ކުރާ ކަމަށެވެ.

އަބްރާރްގެ މަރާއި ގުޅިގެން ފުލުހުން ވިދާޅުވީ، ސީސީޓީވީ ކެމެރާއިން ފެންނަ ގޮތުގައި ގިނަ އަދަދެއްގެ ބަޔަކު އޭނާގެ ހަށިގަނޑުގައި ހިފައިގެންދާ މަންޒަރު ފެނެއެވެ. އަދި އޭގެ ތެރޭގައި އެ ލީގުގެ 5 މެމްބަރަކު ތިބި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އަބްރާރު މަރާލުމުގައި ބައިވެރިވި މީހުންނަށް މަރުގެ އަދަބު ދިނުމަށް ގޮވާލައި ބަންގްލަދޭޝްގެ ގިނަ ސިޓީތަކުގައި މިހާރު ދަނީ މުޒާހަރާ ކުރަމުންނެވެ. އޭނާއަށް ހަމާދީފައި ވަނީ އޮނަލައިންކޮށް ސަރުކާރަށް ފާޑުކިޔުމުން ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މި މައްސަލާގައި މިހާރު 13 މީހަކު ހައްޔަރު ކޮށްފައިވާއިރު ފުލުހުން އަންނަނީ އިތުރު 6 މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.