ތުރުކީ އަސްކަރިއްޔާ އިން މިހާރު ސީރިއާގައި ތިބި ކުރުދީ ހަނގުރާމަވެރިންނާއި ދެކޮޅަށް ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން ސީރިއާ އަށް ހަނގުރާމައަށް ގޮސް، ނަމަވެސް މިހާރު އިންސާނީ އެހީތެރިކަން ފޯރުކޮށްްދޭ ކޭމްޕްތަކުގައި ތިބި ދިވެހިންނަށް ނުރައްކާ ބޮޑުވެއްޖެއެވެ.
ސީރިއާގައި އިންސާނީ އެހީއަށް ބޭނުންވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ 14 ޖަމިއްޔާ އަކުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސީރިއާގައި ތިބި ދޮޅު މިލިއަނާއި ގާތްކުރާ އަދަދެއްގެ މީހުންނަށް ތުުރުކީގެ ހަމަލާތަކުގެ ސަބަބުން ނުރައްކަލާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސީރިއާގައި ތިބި އެހެން ގައުމުތަކުގެ 90000 މީހުން ވެސް ހިމެނޭ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
ތުރުކީ އާއި ސީރިއާ ގުޅޭ އިމާއި ދެތިން މޭލު ދުރުގައި ހުރި ކޭމްޕްތަކުގައި ދިވެހިން ވެސް ހިމެނޭހެން އެތައް ހާސް މީހުންނެއް އެބަތިއްބެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ފިރިންނާއި އެކު ސީރިއާއަށް ގޮސް އުޅެނިކޮށް ފިރިމީހާ މަރުވެ ހުވަފަތްވެފައިވާ އަންހެނުންނާއި އެމީހުންގެ ދަރިންނެވެ.
އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާތަކުން މިއަދު ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނީ ޑިޓެންޝަން ސެންޓަރުތަކާއި ކޭމްޕްތަކުގައި ތިބި އެތައް ހާސް މީހުންނެއް ނުރައްކަލަށް ހުށަހެޅިފައިވާއިރު އެމީހުންގެ ހިމާޔަތުގައި އެމީހުން ނިސްބަތްވާ ގައުމުތަކުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ޖެހޭ ކަމަށެވެ.
ސީރިއާގެ ކޭމްޕްތަކުގައި ތަފާތު 40 ގައުމަކަށް ނިސްބަތްވާ މީހުން އެބަތިއްބެވެ.
ތުރުކީ ސިފައިން ކުރުދީންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގައި 170 އަށް ވުރެ ގިނަ ހަނގުރާމަވެރިން މަރާލެވިފައިވާ ކަމަށް ތުރުކީ އަސްކަރިއްޔާ އިން މިއަދު ވަނީ ބުނެފައެވެ. އަދިވެސް ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށާއި ނަމަވެސް ސީރިއާގެ އިމުގެ ތެރެއިން 20 މޭލަށް ވުރެ އެތެރެއަށް ތުރުކީ ސިފައިން ނުވަންނާނެ ކަމަށް ތުރުކީގެ އަސްކަރިއްޔާ އިން ބުނެއެވެ.
ތުރުކީގެ ހަމަލާތަކާއި ގުޅިގެން އދ.އާއި އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި ވަރަށް ގިނަ ގައުމުތަކުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެހަމަލާތައް ހުއްޓާލުމަށް ދަނީ ގޮވާލަމުންނެވެ.
ސީރިއާގައި ތިބީ ތަޢުލީމު އުނގެނެން ގޮސްތިބި ބައެއްތޯ؟
އެއީ ދިވެހިން ތިބެންޖެހޭ ތަނެއްތަ!؟
ސީރިޔާއަށް ޖިހާދަށް ކަމަށް ބުނެ ފޮނުވާ ފަރާތްތަކަކީ ރާއްޖޭގައި އެމެރިކާޔާއި އިގެރޭސި ވިލާތުން ކެނެޑާއިން އޮސްޓްރޭލިޔާއިން މިގައުމުތަކުން އެޖެންޓުން ގެ ގޮތުގައި ދިވެހިން އެކި ގައުމު ތަކުގައި ބައިތިއްބާގެން ތަމްރީން ކުރުވުމަށް ފަހު އެމީހުންނަށް ބޮޑު ޕޮކެޓްމަނީއެއް ދީގެން ސީރިޔާ - އަފްގާން - ޔަމަން މިތަންތަނުގައި ހަގުރާމަވެރި ޖަމާއަތްތަކުގެ ތެރެއިން ޖާސޫސް ކޮށް މައުލޫމާތު ފޮނުވަައިދޭނެ އިތުރު އެޖެންޓުންގެ ގޮތުގައި ސީދާ މައިދާނުގެ ތެރޭގައި ތިބޭ ބައެއްގެ ގޮތުގައި ބަޔަކު ބޭނުންކޮށް ގުރުބާން ކޮށްލުމުގެ ގޮތުން މިދިވެހި ބިމުން ހޯދާ އެތަންތަނަށް ފޮނުވާ ފަރާތްތަކެކެވެ. ދިވެހި އަސްކަރިއްޔާއަށް އެކި ނަންނަމުގައި ހަދިޔާ ދީގެން އެމީހުން ބޭނުންވާ ފަރާތްތައް ހޯދުމަށް ފަހު އެމީހުން އުޅޭ ނޫޅޭ ގޮތްތައް ބަލާދޭނެ. އެމީހުންނަށް ދެން ހުށައަޅަނީ އެމެރިކާ ނޫނީ އިގެރޭސި ވިލާތުން މައުލޫމާތު ބޭނުންވާ ހަގުރާމައިގެ ކޮންމެ ވެސް މައިދާނަކަށް ދިއުމަށް. މިކަމުގައި މިގޮތުން ހޮވާލާ މީހުންނަަށް ފަތުވާ ދޭން ބޭނުން ކުރަނީ އިސްލާމްދީން އެގިފަ ތިބޭ ބައެއް އެހެން ގައުމުތަކުގެ މީހުން. އެހެން ގޮތަކަށް ބުނާނަމަ ލާރިއަށްޓަކާ ނުވަތަ ޖާހަށް ޓަކާ ދީން ވިއްކާލާގެން ތިބޭ ބައެއް. މިކަން އެގޭނެ އެޖެންޓުންގެ ގޮތުގައި އުޅޭ ފަރާތްތަކުން އުޅެމުންދާނީ އެންމެ މަތީ ފެންވަރުގެ ދިރިއުޅުން. ލާރި ލިބިގެން ކުރާނެ ނުކުރާނެ ވިޔަފާރިއެއް ނޭގިގެން އަބަދު ވެސް އުޅޭނީ. އާދައިގެ ވިޔަފާރިއެއް ވެސް ނޫން ކުރާނީ. މިކަން ފޮރުވަން ވެސް ކޮންމެސް މަސައްކަތްތަކެއް ކުރާނެ ވައްކަން ކުރާނެ. ފޭރޭނެ. ނަމަވެސް މިއީ އަދުނުގެ ބައެއް. ރާއްޖެއިން ބޭރުގެ އެކި ގައުމުތަކަށް ދަތުރު ކުރާނެ. އެމީހުންގެ އާއިލާތައް ވެސް އޮންނާނީ ފެންވަރުގައި. ގުރުބާން ކުރަން ނަގާ މީހުންނަކީ މަގުމަތިން ބަންގާޅުން ނަގާހެން ނަގާ ބައެއް. އެމީހުން ދިވެހި އައިޑެންޓިޓީގައި ދިއުމުން އެމީހުންނަށް އިތުބާރުކޮށް ހަގުރާމައިގެ ގްރޫޕްތަކުން އެމީހުންގެ ކޯ ރިންގްތަކާއި ހިސާބަށް ދިވެހިންނަށް ދެވޭ. އެމެރިކާ އިގެރޭސި ވިލާތުން ކުޅޭ ގޭމް ހުއްޓުމަކަށް ގެންނަން ޖެހޭ
ކީއްކުރަން ދިޔައީ އެންމެ ފުރަތަމަ ތިމާ އާ ނުބެހޭ ހަނގުރާމަ އަކަށް
އައިސިސް އަކީ ކާފަރުން މިހާތަނަށް ދީނަށް އުޅޭ މީހުންނަށް އޮޅުވާލި އެންމެ ބޮޑު އޮޅުވާލުން. މިދަލުގަ މިޖެހެނީ ހަގީގަތުގައިވެސް އިސްލާމްދީނުގެ ޢިލްމު ރަގަޅަށް ނޭންގޭ ޅަޒުވާން ސިކުނޑިތައް.
އެމީހުންނާ ދޭތެރޭ ނުވިސްނާ އެއީ ޓުރޭނިން ހަދާފަތިބި ބައެއް