ސީރިއާގެ އިރުމަތީގެ އޫތާ އަށް ދިން ކެމިކަލް ހަމަލާއަށް ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރުން "ވަރަށް ބޮޑު އަގެއް" ދައްކަން ޖެހޭނެ ކަމަށް ބުނެ ބައްޝާރުގެ ސަރުކާރާއި ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސީރިއާ އަށް އަސްކަރީ ހަމަލާތައް ދިނުމަށް ލަފާ ހޯދުމަށް އެމެރިކާގެ ގައުމީ ސަލާމަތުގެ މަޖިލީހާއި ބައްދަލު ކުރަން ޓްރަމްޕް ގެންދަނީ ތައްޔާރުވަމުންނެވެ. މިބައްދަލުވުން މިއަދު ބާއްވާނެއެވެ.

ކެމިކަލް ހަމަލާ އަށް އިޝާރާތްކޮށް ޓްރަމްޕް ކުރި ޓްވީޓެއްގައި ވަނީ ރަޝިއާ އިން ބައްޝާރުގެ ވެރިކަން ދިފާޢު ކުރާތީ އެކަމަށް ވެސް ރައްދު ދީފައެވެ. ޓްރަމްޕް ބުނީ ބައްޝާރުގެ ވެރިކަން ދިފާޢު ކުރަނީ "ޖަނަވާރުން" ކަމަށެވެ.

އޫތާގައި އިއްޔެ ދިން ކެމިކަލް ހަމަލާގައި 70 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އެރިޕޯޓްތަކުގެ ސައްހަ ކަން ކަށަވަރު ކުރެވޭނެ ގޮތެއް ނެތް ކަމަށް ދުނިޔޭގެ ބޮޑެތި މީޑިއާތަކުން ބުނެއެވެ.

ކެމިކަލް ހަމަލާއެއް ދިން ކަމަށާއި އެހަމަލާގައި ގިނަ ބަޔަކު މަރުވި ކަމަށް ބުނަނީ "ވައިޓް ހެލްމެޓް" އިންނާއި ބައްޝާރުގެ ސަރުކާރާއި އިދިކޮޅު ހަނގުރާމަވެރިން ހިންގާ މީޑިއާތަކުންނެވެ.

ކެމިކަލް ހަމަލާއެއް ދިން ކަމަށް ބުނާ ވާހަކަތައް ސީރިއާ ސަރުކާރުންނާއި ރަޝިއާ އިން ދޮގު ކުރެއެވެ. ސީރިއާގެ ދައުލަތުގެ މީޑިއާ އިން ބުނީ ކެމިކަލް ހަމަލާއެއް ދީފައިވާ ކަމަށް ބުނެ ދައްކަނީ އަސްލު އޮޅުވާލާފައިވާ ވާހަކަތަކެއް ކަމަށެވެ.

ރަޝިއާ އިން ބުނީ ކެމިކަލް ހަމަލާއެއް ދިން ކަމަށް ބުނެ ފަތުރަމުން ދަނީ "ފޭކް ނިއުސް" އެއް ކަމަށެވެ.

ޓްރަމްޕް ކުރި ޓްވީޓެއްގައި ބުނީ ހަމަލާ ދިން އަވަށް އޮތީ ސީރިއާ ސިފައިން ބަންދުކޮށްފައި ކަމަށެވެ. "ރަޝިއާ އާއި ޕޫޓިން އަދި އީރާނުން ޖެހޭނެ ޖަނަވާރު އަސަދު ހިމާޔަތް ކުުރުމުގެ ޒިންމާ ނަގަން." ޓްރަމްޕް ބުންޏެވެ.

ޓްރަމްޕް މިއަދު ވަނީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އަށް ވެސް ފާޑުކިޔާފައެވެ. ޓްރަމްޕް ބުނީ އޮބާމާ ރަތް ރޮނގު ހުރަސް ކުރިނަމަ މިއަދު އޮންނާނީ ސީރިއާގެ މައްސަލަ ހައްލުވެފައި ކަމަށާއި އެހެން ނަމަ މިއަދު ބައްޝާރުލް އަސަދުގެ ވާހަކަ ތާރީޚްގެ ތެރެއަށް ހިނގައި ދާނެ ކަމަށެވެ.

ސީރިއާ އަށް މީގެ ކުރިން ވެސް އެމެރިކާ އިން ވަނީ ވައިގެ މަގުން ހަމަލާތައް ދީފައެވެ. ސީރިއާގައި އައިއެސް އާއި ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރިން ބަލި ކޮށްލުމުގައި އެމެރިކާގެ ދައުރު ބޮޑެވެ. ނަމަވެސް ބައްޝާރުގެ ސަރުކާރަށް ވަފާތެރި ސިފައިންނަށް އެމެރިކާ އިން މާގިނަ ހަމަލާތަކެއް ދީފައެއް ނުވެއެވެ. އެއީ ބައްޝާރުގެ ސަރުކާރަށް ރަޝިއާ ސިފައިން ހިމާޔަތް ދެމުން އަންނާތީ އެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ހަހާ

  އިޒްރޭލު ދިފާއުކުރަނީ އެއަށްވުރެ މާ ބޮޑު ޖަނަވާރެކެވެ.

 2. ހެވެންޓްއައި

  އެއް ކަމެއް ވެސް ނުކުރެވޭނެއޭ ބައްޝާރުގެ ސަރުކާރަށް ރަޝިޔާ އޮންނާނީ އަނެއް ކޮޅުގައި. ވަރަށް ވަރުގަދަ ޕްރައިސް އެއް ޕޭބެކް ކުރަން ޖެހޭނެ މިފަހަރު އެމެރިކާ އިން ބައްޝާރުގެ ސަރުކާރާއި ދެކޮޅަށް ހަމަލާ އެއް ދީފިނަމަ. ތިޔާ ކެމިކަލް ހަމަލާ ސީރިއާ އަށް ދިނީ ވެސް ސީއައިއޭ އަޑީގައި އޮވެގެން ބައްޝާރުގެ ސަރުކާރާއި ދެކޮޅަށް ހަތިޔާރު އަޅައިގެން ތިބި ކްރޭޒީ ގަބީލާ ތަކޭ ތިޔާއީ މަމެން ނުދަންނަ ކުޅި އެއް ނޫނޭ އެމެރިކާގެ ސީއައިއޭ އިން ކުޅެނީ. ހެވެންޓް އައި މޭޑް އިޓް ކްލިއަރ ހެވެންޓް އައި މޭޑް އިޓް އޮބްވިއަޒް.

 3. ޅިޔަންބެ

  ބައްޝާރު އުޅޭ ގެއަށް ހަމަލާދީބަ، ހަމަ ތިއުޅެނީ އެހެން ޢާމުންގެ ބަޔަކަށް ހަމަލާދޭން

 4. އަބްދުއްލާ

  މިއީ ޓްރަމްޕާ ސައޫދީ ރަސްގެފާނުގެ ފޯންކޯލްގަ ނިންމާފަ އޮތް ނިންމުމެއް . ކެމިކަލް ހަމަލާވެސް ދިނީ އެމްރިކާ ސިފައިން . މިދަނޑިވަޅުގާ އެމެރިކާ އިން ސޫރިޔާ ސަރުކާރާ ދެކޮޅަށް ހަގުރާމަ ފަށައިފިނަމަ ރަސީޔާ އިން އެމެރިކާ އާދެކޮޅަށް ހަގުރާމަ އިއުލާން ކުރާނެ. މިއީ ވަރަށް ނުރައްކާ ނިންމުމެއް

 5. ޢދ ގެ ޗާޓަރ

  ޢިޒްރޭލް ހިމާޔަތްކުރާ ބޮޑު ޖަނަވާރު ކޮން ފުއްޕުމެއް މި ފުއްޕަނީ ބަލަ ކަލޭމެން މެރި އިންސާނުން މާގިނައޭ ބައްސާރު އައް ވުރެ

 6. ވިސްނާ

  ކިތަންމެ ވަރަކަށް ކެމިކަލް.ހަމަލާ ނުދޭކަމަށް ބުންޔަސް އެއޮތީ ދުނިޔޭގެ ސޯޝަލް މީޑިއާ ތަކުގަ ހާމަވާން.....އިންސްޓަގްރަމް ހޭޝްޓެގު ސީރިއާ ޖަހާފަ ނިކަން ބަލާލަބަލަ.....ކުޑަކުދިންތަށް މަރަށް ތެޅެމުން ދާތަން......މިއަދު އަހަރުމެންގެ ފަރާތުން އެބައިމީހުނަށް ބޭނުންވަނީ ދުޢާ ކޮށްދޭން

 7. ބޮއްބޮ

  ނުކެރޭނެ ނުކެރޭނެ އެއީ ހަމަ ދައްކާ ދަޅަ. ކެރޭނެނަމަ ބޮޑު ޚަރަދެއްކޮށް އުތުރުކޮރެއާ ކައިރިއަށް މަނަވަރު ތައް ފޮނުވިފަހަރު ކަމެއް ކުރަން ކެރުނީސް.

 8. ޑިމޮކްރަސީ

  ނުލަފާ ޖައްބާރު ބައްޝާރާއި އޭނަގެ ޢަޢްވާނުން މިދުނިޔެއިން ފޮހެލަދީ

 9. ފިލާވަޅު

  ކަލޭ އިޒްރޭލް ދިފާއުކުރަމުންދާއިރު، ކަލޭގެ ޖަނަވާރުކަން ވަކި ކުޑައީތަ؟؟؟؟

 10. އަޒީ

  މުސްލިމުން އެއްބައިވެ މެދުއިރުމަތިން އެމެރިކާ ބޭރުކޮއްގެންނޫނީ މުސްލިމު އުންމަތށް ހަމަޖެހުމެއް ނުލިބޭނެ