ޖަޕާނުގެ ރަށެެއް ކަމަށްވާ ހޮންޝޫ އަށް ބާރު ގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ޖަޕާނުގެ މޫސުމާއި ބެހޭ އިދާރާއިން ބުނެފައިވަނީ ބިން ހެލުން އައިސްފައިވަނީ މިއަދު ހެނދުނު 6:22 އެހާކަންހާއިރު ކަމަށެވެ. ޖަޕާނަށް މިއަދު އައިސްފައިވާ ބިންހެލުމަކީ 5.7 މެގްނިޓިއުޑުން އައިސްފައިވާ ބިންހެލުމެކެވެ.

ބިންހެލުމުގެ ސަބަބުން 1.6 މިލިއަނަށް ވުރެ ގިނަ ފަރާތްތަކުން ސަލާމަތީ ހިސާބުތަކަށް ބަދަލު ވުމަށް މިހާރު ވަނީ އަންގާފައެވެ.

ޖަޕާނަށް މިހާރު އަރަމުންދާ ތޫފަން "ހަގިބިސް" ދަނީ ޖަޕާނުގެ މެދު ހިސާބުތަކާއި ދިމާލަށް މިސްރާބު ޖަހަމުންނެވެ.

ކަމާއި ބެހޭ އިދާރާތަކުން ބުނެފައިވަނީ މި ތޫފާނަކީ ފާއިތުވި 60 އަހަރުގެ ތެރޭގައި ޖަޕާނަށް އައި އެންމެ ވަރުގަދަ އަދި އެންމެ ބޮޑު އެއް ތޫފާން ކަމަށެވެ. މިއަދު ހިނގާދިޔަ ހާދިސާގައި 49 އަހަރުގެ ފިރިހެނަކު މަރުވެފައިވާ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ. އޭނާ މަރުވެފައިވަނީ ކާރެއް ފުރޮޅާލައިގެންނެވެ. އެހެން ނަމަވެސް މަރުވެފައިވާ މީހާގެ އިތުރު އެއްވެސް މައުލޫމާތެއް ހާމަ ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ޖަމީލް

  ޛޖަޕާނަކީ ވަރައް ނުލަފާ މީހުންގިނަ ގައުމެއް..

  3
  3
  • ޝިޔާމް

   އާނ، އެންމެ ބޮޑު ނުލަފާކަމަކީ ﷲއަށް ޝިރުކުކުރުން. އެއީ އަޅުކަންކުރުން ޙައްޤުވެގެންވާ ހަމައެކަނި އިލާހު. އެކަން ހަނދާން ނައްތާލާ ދުނިޔެވީ ގޮތުން ތިމާމެން ކިތަންމެ ކުރީގައި އުޅުނަސް އެއީ ގެއްލެނިވެ ހަލާކަށް ހުށަހެޅިފައިވާ ބައެއް.

   11