އިންޑިއާގެ ގޮނޑުދޮށްތައް ސާފުކުރުމުގެ އަމަލީ މަސައްކަތަށް އެޤައުމުގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ ނިކުންނަވައިފިއެވެ.

މި މަންޒަރު ފެންނަ ފޮޓޯތައް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، އެ ފޮޓޯތަކުން ފެންނަނީ މޯދީ ޓެމިލްނާޑޫގެ ގޮނޑުދޮށަކަށް ފައިބާ ވަޑައިގެން އެތަނުގައި ހުރި ކުނި އެއްކުރައްވާ ނަންގަވާ މަންޒަރެވެ.

ޓްވީޓާގައި މިކަމާއި ގުޅޭގޮތުން މޯދީ ވިދާޅުވީ، ހެނދުނުގެ އަރާމު ވަގުތުގައި ގޮނޑުދޮށުގައި ހިނގާލުމަކީ ނަފްސަށް ތާޒާކަން ގެނުވައިދޭ ކަމެއް ކަމަށެވެ. އިތުރު ޓްވީޓެއްގައި މޯދީ ވިދާޅުވީ ތިމާވެށި ހިމާޔަތް ކުރުމަށް ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެއް އޮތްކަމަށާއި، އާންމު ތަންތަން ސާފުކުރުމަކީ ކޮންމެ މީހަކުވެސް ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.

މޯދީ ވަނީ މިއަދު އެމަނިކުފާނު ސާފުކުރެއްވި ޓެމިލްނާޑޫގެ ގޮނޑުދޮށުން ހޮއްވަވާފައިވާ ކުނިތައް އެމަނިކުފާނު ހުންނަވާ ހޮޓަލުގެ މުވައްޒަފަކާއި ހަވާލުކޮށްފައެވެ. އެ ސަރަޙައްދުން ކުނި ނަންގަވާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް މޯދީ ވަނީ ޓްވީޓާގައި އާންމުކުރައްވާފައެވެ.

ޓެމިލްނާޑޫއަށް މޯދީ ކުރައްވާ ދަތުރުފުޅަކީ، ޗައިނާގެ ރައީސް ޝީ ޖީންޕިންގް އާއި އެކު ނުރަސްމީ ބައްދަލުވުމެއް ބޭއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދެބޭފުޅުން މިއަދު ވަނީ ޓެމިލްނާޑޫގައި ބައްދަލުކުރައްވައި ގިނަ މަޝްވަރާތަކެއް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖހހ

    ދެން މާރީތި ގޮޑުދޮށްތަކެއް ހުރިތަނެއް ދޯ. ތިޔަށްވުރެން ރަގަޅުވާނެ މަގުމަތީގަ ގެރިބަކަރި ލާފައި ހުންނަ ގުއި ސާފުކުރަން ނިކުތަސް. ގައިމު ތިޔަ ގައުމަށް ދާ ދިވެހިން ނަށް ތަންކޮޅެއް ފަސޭހަވާނެ

    18
  2. ޛ

    ކުނި މޯދީ

    2
    1
  3. އަލިފް

    ކަޝްމިރުގެ މުސްލިމުން ޝަހީދު ކޮއްފަ....މިކަމުން ތައުބާވެ ޝަހީދު ވި މުސްލިމުންގެ ލޭތައް ސާފު ކުރިއްޔާ މާ ސަވާބު ލިބޭނެ ގޮނޑު ދޮށް ސާފުކުރުމަށް ވުރެއް......އާމީން..........